ހޮލީވުޑް

ޓްރިޕްލް އެކްސް 4 ގައި ދީޕިކާގެ ބޮލީވުޑް ސްޓައިލް ލަވައެއް ހިމަނަން ޑައިރެކްޓަރު ބޭނުންވޭ

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ހޮލީވުޑަށް ތައާރަފުވި ފިލްމު ފްރެންޗައިޒް "ޓްރިޕްލް އެކްސް" ގެ ހަތަރު ވަނަ ފިލްމެއްގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ދީޕިކާ ފެނިގެންދިޔައީ މިދިޔަ އަހަރު ނިކުތް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒޭންޑާ ކޭޖް" އިންނެވެ.

ހަތަރު ވަނަ ފިލްމުގެ ވާހަކަދެކެވުމުން އަންނަނިކޮށް މި ފިލްމުގެ ޑައިރެކްޓަރު ޑީ ޖޭ ކާސޯ ކުރި ޓުވީޓެއްގައި އޭނާ ބުނީ އެ ފިލްމު ނިންމާލަން ބޭނުންވަނީ ބަތަލާ ދީޕިކާގެ ބޮލީވުޑް ސްޓައިލްގެ ލަވައަކުން ކަމަށެވެ.

"ލުންގީ ޑާންސެއްތަ؟ ނޫނީ އާ ވައްތަރެއްގެ ޑާންސެއް؟" ކާސޯ ކުރި ޓުވީޓުގައި ލިޔެފައިވެ އެވެ.

ކާސޯ ކުރި ޓުވީޓް.

ހަތަރު ވަނަ ފިލްމުން ވިން ޑީސެލް ފެނިގެންދާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް މި ފިލްމުގައި ދީޕިކާ ފެނިގެންދާނެކަން އަދި ކަށަވަރެއް ނުވެ އެވެ. ރަސްމީ ޖަވާބެއް ދީޕިކާގެ ފަރާތުން ނުލިބުން ނަމަވެސް އެ ފިލްމުގައި އޭނާ ފެންނާނެތޯ އާންމުންގެ މީހަކު ޓުވިޓާގައި ކާސޯއާއި ސުވާލުކުރުމުން އާއެކޭ ބުނެފައިވެ އެވެ.