ކުޅިވަރު

އަށް މަހަށްފަހު ނޯޔާ އެނބުރި އަތުވެއްޖެ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރިމަތިވި އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގައި ހުރި ޖަރުމަންގެ ކެޕްޓަން އަދި ގޯލްކީޕަރު މެނައުލް ނޯޔާ ކުޅެން ނިކުމެއްޖެ އެވެ.

ރޭ އޮސްޓްރިއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ޖަރުމަން ބަލިވި ނަމަވެސް މެނައުލް ނޯޔާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ނޯޔާ މެޗަކަށް ނިކުތީ 259 ދުވަސް ފަހުންނެވެ. އޭނާ އެންމެ ފަހު ގައުމީ ޓީމުގައި މެޗެއް ކުޅުނީ އޮކްޓުބަރު 2016 ގަ އެވެ.

ޖަރުމަންގެ ކޯޗް ޔޯކިމް ލޯ އެކުލަވާލި 27 ކުޅުންތެރިންގެ ސްކޮޑް، 23 ކުޅުންތެރިންނަށް މަދުކޮށް ސްކޮޑު ފައިނަލު ކުރާނީ މާދަމާ އެވެ. ބެލެވޭ ގޮތުގައި ޖަރުމަންގެ ސްކޮޑުން ނޯޔާއަށް ފުރުސަތު ދޭނެ އެވެ. ފައިނަލު ސްކޮޑުގައި އޭނާ ހިމެނިއްޖެނަމަ ވޯލްޑްކަޕުގެ ކުރިން ކުޅޭ އެންމެ ފަހުގެ އެކުވެރި ކަމުގެ މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް އަންނަ ހުކުރު ދުވަހު ކުޅޭ މެޗުގައި އޭނާ ކުޅޭނެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ވޯލްޑްކަޕުގައި ކުޅޭ ފުރަތަމަ މެޗުގައި ޖޫން މަހުގެ 17 ވަނަ ދުވަހު ނިކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ސްވިޑެން އާއި ދެކުނު ކޮރެއާ އެވެ.

"އެއީ މެނައުލް [ނޯޔާ] ގެ ފަރާތުން ފެނުނު ރަނގަޅު އެނބުރި އައުމެއް، އޭނާ ވަނީ ވަރަށް ރަނަގަޅު ތިން ސޭވެއް ކޮށްފަ، ހަމަ ޔަގީނުންވެސް އަހަރެން ވަރަށް ހިތްހަމަ ޖެހިއްޖެ އޭނާގެ ޕާފޯމަންސާ މެދު، އަނިޔާއާ ހެދި އޭނާއަށް މިހާރު މައްސަލައެއް ނެތް." މެޗަށް ފަހު ވާހަކަ ދައްކަމުން ޖަރުމަންގެ ކޯޗް ލޯ ބުންޏެވެ. "ނަމަވެސް ބަލިވެގެން ފައިބަން ޖެހުނީމަ ވަރަށް އުނދަގޫ، ފުރަތަމަ ހާފުގައި އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނު ނަމަވެސް ދެ ވަނަ ހާފުގައި އަހަރެމެން އަތުން ވަރަށް ގިނަ ފަހަރަށް ބޯޅަތައް ގެއްލުނު."

ރޭ ގެމަޗަކީ 32 އަހަރު ތެރޭ، ޖަރުމަން އަތުން އޮސްޓްރޭލިއާ މޮޅުވި ފުރަތަމަ މެޗެވެ. އެ ޓީމުގެ މިހާރުގެ ކޯޗް ފްރެންކޯ ފޯޑާ ޓީމާ ހަވާލުވި ފަހުން ކުޅުނު ފަސް މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. އޭނާ ޓީމާ ހަވާލުވީ ނޮވެމްބަރު މަހު އެވެ. އެއީ އޭރު ހުރި ކޯޗް މާސެލް ކޯލާއަށް އޮސްޓްރިއާ ވޯލްޑްކަޕަށް ކޮލިފައި ކޮށް ނުދެވުމުން އޭނާ ޓީމުން އިސްތިއުފާ ދިނުމުންނެވެ.

ރޭގެ މެޗުގައި، މެސްޓް އޮޒިލް ޖަރުމަނަށް ލީޑް ނަގައިދީފައި ވަނިކޮށް އޮސްޓްރީ މޮޅުކޮށްދިނީ މަޓީން ހިންޓާއޭގާ އާއި އެލެގްސެންޑްރޯ ޝަކްފް ކާމިޔާބު ކުރި ލަނޑު ތަކުންނެވެ.