ޕްރޮމޯޝަން

ރެއިންބޯ އިޔާ އެންޑް ސޭލް ފަށައިފި

ރެއިންބޯ އެންޓަޕްރައިސަސްއިން އަހަރު ނިންމަން "އިޔާއެންޑް ސޭލް" މިއަދު ފަށައިފި އެވެ.

އިޔާ އެންޑް ސޭލް ކުރިއަށް ގެންދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ސޭލް ކުރިއަށް ދާނީ 500 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަށް ކޫޕަނެއް ލިބޭ ގޮތަށެވެ. ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތުގެ ބިލުގެ ޖުމްލަ އަދަދު އަނބުރާ ލިބޭ އިރު މި ސޭލްގެ ގުރުއަތު ނެގުން އޮންނާނީ ފެބްރުއަރީ 1ވަނަ ދުވަހުގެ ރޭގަނޑު 9:00 ގައި ރެއިންބޯ ބިލްޑް ވެއާގަ އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ރެއިންބޯއަށް 28 އަހަރު ފުރިއްޖެ އެވެ.