ވިޔަފާރި

ކުރުނބަލުގެ އަގު އާދަޔާ ހިލާފަށް މަތީގައި

Jun 2, 2018
3

ރޯދަ މަހަކީ ކޮންމެ އަހަރަކު ވެސް އަގުތައް އުފުލޭ ދުވަސް ވަރެވެ. މި އަހަރު ވެސް އެކަން އޮތީ އެގޮތަށެވެ. ނަމަވެސް މި އަހަރު އާދަޔާ ހިލާފަށް އަގު ބޮޑުވާ ބައެއް ބާވަތްތައް ހިމެނެ އެވެ. މީގެ ތެރެއިން އެއް ބާވަތަކީ ކުރުނބާ އެވެ. މިހާރު ބާޒާރުގައި އެންމެ އަގު ބޮޑުކޮށް އުޅެނީވެސް މި ބާވަތެވެ.

ބާޒާރުގައި މިއަދު ކުރުނބާގެ އަގު އުޅެނީ ކުޑަ ކުރުނބާއެއް 25ރ. އާއި 30ރ. އަށް ލިބެ އެވެ. ނަމަވެސް ހެޔޮވަރުގެ ކުރުނބާއެއްގެ އަގު އުޅެނީ 40ރ. އާއި 50ރ. އަށެވެ.

ދަނޑުވެރިކަމުގެ ސާމާނު ވިއްކާ މީހުން ބުނާ ގޮތުގައި ކުރުނބާގެ އަގު މަތިވަނީ ލިބުން ދަތިވާތީ އެވެ. އަދި ދޯނި ފަހަރުން ގެނެސް ގޮޅިތަށް ވިއްކާ އަގު ބޮޑުވުންވެސް މިއީ އަގުތައް އުފުލިގެންދާ ސަބަބެވެ.

ރޯދަ މަހުގެ 15 ދިޔައިރު، އާއްމުކޮށް ވިއްކާ އެހެން އެއްޗިހީގެ އަގުތައް ހުރި ގޮތަށް ބަލާއިރު، ލެޓިއުސް ކިލޯއެއްގެ އަގު އުޅެނީ 300ރ. އަށެވެ. އަދި ކަރާގެ އަގުތައް ދަށްވުމަށްފަހު، މިހާރު ވަނީ ކުޑަކޮށް މައްޗެއް ޖެހިލާފަ އެވެ. ކަރާ ކިލޯއެއް މިދިޔަ ހަފުތާގައި 20ރ. އަށް ލިބުނު ނަމަވެސް މިހާރު ލިބެނީ 25ރ. އަށެވެ.