ވިޔަފާރި

ރެއިންބޯއަށް 28 އަހަރު: ބޮޑު ޑިސްކައުންޓާއެކު ބޮޑު ސޭލެއް

ރެއިންބޯ އަށް 28 އަހަރު ފުރުމުގެ މުނާސަބަތުގައި ބޮޑު ޑިސްކައުންޓާއެކު ބޮޑު ސޭލެއް މިއަދު ފަށައިފި އެވެ.

ރެއިންބޯ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލް މުޅިރާއްޖޭގައި ކުރިއަށް ދާނެ އެވެ. މިގޮތުން ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ ޝޮޕް އަދި ރެއިންބޯ ތިނަދޫ ފިހާރަ އާއި ރެއިންބޯ އޮފީސް ސިސްޓަމްގައި ކުރިއަށް ދާނެ އެވެ.

ރެއިންބޯ އެންޓަޕްރައިސަސްއިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މި ޕްރޮމޯޝަންގައި 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

"ގާތްގަނޑަކަށް ހުރިހާ ބާވަތްތަކެއްގެ އަގު ވެސް ވާނީ ހެޔޮކޮށްފަ. މި ސޭލްގައި ހާއްސަ އިނާމެއް ހަމަނުޖެއްސީ އަހަރުގެ ފަހުކޮޅު އަހަރީ ސޭލް އޮތުމުން،" އޮފިޝަލް ވިދާޅުވި އެވެ.

ރެއިންބޯ އެންޓަޕްރައިސަސްއަކީ 1990 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ދަނީ ތަފާތު ގިނަ ވިޔަފާރިތަކެއް ކުރަމުންނެވެ.