އުރީދޫ މަސްރޭހުގެ ފައިނަލަށް މަލަހިނި ކުޑަބަނޑޮހާއި ޓީމް ސްޓެލްކޯ ދަތުރު ކޮށްފި އެވެ.
އުރީދޫ މޯލްޑިވްސްއިން ބުނީ ބްރިޖް ވިއުއިން ޕްލެޓްފޯމްގައި ވަނަ ހޮވުމަށް ރޭ ބޭއްވި ފޯރިގަދަ ހަފްލާގައި މުބާރާތުގެ ފައިނަލުގައި ހަތަރު ޓީމެއް ވާދަ ކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޓީމް މަލަހިނި އާއި ޓީމް ގްރޭޓާ މާލެ އަދި ޓީމް ޓުއަރިޒަމް ކްލަބް އަދި ޓީމް ސްޓެލްކޯއިން ކަމަށެވެ.
މި މުބާރާތުގެ ސެމީފައިނަލް ދެވަނަ އިވެންޓް ވަނީ ޖޫން ހަތަރެއްވާ ހޯމަ ދުވަހަށް ތާވަލް ކޮއްފަ އެވެ. މިއިވެންޓް ވެސް ވަރަށް ފޯރި ގަދަކޮށް ބްރިޖް ވިއުއިން ޕްލެޓްފޯމްގައި ބޭވުމައް ވަނީ ހަމަޖެހިފަ އެވެ. މި އިވެންޓް ގައި ފައިނަލްގެ ތިންވަނަ ޓީމް އަދި ހަތަރު ވަނަ ޓީމް ކަށަވަރު ވެގެން ދާނެއެވެ. ސެމީފަިނަލް ދެވަނަ އިވެންޓުގައި ވާދަކުރުމައް ހަމަޖެހިފައިވަނީ ޓީމް މިލައިދޫ އައިލެންޑް މޯލްޑިވްސް އާއި ޓީމް ތާޖް އެކްސޯޓިކާ އަދި ޓީމް އެމްޕީއެލް އަދި ޓީމް ނަލަހިޔާ އެވެ.
އުރީދޫ މަސް ރޭސް މި އަހަރު ބާއްވަނީ ފީލް އިންވެސްޓްމެންޓް އާއި އުރީދޫ ގުޅިގެންނެވެ. މި އަހަރުގެ މަސް ރޭހުގައި ފުރަތަމަ އިވެންޓް އޮތީ މިނިސްޓްރީތަކާއި ޕަބްލިކް ކޮމްޕެނީތަކަށް ހުޅުވާލައިގެންނެވެ. އަދި ދެވަނަ އިވެންޓް އޮތީ އަންނަ މަހު ފަހެއްގައި ކަމަށާއި އެއީ މާލޭގެ ދެކުނުގެ ރިސޯޓްތަކަށް ހުޅުވާލައިގެންނެވެ. އަދި އެ އިވެންޓް އޮތީ ކ. ގުޅީގަ އެވެ.
އުރީދޫ މަސްރޭސް މި އަހަރު ބާއްވަނީ އެހެން އަހަރުތަކާ ހިލާފަށް ތަފާތު ގޮތަކަށެވެ. މިގޮތުން މި އަހަރު މަސް ރޭހުގެ ޕާޓްނަރުންގެ ގޮތުގައި މަޓާޓޯއާ ފިޝަރީޒް މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީ އަދި ޕީއެސްއެމް އަދި ފީލް އިންވެސްޓްމަންޓްވެސް ބައިވެރިވެ އެވެ.