ކުޅިވަރު

ގްރީންއަށް އިތުރު އިންތިޒާރެއް

މާޒިޔާ އަތުން 2-2 ން އެއްވަރުވުމުން، ދިވެހި ޕްރިމިއާ ލީގަށް ދިއުމަށް ގްރީން އަށް އިތުރު މެޗަކަށް މަޑުކަރަން ޖެހިއްޖެ އެވެ.

ރޭ މާޒީޔާ އަތުން މޮޅުވެގެން، ގްރީން އަށް ދިވެހި ޕްރިމިއާ ލީގްގެ ޖާގަ ގާތްގަނޑަކަށް ޔަގީން ކުރެވުނީހެވެ. މެޗުގައި ލީޑް ނެގީވެސް ގްރީންއިންނެވެ. ނަމަވެސް އެޓީމަށް ލީޑް ހިފަހައްޓާ ނުލެވި މާޒިޔާއިން ނަތީޖާ ހަމަހަމަ ކޮށް ލީޑް ވެސް ނެގި އެވެ.

މެޗުގެ 14 ވަނަ މިނެޓްގައި ގްރީންއިން ލީޑް ނެގީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައެވެ. ޕެނަލްޓީ ކާމިޔާބު ކުރީ ޔޫކްރޭންގެ ފޯވަޑް ރޮލޭންޑް ރަސަލް އެވެ. ނަމަވެސް މާޒިޔާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ލަނޑު ކާމިޔާބު ކޮށްދިނީ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އެވެ.

މަޒިޔާއަށް ލީޑް ނަގައިދިނީ ވެސް، ކޯނޭ އެވެ. އޭނާ ލީޑް ނެގި ލަނޑު ޖެހީ މެޗުގެ 59 ވަނަ މިނެޓްގަ އެވެ.

ގްރީން އާއި މާޒިޔާ ފުރަތަމަ ބުރުގައި ކުޅުނު މެޗުންވެސް، ވަރުގަދަ މާޒިޔާއަށް ގްރީން އަތުން މޮޅު ނުވެވުނެވެ. ފުރަތަމަ ބުރުގެ މެޗުގައި މާޒިޔާއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ގްރީންއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ކޮޅުގަ އެވެ.

ރޭގެ މެޗުގައިވެސް ގްރީން، މާޒިޔާ މޮޅުވިޔަ ނުދީ ހިފެހެއްޓީ، މެޗުގެ ފަހު ކޮޅަށް އެޅުނު ފަހު ގްރީން އަސްހަދު އަލީ (އަޑޭ) ކާމިޔާބު ކުރި ލަނޑުންނެވެ.