ވިޔަފާރި

ކަރާ ކިލޯއެއްގެ އަގު އަނެއްކާ ވެސް 35ރ. އަށް

Jun 3, 2018

ކަރާގެ އަގު ދަށުގައި ހުރުމަށްފަހު، ކަރާ ކިލޯއެއްގެ އަގު އަނެއްކާވެސް 35ރ. އަށް އުފުލިއްޖެ އެވެ.

ފަނި ގިރަން ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތް ކަމަށްވާ ކަރާގެ އަގު ރޯދަ މަސް ފެށުނުއިރު ހުރީ ކިލޯއެއް 35ރ. އަށެވެ. ނަމަވެސް ރޯދަ މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން ކަރާގެ އަގުތައް ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް މިއަދު އަނެއްކާވެސް ކަރާގެ އަގުތައް މި ވަނީ އުފުލިފަ އެވެ. މިހާރު ކަރާ ކިލޯއެއްގެ އަގު އުޅެނީ 35ރ. އަށެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކާ މީހުން ބުނާ ގޮތުގައި ކަރާގެ އަގު އުފުލިގެން ދިޔަ މައިގަނޑު ސަބަބަކީ ކަރާ ލިބުން ދަތިވުމެވެ.

ކަރާގެ އިތުރުން މިހާރު ބާޒާރުގައި މަދު އަނެއް ބާވަތަކީ މިރުހެވެ. ދިވެހި ގިތެޔޮ މިރުސް ބާޒާރުގައި ވަނީ މަދުވެފަ އެވެ. މިރުސް ކިލޯއެއް އުޅެނީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.