ކުޅިވަރު

ދުންތަރިމަނިކު މުބާރާތުގެ ޗެމްޕިއަންކަން ޕިންގްޕޮންގްތާސް އަށް

ކުރީގެ ގައުމީ ޗެމްޕިއަން، ދުންތަރި އިބްރާހިމް މަނިކު ހަނދާނުގައި ބާއްވާ "ދުންތެރި މަނިކު މެމޯރިއަލް ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަން ކަން، ޕިންގް ޕޮންގްތާސް ހޯދައިފި އެވެ.

ފައިނަލުގައި ޕިންގް ޕޮންގްތާސްއާ ދެކޮޅަށް ނިކުތީ "މުޖައްރިބު" ޓީމެވެ. ނަމަވެސް މުބާރާތުގެ ޗެމްޕިއަންކަން މުޖައްރިބު ޓީމަށް މުޖައްރިބެއް ނުކުރެވުނެވެ. ޕިންގް ޕޮންގްތާސް ފައިނަލު ކާމިޔާބު ކުރީ 5-4 ގޭމުންނެވެ.

މި މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މުބާރާތުގައި މުޅިން ހިމެނޭނީ ސިންގަލްސް ގޭމްތަކެވެ. ފައިނަލުގައި އެންމެ ފޯރިގަދަ ކޮށް ދިޔައީ ޑިސައިޑިން ގޭމް އެވެ. އެ ގޭމްގައި ވާދަ ކުރީ މަޖީދިއްޔާ ސްކޫލް އިންޓަ ހައުންސްގައި މީގެ 36 އަހަރުން ކުރިން ވާދަ ކުރި ދެ ކުޅުންތެރިން ކަމަށްވާ ޕިންގް ޕޮންގްތާސްގެ އަލީ ނާޝިދު (އައިކޯ) އާއި މުޖައްރިބު ޓީމުގެ އަބްދުﷲ ފަތީން އެވެ.

"މަޖީދިއްޔާ އިންޓަ ހައުސްގައިވެސް އަޅުގަނޑު ނެތް އެއްވެސް މެޗަކުން ފަތީން އަތުން މޮޅުވެފަ އެއް ނަމަވެސް 36 އަހަރު ފަހުން ދެ މީހުން އެއްކޮށް ކުޅެން މިއައީ ދެން މިފަހަރު އަޅުގަނޑު މި މޮޅުވީ،" މެޗަށް ފަހު ވަހަކަ ދައްކަމުން އައިކޯ ބުންޏެވެ. "މެޗުގައިވެސް އެ ރެސްޕެކްޓް އެ ފެނިގެން ދިޔައީ."

ޑިސައިޑިން މެޗުގައި، އައިކޯ ކާމިޔާބު ކުރީ ގޭމުންނެވެ. ފުރަތަމަ ދެ ގޭމް ފަސޭހަ ކަމާއެކު އައިކޯ ކާމިޔަބު ކުރި އެވެ. ތިން ވަނަ ގޭމްގައި ފަށައިގެން ލީޑްގައި ވާދަ ކުރަމުން ދިޔައީ ފަތީން އެވެ. އައިކޯ މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި ހޯދި ޕޮއިންޓް ތަކުންނެވެ.

ޕިންގް ޕޮންގްތާސް ޓީމަށް މުބަރާތުގެ ތައްޓާއި މެޑަލް ހަވާލު ކޮށްދެއްވީ، ދުންތަރި އިބްރާހިމް މަނިކުއާއެކު ޓީޓީ ކުޅުއްވި ޔޫސުފު ރިޒާ އެވެ.