ވިޔަފާރި

ހިނގާ ކޮފީއަކަށް: އުރީދޫ ޓެކްސްޓް އަ ކޮފީ ތަފާތު

Jun 3, 2018

އުރީދޫގެ މަގްބޫލު "ޓެކްސްޓް އަ ކޮފީ" ގެ ހިދުމަތް ވަރަށް ތަފާތު ބަދަލުތަކާއި އެކު ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީފި އެވެ. މިގޮތުން، މިހާރު އުރީދޫ ކަސްޓަމަރުންނަށް، މައި އުރީދޫ އެޕް ނުވަތަ ޓެކްސް އަ ކޮފީގެ އައު ވެބް ޕޯޓަލް މެދުވެރިކޮށް، ރާއްޖޭގެ މަޝްހޫރު ބްރޭންޑްތަކުގެ އެންމެ މީރު އުފެއްދުންތައް ހަދިޔާކޮށްލެވޭނެ އެވެ.

އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ އެހެން ގައުމުތަކާއި ޚިލާފަށް، "ކޮފީއަކަށް ދިއުން" ރާއްޖޭގައި މާނަކުރެވެނީ ވަރަށް ތަފާތު ގޮތަކަށް ކަމަށެވެ.

"ކޮންމެ ވެސް އެއްޗެއް ކެއުމަށް ނުވަތަ ބުއިމުގެ ބަހަނާގައި، އާއިލާ ނުވަތަ ރައްޓެއްސަކާއި ދިމާވެލުން. މިގޮތުން، އުރީދޫގެ ޓެކްސްޓް އަ ކޮފީ ވެސް މި ފޯރުކޮށްދެނީ ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހިކޮށްލަން، ވަރަށްވެސް ތަފާތު ފުރުސަތެއް. މި އުފެއްދުންތެރި އަދި ބޭނުންކުރަން މަޖާ ޚިދުމަތް މެދުވެރިކޮށް، ކޮފީ އެއް، ކާއެއްޗެއް ނުވަތަ އައިސްކްރީމް އެއްވެސް ހަދިޔާކޮށްލެވޭނެ. ޓެކްސްޓް އަ ކޮފީ އަށް ކުރިންވެސް ވަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައި. އަޅުގަނޑުމެން އުންމީދު ކުރަނީ އަލަށް މި ތައާރަފްކުރި އަޕްޓޭޑްތަކާއި އެކު، ކަސްޓަމަރުންނަށް މި ޚިދުމަތް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށް" ނިޔާޒު ވިދާޅުވި އެވެ.

މައި އުރީދޫ އެޕް އަދި ޓެކްސްޓް އަ ކޮފީ ގެ ޕޯޓަލް (ore.do/txtcofy) މެދުވެރިކޮށް، މިހާރު އުރީދޫ ކަސްޓަމަރުންނަށް ގިނަގުނަ ހަދިޔާތައް ފޮނުވޭނެއެވެ. އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ޚިދުމަތަށް، މޮބައިލް އެކައުންޓް މެދުވެރިކޮށް ކުރިއާއި އެއްގޮތަށް ވަރަށް ފަސޭހަކަމާއި އެކު ފައިސާ ދެއްކޭނެއެވެ. އަލަށް ތައާރަފްކޮށްފައިވާ ޓެކްސްޓް އަ ކޮފީ މެނިއުގައި، ކެފޭ ލަޔާ، ދަ ސޭންޑްވިޗް ބާ އަދީ މޫވްއެންޑް ޕިކް ހިމަނާފައިވެ އެވެ.