ވިޔަފާރި

އެންމެ މަތިން ސާވިސް ޗާޖު ވެލާ އަށް، މިދިޔަ މަހު ވީ އިތުރު

Jun 5, 2018
3

މިދިޔަ މަހު އެންމެ މަތިން ސާވިސް ޗާޖު ވެލާ ޕްރައިވެޓް އައިލެންޑަށް ކަމަށް، ރާއްޖޭގެ ޓޫރިޒަމްގެ ހިސާބުތަކުން ދައްކައިފި އެވެ.

ރިސޯޓުތަކުގެ މުވައްޒަފުންގެ ދޭ މައުލޫމާތުގެ މައްޗަށް ބަލައި، އާއްމުކޮށްފައިވާ ރާއްޖޭގެ އެންމެ ގިނައިން ސާވިސް ޗާޖު ލިބޭ ރިސޯޓުތަކުގެ ތެރެއިން މިދިޔަ މަހު އެންމެ މަތިން ސާވިސް ޗާޖު ލިބިފައިވާ ވެލާ ޕްރައިވެޓް އައިލެންޑަށް 1،106 ޑޮލަރު (17054.52ރ) ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހު އެ ރިސޯޓުގެ މުވައްޒަފުންނަށް ލިބުނު 674.44 ޑޮލަރު (10،399ރ.) ލިބިފައިވެ އެވެ. މިއީ 64 ޕަސެންޓް އިތުރުވުމެކެވެ.

ޓޫރިޒަމްގެ އޮފް ސީޒަންގައި ދެވަނަ އަށް އެންމެ މަތިން ސާވިސް ޗާޖު ލިބިފައިވަނީ އަނަންތާރާ ކިހަވަށް ވިލާ ރިސޯޓަށެވެ. އެ ރިސޯޓުގެ މުވައްޒަފުންނަށް މިދިޔަ މަހު 800.24 ޑޮލަރު (12339.70ރ.) ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރު އެ ރިސޯޓުގެ މުވައްޒަފުންނަށް ލިބުނު 772.22 ޑޮލަރު (11،907 ރުފިޔާ) އާ އަޅާބަލާއިރު ތިން ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ތިންވަނައަށް އެންމެ މަތިން ސާވިސް ޗާޖު ލިބުނު ރަންދެލި ރިސޯޓަށް 774 ޑޮލަރު (11935 ރުފިޔާ) ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރު ލިބުނު 791.33 ޑޮލަރު (12،202 ރުފިޔާ) އާ އަޅާ ބަލާއިރު ދެ ޕަސެންޓް ދަށްވުމެކެވެ.

ސާވިސް ޗާޖު ނަގަނީ ރިސޯޓަށް އަންނަ މީހުން ކުރާ ވިޔަފާރިންނާއި ދޭ ހިދުމަތުންނެވެ. މިގޮތުން ސާވިސް ޗާޖުގެ ގޮތުގައި އާއްމުކޮށް ނަގަނީ 10 ޕަސެންޓެވެ.