ދުނިޔެ

އިންޑިއާ ކަނޑު ހިމަނައި ޔޫއެސް ޕެސިފިކް ކޮމާންޑްގެ ނަން ބަދަލުކޮށްފި

އެމެރިކާގެ މަތިންްދާބޯޓު އުފުލާ މަނަވަރެއް. އިނޑޯ ޕެސިފިކް ކޮމާންޑްގައި 375000 މީހުން ތިބޭަ. ފޮޓޯ: ބީބީސީ
0%
0%
100%

އިންޑިއާ ކަނޑަށް އެމެރިކާއިން ސްޓްރެޓީޖިކް ގޮތުން އިސްކަންދޭ މިންވަރު ބޮޑުވެ، ޕެސިފިކް ކަނޑުގައި ހަރަކާތްތެރިވާ އެ ގައުމުގެ ފައުޖުގެ ނަން "އިންޑޯ ޕެސިފިކް ކޮމާންޑް" އަށް ބަދަލުކޮށްފި އެވެ. އެގޮތަށް ނަންް ބަދަލު ކުރިކަން އިއުލާނު ކުރެއްވީ އެމެރިކާގެ ޑިފެންްސް ސެކްރެޓަރީ ޖިމް މަޓިސް އެވެ.

ޔޫއެސް ޕެސިފިކް ކޮމާންޑަކީ އެމެރިކާއިން އޭޝިއާގައި ހިންގާ އަސްކަރީ ހަރަކާތްތައް ބަލަހައްޓާ ފައުޖެވެ. އަސްކަރީ އަދި މަދަނީ މީހުން ހިމެނޭ ގޮތުން އެ ފައުޖުގައި 375000 (ތިން ލައްކަ ހަތްދިހަ ފަސް ހާސް) މީހުން ތިބެއެވެ.

ޕެސިފިކް ކޮމާންޑްގެ ނަން މިގޮތަށް ބަދަލުކޮށްފައި މިވަނީ އެމެރިކާއާ ޗައިނާއާ ދެމެދު އަސްކަރީ ގޮތުން ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ދެ ގައުމުގެ ދެމެދު ނުތަވަސްކަން އުފެދުނީ ޕެސިފިކް ކަނޑާއި އިންޑިއާކަނޑުގެ ސަަރަހައްދުގައި ޗައިނާއިން ހިންގާ އަސްކަރީ ހަރަކާތްތައް އިތުރު ވުމުންނެވެ.

"ޕެސިފިކް ކަނޑާއި އިންޑިއާ ކަނޑުގެ ގުޅުންތައް އިތުރުވެފައިވާތީ އެކަން ފާހަގަކުރުމުގެ ގޮތުން ޔޫއެސް ޕެސިފިކްް ކޮމާންޑްގެ ނަން މިއަދު އަހަރެމެން މި ބަދަލު ކުރަނީ ޔޫއެސް އިންޑޯ ޕެސިފިކް ކޮމާންޑްގެ ނަމަށް،" އެމެރިކާގެ ހަވާއީގައި ބޭއްވި ޗޭންޖް އޮފް ކޮމާންޑް ސެރަމޮނީއެއްގައި ވާހަކަފުޅު ދައްކަވަމުން މަޓިސް ވިދާޅުވި އެވެ.

މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެނީ އެމެރިކާއިން މިގެނައި ބަދަލަކީ ރަމްޒީ ބަަދަލަކަށް ވިޔަސް މިއީ އެމެރިކާއިން އިންޑިއާއަށްދޭ އަހަންމިއްޔަތުކަން ބޮޑުވެފައިވާކަން ދައްކައިދޭ ކަމެއް ކަމަށެވެ. -- ބީބީސީ

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރިޒާ

އަލްހަމްދުﷲ. މިއީ ވަރަށް ރަގަޅު ފާލެކެވެ. އިންޑިޔާގެ ކިބައިން އަހަރަމެން ދިވެހިން ދެން ހަމަ ރަގަޅަށް ސަލާމަތް ވީއެވެ. އެހެނީ އިންޑިޔާއިން ބޮޑު މަނަވަރުތައް ހަދައިގެން މިހާރު ކަނޑުގެ ބާރުދައްކާ، އީރާނުގައި މަނަވަރުގެ ބޭސް އެއްހަދާ، އެމެރިކާގެ ހުއްދަ ނެތި އީރާނުން ތެޔޮގަނެ، ތެލުގެ ވިޔަފާރީގައި ޑޮލަރު ބޭނުންނުކޮށް އެމެރިކާއަށް ގޮންޖަހަމުންދާ، ފާލުން ނެއްޓިފައިވާ ހިންދޫންގެ ހައްދުފަހަނަ އެޅި ގައުމެކެވެ. ނޫސްތަކުގައި ޗައިނާ އޭ، ކީ ކަމުގައި ވިޔަސް، ހަގީގަތަކީ އެމެރިކާ މީހުން އެއްގޮތަކަށްވެސް އިންޑިޔާގެ މިހާރުގެ ކުޅިގަނޑު ބޭނުން ނުވާކަން ކަށަވަރު ވީއެވެ.

ރެހެންދި

ނ އަތޮޅާއި ރ އަތޮޅު އަދި ލ އަތޮޅުދޭނީ ޗައިނާއަށް، އެހެންހުރިހާއަތޮޅުތަކެއްގެ ބެލެނިވެރިފަރާތަކަށްހަދަންވީ އިންޑިއާ އަދި އެމެރިކާ ..

ޜިޒާމް

ދިވެހިރާއްޖެ ދެބަޔަކަށް ބެހިގެން ދިއުމުގެ ކޮޅުމަތި. ޚުދުމުޚުތާރު އަނިޔާވެރި ވެރިއެއް ހުރުމުން މިފަދަ ކަމަކަށް މަގުފަހިވުން އެކަށީގެންވޭ ޤާނޫނުތައް މުގުރާ ކޯޓުތަކުގެ ބާރު ނަގައިގެން އަބަދު ނުހުރެވޭނެކަން އިންތިޚާބު ފަހުން އެނގޭނެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345