ވިޔަފާރި

އެނުއަލް ބްރައިޑް ހަނީމޫން އެވޯޑު ދެވަނަ ފަހަރަށް ރާއްޖެއަށް

Jun 3, 2018

ހަނީމޫނަށް ދާ ގައުމުތަކަށް ހާއްސަކޮށްދޭ، އެނުއަލް ބްރައިޑް ހަނީމޫން އެވޯޑު ދެވަނަ ފަހަރަށް ރާއްޖެ އަށް ލިބިއްޖެ އެވެ.

"މޯލްޑިވްސް އިންސައިޑާ" ގައިވާ ގޮތުން ކޮންމެ އަހަރަކު ދޭ މި އެވޯޑުގައި ރާއްޖެއަށް ލިބިފައިވަނީ އެންމެ ރޮމޭންޓިކް މަންޒިލްގެ އެވޯޑެވެ.

ރާއްޖެއަށް މީގެ ކުރިންވެސް ވަނީ އެންމެ ރޮމޭންޓިކް މަންޒިލްގެ އެވޯޑު ގިނަ އަހަރުތަކެއްގައި ލިބިފަ އެވެ. މިގޮތުން ކޮންޑެނާސްޓް މަޖައްލާ އިން ދޭ މި އެވޯޑު ކޮންމެ އަހަރަކުވެސް ރާއްޖެއަށް ލިބެ އެވެ.

ޓޫރިޒަމް ދާއިރާގައި އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވެސް ކޮންމެ އަހަރަކު ގިނަ ވަނަތަކެއް ރާއްޖެއަށް ލިބެ އެވެ.