ދުނިޔެ

130 އަހަރު ފަހުން އެނބުރި ވަޒަނަށް!

ސޫރިޔާގެ ގަލުވަޑާންކުރާ މީހެއްކަމަށްވާ އަހުމަދާއި އޭނާގެ އާއިލާއަށް ގްރީސް އިންް މިދިޔަ އަހަރު ހިމާޔަތް ދިނުމާއި އެކު އެމީހުން ވަގުތުން ދިޔައީ ގްރީސްގެ ޖަޒީރާއެއްކަަމަށްވާ ކްރީޓަށެވެ. އެމީހުން އެ ފުރިހަމަ ކުރީ އެމީހުން މުނިކާފަމެން މީގެ 130 އަހަރު ކުރިން ފެށި ދަތުރެކެވެ.

ކްރީޓްގެ ހުޅަނގު އުތުރު އައްސޭރީގައިވާ ޗާނިއާ ނަމަކަށް ކިޔާ ރަށުގެ ފިހާރައަކަށް ވަންނަމުން އަހުމަދު އަމިއްލައަށް ތައާރަފްވާން ފެށިއެވެ. ފިހާރައިގެ ވެރިޔާ އިނީ ހައިރާންވެގެން އަނގަހުޅުވިފައެވެ. އަހުމަދު ދައްކަމުން ދިޔަ ވާހަކަ އޭނާއަށް ފަހުމް ވިއެވެ. އެކަމަކު އަހުމަދު ބޭނުންކުރަމުން ދިޔަ ލަފުޒުތަކަކީ މާ ކުރީގެ ލަފުޒުތަކެއް ކަމުން އެ ލަފުޒުތަކުގެ މާނަ ފިހާރައިގެ ވެރިޔާއަށް ވެސް ނޭނގެއެވެ. ހީވަނީ އަހުމަދު އައީ ހަމަ އެކަނި ސޫރިޔާއަކުން ނޫން ހެނެވެ. އޭނާ އައީ އެހެން ޒަމާނަކުންނޭ ވެސް ހީވެއެވެ.

" އޭނާއަށް ގަބޫލެއް ނުކުރެވުނު މީހަކު މިއަދުވެސް މުސްކުޅި [ގްރީކް]ބަހުން ވާހަކަ ދައްކަފާނެކަމެއް،" ފިހާރައިގެ ވެރިޔާއާ ހިނގި މުއާމަލާތުގެ ވާހަކަ ބީބީސީއަށް ކިޔައިދެމުން އަހުމަދު ބުނެފައި ވެއެވެ.

އުމުރުން 42 އަހަރުގެ އަހުމަދު ވާހަކަ ދައްކަނީ ސޫރިޔާގައި އޭނާ ބޮޑުވަމުން އައި އިރު އޭނާގެ މައިންްބަފައިން ކައިރިން ދަސްކޮށްފައިވާ ބަހަކާއި ބަހުރުވައެކެވެ. އޭނާ 1970 އާއި 1980 ގެ އަހަރުތަކުގައި ދަސްކޮށްފައިވަނީ ގްރީކް ބަހުން މާކުރީގައި ކްރީޓް މީހުން ވާހަކަ ދައްކައި އުޅުނު ބަހުރުވައެކެވެ. އޭނާގެ މައިންބަފައިންގެ މުޅި ހަޔާތް ހޭދަކޮށްފައި ވަނީ ސޫރިޔާގައެވެ. އެކަމަކު އޭނާގެ އާއިލާގެ އޭގެ ކުރީގެ ޖީލުގެ ބައެއް މެމްބަރުންނަކީ ކްރީޓަށް އުފަން މީހުންނެވެ. އެމީހުންނަކީ ވަޒަނުން ބޭރުކޮށްލުމުން ސޫރިޔާއަށް ދިޔަ ބައެކެވެ. އެހެންވެ އެމީހުން ކްރީޓްގެ ބަހާއި ސަގާފަތް އާއިލާގައި ދެމެހެއްޓިއެވެ.

"އަހަރެމެން ސްކޫލުގައި އަރަބި ދަސްކުރަން އެކަމަކު ގޭގައި ވާހަކަ ދައްކަނީ ގްރީކް ބަހުން. ކުޑަކުދިން ގްރީކްގެ ނެށުންތައް ދަސްކުރޭ އަދި ކްރީޓްގެ ކުރު ޅެންތައް ކިޔައި އުޅުނު. މައިންބަފައިން ދަސްކޮށްދިން ފްރައިޑް ސްނެއިލް ފަދަ ގްރީކްގެ ސަގާފީ ރެސިޕީތައް. ސޫރިޔާ މީހުންނާ ކައިވެނިކުުރުމަކީ ދުރުކަމެއް،" ކްރީޓުން ބޭރުކޮށްލުމުން ސޫރިޔާއަށް ހިޖުރަކުރި އާއިލާތަކުގެ ޖީލުތައް އުޅެމުން އައިގޮތް ކިޔައި ދެމުން އަހުމަދު ބުނެފައި ވެއެވެ.

އޭނާގެ އަންހެނުން ޔާސްމީނަކީވެސް ކްރީޓް އާއިލާއެއް މީހެކެވެ.

އަހުމަދުގެ ކާފަމެން ކްރީޓުން ބޭރުކޮށްލީ 1890 ގެ އަަހަރުތަކުގައެވެ. އެެއީ އެެހައިތަނަށް ކްރީޓު ކޮންޓްރޯލްކުރަމުން އައި އުސްމާނީ ޚިލާފަތު ބަލިކަށިވުމުންނެވެ. އުސްމާނީ ޚިލާފަތުގެ ދަށުގައި އެރަށް 200 އަހަރު އޮތެވެ. އޭރުގައި އާބާދީގެ ގާތްގަނޑަކަށް ހަަތަރުބައިކުޅަ އެއްބައި މީހުން އިސްލާމްވިއެވެ. އަހުމަދުގެ ކާބަފައިން ހިމެނުނީ އެގޮތުން އިސްލާމްވީ މީހުންގެ ތެރޭގައެވެ. އެމީހުން ރަށުން ބޭރުކޮށްލީ އުސްމާނީ ޚިލާފަތާ ދެކޮޅަށް ޣައިރުދީންތަކުގެ މީހުން 19 ވަނަ ގަރުނުގައި ތެދުވެގަތް ތެދުވެގަތުމުގައެވެ.

ކްރީޓުން ބޭރުކޮށްލެވުނު ގިނަ މުސްލިމުން ދިޔައީ ތުރުކީ، ލީބިޔާ، ލުބުނާނު ނުވަތަ ފަލަސްތީނަށެވެ. އެކަމަކު އަހުމަދުގެ އާއިލާ ވަޒަންވެރިވީ ސޫރިޔާގައިވާ އަލް ހާމިދިއްޔާ ނަމަކަށް ކިޔާ އަވަށުގައެވެ. އެއީ އެއީ ރެފިއުޖީންނަށްޓަކައި އުސްމާނީ ސުލްތާ އަބުދުލް ހާމިދު ބިނާކޮށްދެއްވި އަވަށެކެވެ.

އެއަވަށުގައި ދިރިއުޅެމުން އައި ކްރީޓް ދަރިކޮޅުގެ 10000 މީހުން ކްރީޓާ ގުޅުން ދަމަހައްޓަމުން އައި ސެޓެލައިޓް ޓީވީ ބަލައިގެންނެވެ. އޭގެ ތެރެއިން ބައެއް މީހުން ވަޒީފާ އަދާކުރުމަށް ފަހުން ކްރީޓަށް ދަތުރުވެސް ކުރިއެވެ.

" ކްރީޓްގެ ތަންކޮޅެއް އަހަރެމެންގެ ހިތުގައި އަބަދުވެސް އޮތް. އެންމެނަށް ވެސް އިނގޭ އެމީހުންގެ އާއިލާތައް އައީ [ކްރީޓްގެ] ސީދާ ކޮންކޮން އަވަށްތަކަކުންކަން. އަހަރެމެންގެ ކާފަމެން ކިޔައިދޭނެ ކްރީޓް އެއީ ކިހާ ރީތި ތަނެއްކަން. އަދި އެތަނުގައި ބޭނުންވާ ހުރިހާ އެއްޗެއް ލިބެން ހުރި ގޮތް. އަހަރެމެން އަބަދުވެސް ބޭނުންވި ޒިޔާރަތްކޮށްލަން. އެކަމަކު ފުރުސަތެއް ނުލިބޭ،" އަހުމަދު ކިޔައިދީފައި ވެެއެވެ.

އަހުމަދާއި އޭނާގެ އާއިލާ ލަވަމުން ކްރީޓަށް ގެނައީ ސޫރިޔާގެ ލޭ އޮހޮރުވުން ބޮޑު އަހުލީ ހަނގުރާމައެވެ.

އެންމެ ފުރަތަމަ ސޫރިޔާ ދޫކޮށް ދިޔައީ އަހުމަދުގެ އުޚުތުންކަމަށްވާ އާމިނާ، ފާތިން އަދި ލަތީފާއެވެ. އަހުމަދާއި އޭނާގެ އާއިލާ އިހަށް ކުރަން ޖެހުނު ކަމަކީ ފައިސާ ހޯދުމެވެ. އެއީ މީހުން ސުމަގުލްކުރާ ސްމަގުލަރުންނަށް ދިނުމަށެވެ. އޭރުގައި އޭނާ އުޅުނީ މަބަދައިގެ ފޮއްޗެއް ގުޑައިގެންް އޭގެ ވޭނުގައި މެއެވެ. އެކަމަކު އެންމެ ފަހުން އަހުމަދާއި އޭނާގެ އަންހެނުން ޔާސްމީން އަދި ހަތަރު ކުދިންނަށް ސޫރީޔާ ދޫކޮށް ދިއުމުގެ ފުރުސަތު ލިބުނީއެވެ. އޭނާގެ ހަތަރު ކުދިންނަކީ ބިލާލް 14، ރީމް 12، މުސްތަފާ ނުވައެއް އަދި ހަތަރު އަހަރުގެ ތާފިމާއެވެ.

ގްރީސްއަށް ދިއުމަށްޓަކައި އަހުމަދާއި އާއިލާއިން ތިން މަސްދުވަހުގެ ދިގު ދަތުރެއް ކުރިއެވެ. އޭގެ ތެރޭގައި ތުރުކީން ގްރީސްގެ ލިސްބޯސްއަށް ކަނޑުމަގުން ކުރި ބިރުވެރި ދަތުރު ވެސް ހިމެނެއެވެ. އެމީހުން ދަތުރުކުރި ޑިންގީ އެއް ފަހަރު ގާތްގަނޑަކަށް ފެތުނެވެ.

ހިމާޔަތް ހޯދުޔެގެ ފުރަތަމަ އިންޓަވިއުގައި އަހުމަދު އޭނާގެ ޕާސްޕޯޓުގައިވާ ނަން ގްރީސްގެ އޮފިޝަލުންނަށް ދެއްކި އިރު ގަސްދުގައި އިނގިލި ޖެއްސީ ފަހަތު ނަން ކަމަށްވާ " ތަރުޒަލާކިސް" ގައެވެ. އެއީ ކްރީޓްގެ ނަމެކެވެ.

" އޭނާ ހަޅޭއްލަވަން ފެށި، ބަލާބަލާށޭ މިހިރީ ކްރީޓް މީހެކޭ ކިޔާފައި އެކީގައި މަސައްކަތްކުރާ މީހުންނަށް ގޮވި،" ގްރީަސްގެ އޮފިޝަލުން އޭނާ ދެނެގަތްގޮތް ކިޔައިދެމުންް އަހުމަދު ބުނެފައި ވެއެވެ.

ކްރީޓް މީހުން އުޅޭ ތަންތަން އެހެން ގައުމުތަކުގައި ހުންނަ ކަން ގްރީސްގެ ގިނަ މީހުންނަށް އިނގެއެވެ. އެކަމަކު އެމީހުންގެ ސަމާލުކަން ލިބުނީ ތަރުޒަލާކިސް އާއިލާގެ މީހުން ވާހަކަދައްކާ ބަހުރުވައަށެވެ. އެމީހުންގެ ރާގަކީ ހަމަ ކްރީޓުގެ އާއްމު ރާގެވެ. އެކަމަކު އެމީހުންގެ ބަސްކޮށާރުގައިވާ ގިނަ ލަފުޒުތަކަކީ ކްރީޓުގައި އަދި ގްރީސްގެ މައި ރަށުގައިވެސް މިހާރު ބޭނުންނުކުރާ މުސްކުޅި ލަފުޒުތަކެކެވެ.

އެކަމަކު ކެތްތެރިކަމާ އެކީގައި ވާހަކަ ދެއްކުމުން ގްރީސް މީހުންނަށް އަހުމަދުމެން ދައްކާ ވާހަކަ ފަހުމް ވެއެވެ.

ލިސްބޯސްގައި މަސް ދުވަސް ހޭދަކުރި ފަހުން 2017 ވަނަ އަހަރުގެ އޮގަސްޓްމަހު އަހުމަދާއި އާއިލާއަށް ރަސްމީކޮށް ހިމާޔަތް ލިބުނެވެ. ދެން އެމީހުން ދިޔައީ ކްރީޓަށެވެ. އެތަނަށް ދިޔަ ތަނާ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނެވެ. އެގޮތުން އެޑްމިޓްކޮށްފައި އޮތް އިރު ހޮސްޕިޓަލުގެ މުވައްޒަފުންނާ އަހުމަދު ވާހަކަ ދެއްކުމުގެ ނަތީޖާއަކަށްވީ ނަރުހަކު ނޫސްވެރިއަކަށް ގުޅުމެވެ.

" ހޮސްޕިޓަލުން ނުކުތް އިރު ރަށު އެންމެނަށް އަހަރެން އިނގޭ،" ކްރީޓުގެ ތާރީހީ ވެނެޓިއަން ބަނދަރުގެ ކައިރީގައިވާ އެޕާޓްމަންޓެއްގައި އާއިލާއާ އެކު ވަޒަންވެރިވެފައިވާ އަހުމަދު ބުނެފައި ވެއެވެ.

ކްރީޓުގައި މިހާރު އަނެއްކާވެސް މުސްލިމް އާއިލާތައް އެބަ ތިއްބެވެ. އެއީ ރެފިއުޖީންގެ ގޮތުގައި މެދުއިރުމަތިން އައި އާއިލާތަކެވެ. އެކަމަކު އެރަށުގައި ކުރިން ދިރިއުޅުނު މުސްލިމުންގެ އަސަރުތައް ވަނީ ފިލައިގޮސްފައެވެ. ހަލާކުނުވެ ހުރި ދެ މިސްކިތް ވެސް މިހާރު ބޭނުންކުރަނީ އެގްޒިބިޝަން ސެންޓަރުތަކެއްގެ ގޮތުގައެވެ.

އަސަދުގެ ވެރިކަން ނިމިއްޖެ ނަމަ އަދި ސޫރިޔާ އަކީ ރައްކާތެރި ތަނަކަށް ބަދަލުވެއްޖެ ނަމަ އަހުމަދާއި އާއިލާ އެނބުރި އަލް ހާމިދިއްޔާ އަވަށް ދާނެއެވެ.

" އެކަަމަކު އަހަރެން ކްރީޓްއާ ގުޅުން ބާއްވާނަން އަދި ގަވައިދުން ޒިޔާރަތް ކުރާނަން،" ކާބަފައިންގެ ރަށް ކުރާ ލޯބި ހާމަކޮށްދެމުން އޭނާ ބުނެފައި ވެއެވެ.

ކްރީޓުގައި މިހާރު އަނެއްކާވެސް މުސްލިމް އާއިލާތައް އެބަ ތިއްބެވެ. އެއީ ރެފިއުޖީންގެ ގޮތުގައި މެދުއިރުމަތިން އައި އާއިލާތަކެވެ. އެކަމަކު އެރަށުގައި ކުރިން ދިރިއުޅުނު މުސްލިމުންގެ އަސަރުތައް ވަނީ ފިލައިގޮސްފައެވެ. ހަލާކުނުވެ ހުރި ތިން މިސްކިތް ވެސް މިހާރު ބޭނުންކުރަނީ އެގްޒިބިޝަން ސެންޓަރުތަކެއްގެ ގޮތުގައެވެ. އެހެންވެ މިހާރު ތިބި މުސްލިމުން ނަމާދުކުރަނީ ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓެއްގައެވެ.

އަސަދުގެ ވެރިކަން ނިމިއްޖެ ނަމަ އަދި ސޫރިޔާ އަކީ ރައްކާތެރި ތަނަކަށް ބަދަލުވެއްޖެ ނަމަ އަހުމަދާއި އާއިލާ އެނބުރި އަލް ހާމިދިއްޔާ އަވަށް ދާނެއެވެ.

" އެކަަމަކު އަހަރެން ކްރީޓްއާ ގުޅުން ބާއްވާނަން އަދި ގަވައިދުން ޒިޔާރަތް ކުރާނަން،" ކާބަފައިންގެ ރަށް ކުރާ ލޯބި ހާމަކޮށްދެމުން އޭނާ ބުނެފައި ވެއެވެ.