ވިޔަފާރި

ރެއިންބޯ އިން މިފަހަރު ވޯލްޑް ކަޕް އުފާވެރިކޮށްދޭނެ!

Jun 3, 2018

އަންނަ މަހު ފަށާ ވޯލްޑްކަޕާ ދިމާކޮށް ހާއްސަ ސޭލްއެއް ރެއިންބޯ ލިވިންމޯލް އިން ފަށައިފި އެވެ.

"ވޯލްޑްކަޕް ފީވާ" ގެ ނަމުގައި ރެއިންބޯއިން ފަށާފައިވާ ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

ރެއިންބޯއިން ބުނީ ވޯލްޑްކަޕް ފީވާގައި ކުރާ ކޮންމެ ވިޔަފާރިއަކުން ޑިސްކައުންޓް ދޫކުރާނެ ކަމަށެވެ. އެގޮތުން ދެވޭ ހާއްސަ ޑިސްކައުންޓްގެ ތެރޭގައި ރެއިންބޯ ލިވިން މޯލްއިން ކުރާ ކޮންމެ ވިޔަފާރިއަކަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޫކުރާނެ އެވެ.

މި ސޭލް ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.

ރެއިންބޯއަކީ ތަފާތު މުނާސަބަތުތަކާ ގުޅިގެން އަގުހުރި އިނާމްތަކާއެކު ހާއްސަ ޕްރޮމޯޝަންތައް ބާއްވާ ފިހާރައެކެވެ. އެގޮތުން ރެއިންބޯ ލިވިން މޯލްއިން ވަނީ އީދު ހަދިޔާއެއްގެ ގޮރުގައި ވެސް އަގުހުރި ބެޑްރޫމް ސެޓެއް ހުށަހަޅާފަ އެވެ.

ރެއިންބޯއަކީ 1999 ވަނަ އަހަރު އުފެއްދި ކުންފުންޏެވެ. އެ ކުންފުނީގެ ވިޔަފާރީގައި މިހާރު އިމާރާތް ކުރުމާއި ގެދޮރަށް ބޭނުންވާ ފުލް ރޭންޖް ފޯރުކޮށް ދެއެވެ. އެ ކުންފުނިން 20 އަހަރުގެ ތަޖުރިބާއާއެކު ބަދަލުވަނީ އެހެން ހަރުފަތަކަށެވެ.