ވިޔަފާރި

ރެއިންބޯއިން އަހަރު ނިންމަން ބޮޑު ސޭލެއް ފަށައިފި

Nov 26, 2020

ރެއިންބޯ އިން އަހަރު ނިންމަން "އިޔާ އެންޑް ސޭލް" ގެ ނަމުގައި ބޮޑު ސޭލެއް ފަށައިފި އެވެ.

ރެއިންބޯ އެންޓަޕްރައިސް ކުންފުނިން ބުނި ގޮތުގައި ރެއިންބޯ އިޔާ އެންޑް ސޭލްއަކީ ރެއިންބޯ އެންޓަރޕްރައިސަސްގެ ފަރާތުން ހިންގާ ރެއިންބޯ ލިވިންގް މޯލް އާއި ރެއިންބޯ ބިލްޑްވެއާ އަދި ރެއިންބޯ ޝޮޕްގެ އިތުރުން ރެއިންބޯ ތިނަދޫ އާއި ރެއިންބޯ އޮފީސް ސިސްޓަމް އަދި ރެއިންބޯ އައްޑޫ އާއި ރެއިންބޯ އޮންލައިން ސްޓޯރުގައި ކުރިއަށް ދާނެ ކަމަށެވެ.

މި ސޭލް ކުރިއަށް ގެންދާނީ މިމަހުގެ 25 އިން ޖެނުއަރީ މަހުގެ ނިޔަލަށެވެ.

ސޭލް ކުރިއަށް ގެންދާ މުއްދަތުގައި ކުރާ 500ރ. އިން ފެށިގެން މަތީގެ ކޮންމެ ވިޔަފާރިއަކަށް މިސޭލްގައި ބައިވެރިވެވޭ ގޮތަށް ކޫޕަނެއް ލިބޭނެ އެވެ. އަދި މި ކޫޕަންގެ ގުރުއަތު ނަގައިގެން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އައިފޯން 12 ޕްރޯ ލިބޭނެ އެވެ.

މި ސޭލްގެ ގުރުއަތު ނެގުން އޮންނާނީ 27 ފެބްރުއަރީ 2021 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 9:00 ގައި ރެއިންބޯ ލިވިންގް މޯލްގަ އެވެ.