ވިޔަފާރި

ރެއިންބޯ "ރަމަޟާން ސޭލް"ގައި އުމްރާ ދަތުރުތަކެއް

Mar 25, 2019

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަށް އަމާޒުކޮށް ކޮށްގެން ރެއިންބޯއިން ކުރިއަށް ގެންދާ ރަމަޟާން ސޭލް ފަށައިފި އެވެ.

މި އަހަރުގެ ރެއިންބޯ ރަމަޟާން ސޭލްގައި ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އިތުރު ބޭފުޅަކާއެކު އުމްރާ ދަތުރެއް ދެއެވެ. ރަމަޟާން ސޭލް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ފަހަކުން 31 މެއި ގެ ނިޔަލަށެވެ.

ރެއިންބޯ އެންޓަޕްރައިސަސްގެ ފަރާތުން ހިންގާ ރެއިންބޯ ލިވިންގް މޯލް އާއި ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ ޝޮޕާއި ރެއިންބޯ ތިނަދޫ އާއި ރެއިންބޯ އޮފީސް ސިސްޓަމް އަދި ރެއިންބޯ އޮންލައިން ސްޓޯއިން 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް މިސޭލްގައި ބައިވެރިވެވޭ ގޮތަށް ކޫޕަނެއް ލިބޭނެ އެވެ.

ސޭލްގެ ގުރުއަތު ނެގުން އޮންނާނީ 29 ޖޫން 2019 ގައެވެ.