ވިޔަފާރި

އިނާމުތަކާއެކު ރެއިންބޯއިން ޕްރޮމޯޝަނެއް

Jul 19, 2020

އިނާމު ތަކާއެކު ރެއިންބޯ އޮންލައިން އީ ސްޓޯރުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރެއިންބޯގެ މި ޕްރޮމޯޝަންގައި ގަންނަ ކޮންމެ ފަރުނީޗަރަކަށް ހާއްސަ ޑިސްކައުންޓް ދެއެވެ. އަދި ގޭގައި ތިބެގެން އޯޑަރު ދިނުމުން މާލެ އާއި ހުޅުމާލެ އަށް ގެންގޮސްދޭނެ އެވެ. އަތޮޅުތަކުގެ ތެރެއިން ދޭ އޯޑަރުތަކުގައި ބޯޓާ ހަމަޔަށް ގެންގޮސްދޭނެ އެވެ.

ޕްރޮމޯޝަންގެ ތެރެއިން މުދާ ގަންނަ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އިނާމު ދޭން ނިންމާފައި ވެއެވެ. އެއްވަނަ އަށް ހޮވޭ ފަރާތަކަށް ތިން ސީޓުގެ ސޯފާއެއް ދޭއިރު ދެވަނައަށް ސޯފާ ބެޑެއް އަދި ތިންވަނަ އަށް ޓީވީ ކެބިނެޓެއް ދެ އެވެ.

މި ޕްރޮމޯޝަން މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަންނަ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.