ކުޅިވަރު

ޔޫވީ އެއްވަރުވެ ގްރީންއަށް ފުރުސަތު ބޮޑުވެއްޖެ

ޓީސީއާ ދެކޮޅަށް ޔުނައިޓަޑް ވިކްޓަރީ ކުޅުނު މެޗު 1-1 ން އެއްވަރު ވުމުން، ދިވެހި ޕްރިމިއާ ލީގަށް ދިއުމަށް ގްރީން ސްޓްރީޓަށް ފުރުސަތު ބޮޑު ވެއްޖެ އެވެ.

ދިވެހި ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޖާގައަށް ވާދަ ކުރަނީ، ގްރީން އާއި ޔޫވީ އެވެ. ނަމަވެސް ރޭ ގެ މެޗުން އެއްވަރު ވުމުން ޔޫވީއަށް އޮތް ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. ޔޫވީގެ ކޯޗް މުހައްމަދު ނަޒީހް ރޭ ސިފަ ކުރީ ޔޫވީއަށް ދެން ފުރުސަތު ނެތް ކަމަށެވެ.

"މިހާރު އަޅުގަނޑު ނުވިސްނަން (ދިވެހި ލީގަށް) ދެވޭނެ ބައިވަރު މަގުތަކެއް ހުރި ކަމަކަށް،" ނަޒީހް ބުންޏެވެ. "އެއީ އަނެއް ޓީމު [ގްރީން ސްޓްރީޓް] ދެ މެޗުން ބަލި ހަމަ މިވާން ޖެހެނީ ދެން މި ކޮޅުން [ޔުނައިޓަޑް ވިކްޓަރީން] އެ ބަ ޖަހަން ޖެހޭ ޑަޒަނަކަށް ވުރެ ގިނައިން ގޯލް ޖަހަން، އެއީ މިހާލަތުގައި ވުމަށް ވުރެ ނުވުން ގާތްކަމެއް،(ވާނެޔޭ ބުނަންޏާ) ދޮގެއް ހަދަން ޖެހޭނީ ފޯލްސް [ދޮގު] ހޯޕެއް ދޭކަށް ނުވާނެ އެއީ ގޯހެއް، ޓީމުގައި އޮތް އެއްޗަކުން ކަމެއް ކުރެވޭނީވެސް."

އޭނާ ބުނީ މާލޭ ލީގް ކޮލިފައިންގައި ޠޫވީއަށް ސަލާމަތް ވެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައްޮތް ކަމަށާއި ޓްރާންސްފާ ޕީރިއަޑްގައި ޓީމު ވަރުގަދަ ކުރާނެ ކަމަށެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމު ބުނީ ގިނަ ބަދަލު ތަކާއެކު ނިކުތް ޓީސީގެ ޓީމުން ކުރި މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 19 ވަނަ މިނެޓްގައި ސެމިއުލް ކޯޑެލް އެވެ. ޓީސީން ލަނޑު ޖެހީ 59 ވަނަ މިނެޓްގައި ހަސަން ސޮލާހް އެވެ.