(3 ޖޫން 2018 އާ ގުޅޭ) -- "ހަލަފް ވެސް ބުނީ ތިހެން... އޭނާއަށް ވެސް އެނގޭ އަރްސަލް ގަޔާވާކަން ނިމްއާ... އަހަންނަށް ވެސް ހީވަނީ އެ ދެ މީހުން ގުޅުވުމުގައި އަހަރެމެންގެ ރޯލެއް ވެސް ހިމަނަންވީހެން" ހިނިއައިސްފައި ހުރެ ރާދިން ބުނެލިއެވެ.
"އެކަމަކު ގަދަކަމުން އަހަރެމެންނަށް ވެސް އެ ދެ މީހުން ލައްވާ ކަމެއް ނުކުރެވޭނެއެއްނު" ޝިހާނާ ބުނެލިއެވެ.
"އެންމެ ފަހުން ހަލަފް އައިސްފައި ދިޔައީ ވަރަށް ބޮޑު ކަންތައްގަނޑެއް ހިންގާލާފައި. އަހަރެން އެހީމާ ވެސް ނުބުނު... އެކަމަކު އެ ދުވަހުގެ ފަހުން އަރްސަލް ވަރަށް ބޮޑަށް ބަދަލުވެއްޖެ. ނިމްއަށް ސަމާލުކަން ދޭކަން އެންމެ ބޮޑަށް ފާހަގަވީ" ރާދިން ބުންޏެވެ.
"ހަލަފް ގާތުން އަހަރެން އޮޅުން ފިލުވަފާނަން" ޝިހާނާ ބުންޏެވެ. ރާދިން ވެސް އެއްބަސްވުމުގެ ގޮތުން މަޑުމަޑުން ބޯޖަހާލިއެވެ. ރާދިންގެ ނަޒަރު ޝިހާނާއާ ވަކިކޮށްލާ ބެލްކަނީގައި ދެއަތްއަޅުވާލަމުން ދުރަށް ނަޒަރު ހުއްޓާލިއެވެ. އެ ދެމެދަށް ހިމޭންކަން ވެރިވެގެންދިޔައެވެ. ދެފަހަރަކު ޝިހާނާގެ ނަޒަރު ރާދިންއަށް ހުއްޓުނެވެ. އޭނާގެ ހިތުގައިވާ އެއްޗެއް ދުލުން ބޭރުކުރުމުން ރާދިން އެކަމަށް ރިއެކްޓު ކުރާނޭ ގޮތެއް ނޭނގޭތީ އެކަމާ ޝިހާނާއަށް ވިސްނާލެވުނީއެވެ. މި ނޫނީ ރާދިންގެ ގާތުގައި ވާހަކައެއް ދައްކަން ޝިހާނާއަށް އުނދަގޫވެގެން ނޫޅެއެވެ. ނަމަވެސް މިފަހަރު ވީގޮތެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެހެންވިޔަސް ހިތުގައި ބޭއްވުމަށްވުރެ ދުލުން ބޭރުކޮށްލުމުން އެ ނުތަނަވަސްކަން ފިލައިގެން ހިނގައިދާނޭކަން އަމިއްލަ ޟަމީރު ވިސްނައިދިނެވެ. އަނެއްކާ ވެސް ރާދިންއާ ދިމާއަށް ޝީހާނާ ބަލާލިއެވެ.
"ރާދު!... ބުނީމެއްނު ކީފާދެކެ ލައިކްވެވުނީއޭ... ޑޫ ޔޫ ސްޓިލް ހޭވް ފީލިންގްސް ފޯ ހާ؟" ޝިހާނާގެ އަޑުގައި ހުރި ޖެހިލުންވުން ރާދިންއަށް ފާހަގަވިއެވެ. އޭނާ އެނބުރިލުމާއެކު ޝިހާނާއާ ހަތަރުކަޅި ބައްދަލުވެގެންދިޔައެވެ. އެކަކުއަނެކަކުގެ ލޮލަށް ދެ ޒުވާނުން ވެސް ބަލަން ތިބީ ފަރުވާތެރިކަމާއެކުއެވެ. ހަޤީޤަތް ދެނެގަންނަން ބޭނުންވެފައި ތިބި ހެންނެވެ.
"ނޮޓް އެނީމޯ... ތެދަށް ބުނަންޏާ އަހަންނަށް ވަރަށް ބޮޑަށް ކީފާ ކަމުދިޔަ، އެކަމަކު މިހާރު އޭނާއާ ގުޅުމުގެ ޚިޔާލެއް އެއްވެސް ވަރަކަށްނެތް" ރާދިން ބުނެލިއެވެ.
"ރިލޭޝަންޝިޕްއަކާމެދު ރާދު ނުވިސްނަންތަ؟ ކީފާ ނޫނީ ކަމުދާ އެއްވެސް އަންހެންކުއްޖެއް މިހާތަނަށް ދިމާ ނުވަނީތަ؟ ނޫނީ އެ އަންހެންކުއްޖަކީ ކީފާއަށް ނުވާތީ ފުރުޞަތެއްދޭން ބޭނުންނުވީތަ؟" ޝިހާނާ މިފަހަރު ވެސް ވާހަކަދެއްކިއިރު އޭނާގެ ނަޒަރު ރާދިންއާ ދުރަކަށް ނުދެއެވެ.
"ރަނގަޅުކުއްޖަކާ ދިމާވެއްޖެއްޔާ ދިރިއުޅުމެއް ފަށަން ގަސްދުކުރަން. އެކަމަކު އެއީ އެހާ ފަސޭހަކަމެއްނޫން... އާނާ ކީއްވެތަ ރިލޭޝަންޝިޕެއްނުފަށާ ތި ހުންނަނީ؟" ރާދިންގެ ޝައުގުވެރިކަން ޝީހާނާގެ ދިރިއުޅުމަށް ހުއްޓުނެވެ.
"އަހަރެން... ރައްޓެހިވިން... އެންޑްރިއަންއާ ދިމާވީ މެޑިކަލް ސްކޫލުން. ތްރީ މަންތްސް އެނިވަރސިރީ ފާހަގަކުރަން ޑިނާއަށް ދާން ތައްޔާރުވާން އުޅެނިކޮށް ފޯނަށް މެސެޖެއް އައީ. އޭގައި އޮތީ އަހަރުމެން ތިބޭ ރެސިޑެންޓްގެ ރޫމެއްގެ ނަންބަރު. ދެން އޮތީ އެ ރޫމަށް ގޮސް އެންޑްރިއަން ކޮބާތޯ ސުވާލުކުރުމަށް ބުނެފަ... އަހަރެން ހީކުރީ މީހަކު ސަމާސާކުރަނީކަމަށް. ދެން ލިބުނީ ފޮޓޯއެއް. އަހަންނާއި އެންޑްރިއަންގެ ފޮޓޯއަކާއި ކޮންމެވެސް އެހެން އަންހެންކުއްޖަކާއި އެންޑްރިއަންގެ ފޮޓޯއެއް. އަހަންނާ އެންޑްރިއަން ދިމާވުމުގެ ކުރީން އޭނާ ވަރަށް ގިނަ އަންހެންކުދީންނާ ރައްޓެހިވިކަން އަހަންނަށް އެނގޭ. އެކަމަކު އޭނާ ވަޢުދުވި އަހަންނާ ރައްޓެހިވުމަށްފަހު އިތުރު އެއްވެސް އެފެއާއެއް އަންހެންކުއްޖަކާ ނުބާއްވާނަންކަން. އަހަރެން ރައްޓެހިވީ ވަސް އެންޑްރިއަން އެދެމުންދިޔަތާ މަހަކަށްވުރެ ވެސް ގިނަ ދުވަސްވީފަހުން. އެހެންވިޔަސް އެ ފޮޓޯ ފެނުނީމަ ނޭނގެ ވީ ގޮތެއް. ހިތަށް އެރީ ވާގޮތެއް ބަލަން އެ ރޫމަށް ދާނީއޭ.... ދެޓްސް ހައު އައި ނިއު ހީ ވޯޒް ޗީޓިންގް އޮން މީ. އަހަންނަށް އެ ރޫމުން އެ ދެ މީހުން ތިބިގޮތް ފެނުމުން އެނގުނު އެއީ ރައްޓެހިންނެއްނޫންކަން. އޭގެ ފަހުން އަހަންނަށް ފިރިހެނުންނަށް އިތުބާރުކުރަން ފަސޭހައެއްނޫން...އެނގޭ ހުރިހާ ފިރިހެނުން އެއްގޮތެއްނުވާނޭކަން ބަޓް ސްޓިލް" ޝިހާނާ މާލެ އައިފަހުން އެކަކާ ވެސް ޙިއްޞާނުކުރާ ހަޤީޤަތެއް އޭނާ ރާދިންއަށް ހާމަކުރިއެވެ. އިރުކޮޅަކު ރާދިންއަށް ބަލަން ހުރެފައި ޝިހާނާ އިސްޖަހާލަން އުޅުނެވެ. އެވަގުތު ރާދިން ކުރިއަށް ފިޔަވަޅު އަޅާލަމުން ޝިހާނާގެ ކޯތާފަތުގައި ދެއަތުން ހިފަހައްޓާލިއެވެ.
"ޑޯންޓް ވޮރީ... ޔޫ ވިލް މީޓް ހިމް. އެހެންނޫނަސް ޔޯ ޗައިލްޑްހުޑް ކްރަޝް އިޒް ސްޓިލް ސިންގަލް. އޭނަ ވެސް ވަރަށް ހެންޑްސަމް. އޭނާއަށް ޓްރަސްޓް ކުރެވޭނެއެއްނު... ހީ ސްޓިލް ހޭސް އަ ކްރަޝް އޮން ދެޓް ބިއުޓިފުލް ގާލް" ޝިހާނާގެ ކޯތާފަތުގައި މަޑުމަޑުން ރާދިން ފިރުމާލިއެވެ. ބޭއިޚްތިޔާރުގައި ޝިހާނާއަށް ހީނލެވުނެވެ. މީގެ ކުރީން ފުރުޞަތުނުދެވި އޮތް އިޙްސާސް އަލުން ހިތުގައި އާ ވިންދެއް އުފެއްދިއެވެ. އެކަމުގެ އިޙްސާސް ދެ ޒުވާނުންނަށް ވެސް ކުރެވުނެވެ. ނަމަވެސް ހިތްއަވަސްވުމާއެކު ރާދިންއާ ދުރަށް ޖެހިލީ ޝިހާނާއެވެ. ސިކުނޑީގައި އުފެދުނު ޚިޔާލުތަކުންނެވެ. ރާދިންއާމެދު ހިތުގައި އިޙްސާސްތަކެއް އުފެދުމަށް ފުރުޞަތު ދިނުމަކީ ކުރެވޭ މޮޔަކަމެއްހެން ހީވީއެވެ.
* * * * *
ކާމޭޒުމަތީ ހުރި ތަށިތައް ނަގާފައި ކާއެއްޗެހި ހޫނުކުރުމަށް އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ބިދޭސީ އަންހެންކުއްޖާ ގާތު ޝަރުމީނު ބުނެލިއެވެ. އޭނާ ބޮޑުކޮޓަރިއަށް އައިސް ވަންއިރު ޓީވީއަށް ނަޒަރު ހުއްޓާލައިގެން ބިލާލު އިންތަން ފެނުނެވެ. ބަލަން އިނީ ދިވެހި ޒުވާނެއްގެ އިންޓަވިއުއެވެ. ސޯފާގައި ބިލާލުގެ ގާތުގައި އިށީން ޝަރުމީނު ފިރިމީހާގެ އަތުގައި ފިރުމާލިއެވެ. ބިލާލު ނުބުނި ކަމުގައި ވިޔަސް ޒުވާން ފިރިހެންދަރިފުޅުގެ މަތިން އޭނާ ހަނދާންކޮށް އެ ދަރިފުޅު ދުރުގައި ހުންނާތީ އެކަމާ ހިތާމަކުރާކަމަކީ ޝަރުމީނަށް އެނގޭ ކަންކަމެވެ. ލުއި ހިނިތުންވުމެއް ޝަރުމީނާ ބަދަލުކޮށްލާފައި ބިލާލު ވާހަކަދައްކަން ފެށީ ޓީވީގެ އަޑު މަޑުކޮށްލަމުންނެވެ.
"ކިހިނެއްވީ؟ ވާހަކައެއް ދައްކަން އުޅޭހެން ހާދަ ހީވޭ" ބިލާލު ބުނެލިއެވެ.
"ބިލާލް! ރާދިންގެ ގާތަށޭ ކިޔާފައި ހަލަފް ބޭރަށް ދާލެއް މިހާރު ގިނަކަން ފާހަގައެއްނުވޭތަ؟ ދަރިފުޅު ދޮގު ހަދާފާނޭ ހިތެއްނުބުނޭ... އެކަމަކު ރާދިންގެ ގާތަށް ދިއުމަކީ އަރްސަލްގެ ގާތަށް ދިއުން. އެ ދެބެން އެކުގައި އެ އުޅެނީ... އެއްވެސް އިރަކު އަރްސަލް ގަޔާވާކަމެއްނޫނެއްނު ހަލަފް އޭނާގެ ފަހަތުން އުޅުމަކީ" ޝަރުމީނަށް މިފަހަކަށް އައިސް އުނދަގޫކުރާ ޚިޔާލެއް ބިލާލާ ޙިއްޞާކުރިއެވެ.
"އަހަންނަށް ވެސް ތިކަން ފާހަގަކުރެވުނުތާ ދުވަސްކޮޅެއްވެއްޖެ. ދަރީން އުޅޭނޫޅޭގޮތް އަހަރެމެން އަދިވެސް ބަލަން ޖެހޭނެ. ޔަގީން ކުރެވޭނެ ގޮތަކީ ރާދިންއަށް ގުޅުން... އަހަރެން މިހުންނަނީ އެ ސޮރަށް ގުޅާލަން ހިތުލައިގެން" ބިލާލު ބުނެލިއެވެ. އަދި ކޮފީމޭޒުމަތީ ބޭއްވި ފޯނު ނަގައި ރާދިންގެ ނަންބަރު ހޯދާލާ ޑައިލްކޮށްލިއެވެ.
"އައްސަލާމް ޢަލައިކުމް... ބައްޕާ" ރާދިންގެ އަޑު ބިލާލުގެ ކަންފަތުގައި ޖެހުނެވެ.
"ވަޢަލައިކުމުއްސަލާމް... ދަރިފުޅު ކިހިނެއްތަ؟ މަސައްކަތްތައް އުންމީދުކުރި ވަރަށް ކުރިއަށްދޭތަ؟" ހިނިތުންވުމެއް ބިލާލުގެ ތުންފަތަށް ވެރިވެފައިވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑާއި އަރްސަލްގެ ހާލު ރަނގަޅު، މަސައްކަތްތައް ވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދޭ. ބައްޕަ މިގަޑީގައި ތި ގުޅާލީ ކަމަކުތަ؟" ރާދިން އަހާލިއެވެ.
"މީ... ދަރިފުޅުމެންނާއެކު ހަލަފް އެބައުޅޭތަ؟" ބިލާލު އަހާލިއެވެ.
"ލައްބަ! ހަވީރު އާނާއާއި ދެ މީހުން އައިސްގެން އެބައުޅޭ... ވީކަންޑް އެއްކޮށް މިކޮޅުގައި ތިބެން އައިސްގެން އުޅެނީ. ހަލަފްއަށް ގޮވާލަންވީތަ؟ ބައްޕަ ގުޅީމަ ފޯނު ނުނެގީތަ؟" ރާދިންގެ ވާހަކަ އިވުމާއެކު ބިލާލަށް ގާތުގައި އިން ޝަރުމީނަށް ބަލާލަމުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"އަރްސަލް އެއްޗެކޭ ނުބުނޭތަ؟ ހަލަފް މާގިނައިން ތިކޮޅަށް ގޮސް ހަދާއިރު ދަރިފުޅުމެންނަށް އޭނާ ވަރަށް އުނދަގޫކުރޭ ދޯ" ބިލާލު ކަމެއް އެނގެން ބޭނުންވިއެވެ.
"ނޫން! އަހަރެމެންގެ ކޮއްކޮއެއްނު އެއީ... ހަލަފް ގިނަގިނައިން އަންނާތީ ރަނގަޅު. އަރްސަލް ވެސް އޯކޭ. ދޭތެރެއަކުން އެއްޗެއް ބުނެލިޔަސް ހަލަފް އަޑު ނާހާނޭކަން އޭނާއަށް ވެސް އެނގޭ... ކުރީން ވެސް ހަލަފްއަކީ އަރްސަލް ކިޔާހާ އެއްޗެއް އަޑުއަހާ ކުއްޖެއްނޫން. ބައްޕާ! އަރްސަލްއާ މެދު ނުވިސްނާ... މިހާރު އޭނާ ފެންނަނީ ހިތްހަމަޖެހިފައި ހުންނަތަން. އިރާދަކުރެއްވިއްޔާ އަދި އަހަރެމެން އެއްފުރާޅެއްގެ ދަށުގައި ބޮޑު ޢާއިލާއެއްގެ ގޮތުގައި އުޅުމުގެ ފުރުޞަތު ލިބޭނެ. އަޅުގަނޑުގެ ހިތް ބުނަނީ އެ ދުވަސް މާ ދުރެއްނޫނޭ.... އެހެންވީމަ ބައްޕަ ވެސް ސްޓްރެސްއާ ދުރުގައި އުޅެންވީ" ރާދިންގެ ވާހަކަތަކުން ބިލާލަށް މިއިން ދުވަހަކު ނުލިބޭހާ ހިތްހަމަޖެހުން ލިބުނެވެ.
"ދެ ފިރިހެން ދަރީން ދުރުގައި ތިބޭއިރު ބައްޕަ ކިހިނެއް ނުވިސްނާ ހުންނާނީ. އެކަމަކު ހިތްހަމަޖެހިއްޖެ ތިން ކުދީން އެއްކޮށް ވަގުތު ހޭދަކުރާލެއް ގިނަވީމަ. ރާދިން! ކޮންމެ އަހަރަކު ވެސް ބައްޕައާއި މަންމަވެގެން އެކުވެރިންނާއި ޢާއިލާގެ މެދުގައި ކެއުމެއްބާއްވަމެއްނު... އާދިއްތަ ދުވަހުގެ ރޭ އިޝާ ނަމާދުކޮށްލައިގެން ދަރިފުޅު އަނައްޗޭ. ހުރިހާ ކުދީން ވެގެން އަރްސަލް ވެސް ގެނެވޭތޯ އުޅެއްޗޭ. އެއްފަސްގަނޑެއްގައި އުޅޭއިރު ވެސް ހަމަލޮލުން އެކުއްޖާ ނުފެންނަތާ ހާދަ ދުވަހެއްވެއްޖެއްޔޭ" ބިލާލުގެ ހިތުގައި އަރްސަލް ދުށުމުގެ އެދުން ގަދަވިއެވެ.
"ހެޕީ އެނިވާސަރީ އެޑްވާންސްކޮށް ބައްޕައާއި ދައްތައަށް... އަރްސަލް ގެންދެވޭނެކަމުގެ ޔަގީންކަން ދޭކަށް ނުކުރޭނެ. އެކަމަކު އަޅުގަނޑު ދާނަން" ރާދިން ބުނެލިއެވެ.
"އެންމެ ރަނގަޅު... އެހެންވީރު ދެން މިވަގުތު ބޭއްވީއޭ. ހަލަފް ގާތުގައި ބައްޕަ ގުޅިވާހަކަ ބުނާނެކަމެއްނެތް އިނގޭ" ބިލާލު ބުނެލިއެވެ. އަދި ފޯނުކޯލު އިސްވެ ކަނޑާލީ ބިލާލުއެވެ.
"ހަލަފް އެކުދީންނާއެކު އެބައުޅޭ... އާނާ ވެސް އެގޭގައި" ޖަވާބެއް ބޭނުންވެފައި އިން ޝަރުމީނަށް ބަލާލާފައި ބިލާލު ބުންޏެވެ.
"އެ ތިންބެއިން އެކަކު އަނެކަކާ ގުޅުމަކީ ވެސް ވަރަށް ބޮޑު ނަސީބެއް. ކުރިއަށްވުރެ އަރްސަލްއާއި ހަލަފްގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެއްޖެކަމުގެ ނިޝާނެއް. ނޫންތަ ބިލާލު" ޝަރުމީނުއަށް ވެސް ހިނިތުންވެވުނެވެ.
"އާން! އަރްސަލް އެހެން އުޅުނަސް އޭނާއަކީ ގޯސް ކުއްޖެއްނޫން. އެ ދަރިފުޅުގެ ހިތްހަލާކުކޮށްލުމަށްވުރެ އެ ދަރިފުޅުގެ ނަފުރަތު ތަޙައްމުލުކުރުން އަހަރެން އިޚްތިޔާރުކުރީ. މުއްޠަލިބު ބުންޏަސް އެ އަނދިރި ހަޤީޤަތް ހާމަކުރާނޭ ހިތްވަރެއް އަހަރެންގެ ނެތް" ބިލާލުގެ އަޑުގައިވި މޮޅިވެރިކަން ޝަރުމީނަށް އިޙްސާސް ކުރެވުނެވެ. ފިރިމީހާގެ މުލައްދަނޑީގައި ހިފާލައި ފިރުމާލަމުން ކޮނޑުގައި ބޯއަޅާލިއެވެ.
"ބިލާލް! މުއްޠަލިބު އެ ބުނީ ދޮގު ވާހަކައެއްނޫން. އަރްސަލްއަކީ މިހާރު ކުޑަކުއްޖެއްނޫން. އެ ދަރިފުޅު އެވަނީ ދުނިޔެއަށް ލޯ ހުޅުވިފައި. ލޯބިވާ މީހުން ވަކިވުމަކީ ބަރުދާސްތުކުރަން ކިހާ އުނދަގޫ ކަމެއްކަން އެ ދަރިފުޅަށް މިހާރު ވިސްނޭނެ. އަރްސަލްއަށް ހަޤީޤަތް އެނގިގެން ނޫނީ އެ ދަރިފުޅު އެނބުރި އަހަރެމެންގެ ގާތަކަށް ނުގެނެވޭނެ. ބިލާލު! މަރު އައިސް ބައްދަލުކުރާނީ ކޮންއިރަކުކަމެއް ނޭނގޭނެ. އެކަމަކު އޭގެ ކުރީން މި ގޭތެރޭގައި ހުރިހާ ދަރީންނާއި އެ ކުދީންގެ ބައްޕައާއެކު އަހަރެން ވަގުތު ހޭދަކުރަން ބޭނުން. އުފާވެރި ޢާއިލާއެއް ދުށުމަށް އަހަރެން މިވަނީ ކެތްތެރިކަން ކުޑަވެފައި. ހަލަފްއެކޭ އަރްސަލްއާއި ރާދިންއެކޭ އަހަންނަށް ތަފާތެއްނެތް. އަހަރެންގެ ބަނޑުން އެ ދެބެން އުފަންނުކުރި ނަމަވެސް އެއީ އަހަރެން ލޯބިވާ ދެ ދަރީން. އެކަން ސިއްރު ކުރުމަށްވުރެ ދަރީން މުހިންމެއްނޫންތަ؟ މިހާ ދުވަހު ބިލާލު އެކަން ފޮރުވައިގެން ހުރުމުން އަހަރެމެންނަށް ހާޞިލުވީ ކޮންކަމެއް؟ ބިލާލުއަކީ ބަލިމީހަކަށް އެ ފިކުރުތައް ހަދައިފި" ޝަރުމީނު މަޑުމަޑުން ވާހަކަދެއްކިއެވެ. އޭނާގެ ބޮލުގައި ބިލާލު ބޯޖައްސާލިއެވެ. ޝަރުމީނު ހާމަ އެކުރީ ހަޤީޤަތެވެ.
ބިލާލުގެ ހަޔާތަށް އައި އަނދިރިކަމުގައި އޭނާ މާލެ ދޫކޮށް ލަންކާއަށް ބަދަލުވީ ދަރިފުޅު ގޮވައިގެންނެވެ. ޝަރުމީނާ ދިމާވީ އޭރުއެވެ. ދަރިފުޅުގެ ކަންތައްތައް ބަލަހައްޓަމުން ބޮޑު ވިޔަފާރިއެއްގެ މަސައްކަތް ކުރާނޭ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ހަޔާތަށް ޝަރުމީނު ގެނައި ހިތުގައި އެއްވެސް ވަރަކަށް ކުލުންވެރިކަމެއް އޮވެގެނެއްނޫނެވެ. ނަމަވެސް ކައިވެންޏަށް ގިނަ ދުވަހެއް ނުވަނީސް ޝަރުމީނު ބަލިވެއިނީއެވެ. ދުވަހަކުވެސް މީހަކާ ނީނދެ ހުރި ޝަރުމީނަށް ވެސް ބިލާލު ކަމުދިޔައީ ކައިވެނީގެ ފަހުންނެވެ. އެ ދެމެދުގައި ލޯބި އުފެދުނީ ދެނެވެ. ހަޔާތުގެ ހިތި ތަޖުރިބާގެ ހިޔަނި ބިލާލުގެ ދިރިއުޅުމަށް އެޅުނަކަ އޭނާ ނުދިނެވެ. ދެވަނަ ދަރިފުޅު އުފަންވުމާއެކު ހުރިހާ ހަޤީޤަތެއް ބިލާލު ވަނީ ޝަރުމީނަށް ކިޔައިދީފައެވެ. ބިލާލުގެ ފަރާތުން ފެނުނު ދުރުކަން ޝަރުމީނަށް ފަހުމްވީ ދެނެވެ. އުމުރުން ސާޅީސް ފަސްއަހަރުވީއިރު ބިލާލު ޝަކުވާކުރާނޭ ފުރުޞަތެއް ޝަރުމީނު އޭނާއަށް ނުދެއެވެ. ބިލާލު ވެސް ޝަރުމީނަށް ފުރިހަމަ އިތުބާރުކުރެއެވެ. އަވަސްއަރުވާލާފައި ރޭވިގެން ކުރެވުނު ކައިވެންޏަކަށް ވިޔަސް މިއަދު ބިލާލުގެ ހަޔާތަށް ޝަރުމީނު ގެނެވުނީތީ އޭނާ އުފާކުރެއެވެ. ޝަރުމީނުގެ ވާހަކަތަކުން އޭނާގެ ވަސިއްޔަތް އިއްވާލިހެން ބިލާލަށް ހީވިއެވެ. އަނބިމީހާ ދުނިޔޭގައި ހުއްޓާ އޭނާގެ އެދުން ފުރިހަމަކޮށްދިނުމަށް ބިލާލުގެ ހިތް ވެސް މިފަހަރު ބޭނުންވިއެވެ.
* * * * *
ހޮނިހިރު ދުވަހު ރެއެވެ. އަރްސަލް ހިތްހަމަނުޖެހޭކަން ފާޅުކޮށް ބުނެފައި އޮތުމުން ނިމްރާ އުޅުނީ ހަލަފްއާ ދުރުދުރުންނެވެ. ހަމައެއާއެކު ނިމްރާ އާދޭސްކޮށްފައި އެދުނީތީ އަރްސަލް ވެސް ހަލަފްއާ ދެބަސްނުވެ ދެ މީހުން ތަޅައިފޮޅައި ނުގަނެ އަމިއްލަ ހިތުގައިވާ އިޙްސާސްތައް ހިފެހެއްޓިއެވެ. ނަމަވެސް އޭނާގެ ސަމާލުކަން ހަލަފް ދައްކަމުންދިޔަ ވާހަކަތައް އަތުލިއެވެ. ދަތްކުނޑިވިކާލެވުނީ އެހެންވެއެވެ.
"ރެޑް ޕްލީޒް... ޑިނާ ނިންމާފައި ވަގުތުން ގެއަށް އަންނާނީ. ޔޫ ނޯ ޔޫ ވިލް ބީ ސޭފް ވިތް މީ... ޑޭޑްއާއި މަންމައާ ހަމައެކަނި މީޓުކޮށްލަން. އިޓްސް ދެއާ އެނިވާސަރީ" ހަލަފް ވާހަކަދެއްކީ މަޑުމަޑުން ނަމަވެސް އޭނާ ދައްކަމުންދިޔަ ހުރިހާ ވާހަކައެއް އަރްސަލްއަށް އަޑުއިވުނެވެ.
"ހަލަފް! ޔޫ ނޯ އައި ކާންޓް ގޯ... އެހެންނޫނަސް ތީ ފެމެލީ ފަންކްޝަންއެއް. އަހަރެން ކީއްކުރަން ގެންދަނީ" ނިމްރާގެ ނަޒަރު ދޭތެރެއަކުން އަރްސަލްއަށް ދަތުރުކުރެއެވެ. އޭނާ ވެސް ވާހަކަދެއްކީ މަޑުންނެވެ. ޖެހިލުންވެފައި އިނދެއެވެ.
"ޑޭޑްއާއި ރެޑް މީޓުކޮށްދޭން ބޭނުންވަނީ. ޑޭޑް ވަރަށް ނައިސްވާނެ. މަންމަ ވެސް... ޔޫ ވިލް ލަވް ދެމް. ޔޫ އާ ފެމެލީ ނައު. އާނާ ސިސް ވެސް ޤަބޫލުވާނެ. ރާދުބެ ވެސް ދާނެ... ޔޫ ވިލް ސޫން ބީ ޕާޓް އޮފް ޕްރިމްރޯޒް ފެމެލީ. އައި އޭމް ޝުއާ... ރާދުބެއާއި އާނާސިސް ވެސް އެކަން ޤަބޫލުކުރޭ. ރެޑް! ސޭ ޔެސް... އަހަންނާއެކު އަންނަން ބޭނުންނުވަންޏާ މާދަމާ ރޭ ރާދުބެ އަންނައިރު ރެޑް ގޮވައިގެން އަންނާށޭ އަހަރެން ބުނެދާނަން. އެގޮތް އޯކޭއެއްނު... ޕްލީޒް ރެޑް" ހަލަފްއާއި ނިމްރާއަށް ސިހުން ލިބުނީ އަރްސަލް ސޯފާއިން ތެދުވުމުންނެވެ. އޭނާ ނިމްރާއަށް ބަލާލުމަށްފަހު ހަލުވިކޮށް އެތެރެއަށް ދިޔައެވެ.
"އައި އޭމް ސޮރީ ހަލަފް. އަހަރެން ބޭނުމެއްނޫން ދާކަށް" ނިމްރާގެ މޫނުމަތި ވަގުތުން އޮއްސިއްޖެއެވެ.
"ދޮންބެ ރުޅި އަންނާނެތީތަ؟ ރެޑް! ޓެލް މީ ދި ޓްރުތް ދިސް ޓައިމް... ވައި ޔޫ ކެއާ އަބައުޓް ހިމް. ދޮންބެ ރެޑްއާ މެދު ކަންތައްކުރަނީ ކިހާ ގޯސްކޮށް" ހަލަފް ބުނެލިއެވެ.
"ނޯ! މިހާރު އެއީ ކުރީގެ އަރްސަލްއެއްނޫން... އެޓްލީސްޓް ހީ އިޒް ޓްރައިންގް" ނިމްރާގެ މޫނުން ފާޅުވި އަސަރުތައް ހަލަފްއަށް ކަމެއް ވިސްނައިދިނެވެ.
"ޔޫ ލަވް ހިމް؟ ޕްލީޒް ރެޑް... ބުނެބަލަ... ދޮންބެއާ އެއްކޮޅަށް ރެޑް ތި ހުންނަނީ ހިތުގައި ކޮންމެވެސް ފީލިންގްސްތަކެއް ވާތީއެއްނު" ހަލަފް ބުންޏެވެ. ނިމްރާ މަޑުމަޑުން އިސްޖަހާލިއެވެ. އެއްއަތުން އަނެއްއަތުގެ އިނގިލިތަކާ ކުޅެލީ ހިތުގައިވާ އެއްޗެއް ހާމަކުރަން ޖެހިލުންވެފައި އިނދެއެވެ.
"ޓެލް މީ ރެޑް" ހަލަފް އަނެއްކާ ވެސް އެދުނެވެ.
"ޔެސް! އައި ލައިކް ހިމް... އަހަރެން ބޭނުމެއްނޫން އަރްސަލް ނުހުރޭ ކަމެއްކުރާކަށް. ޕްލީޒް ހަލަފް" ނިމްރާ އިސްޖަހާލައިގެން އިނދެ ބުނެލިއެވެ.
"އައި ނިއު އިޓް" ހިނިއައިސްފައި ހަލަފް ބުނެލިއެވެ. ނިމްރާ އިސްއުފުލާ ހަލަފްއަށް ބަލާލަމުން ދެ ފަރާތަށް ބޯހޫރާލިއެވެ.
"ހަލަފް ވީމަ މި ބުނީ... އެހެންމީހަކަށް އެނގޭކަށް އަހަރެން ބޭނުމެއްނޫން" ނިމްރާ ބުނެލިއެވެ. އެއާއެކު އޭނާގެ ދެއަތްތިލައިގައި ހަލަފް ހިފާލިއެވެ.
"ޑޯންޓް ވޮރީ ރެޑް. ޖަސްޓް ޓީޗް ދެޓް އެރޮގެންޓް ޑެވިލް އަ ލެސަން... ޓީޗް ހިމް ޓު ލަވް" ނިމްރާގެ ދެއަތަށް މަޑުމަޑުން ބާރުކޮށްލަމުން ހަލަފް ބުނެލީ ނިކަން ހިނިއައިސްފައި އިނދެއެވެ.
"އައި ހޭވް ޓު ޓޯކް ޓު ހިމް" ނިމްރާ އެތެރެއަށް ބަލާލާފައި ބުނެލިއެވެ. ހަލަފް ބޯޖަހާލިއެވެ. އެއާއެކު ނިމްރާ ސޯފާއިން ތެދުވެގެން އެތެރެއަށް އައެވެ.
ދޮރުގައި ޓަކި ޖެހުމުން އަރްސަލް ކާކުތޯ އެހި އަޑު އިވުނެވެ. އެއާއެކު މަޑުމަޑުން ދޮރުހުޅުވާލުމަށް ނިމްރާ ތަޅުގައި ހިފާލިއެވެ. ތަޅުނުލާ ހުރުމުން އެތެރެއަށް ދޮރު ހުޅުވުނެވެ. ކޮޓަރިތެރެއަށް ނިމްރާ ބޯދިއްކޮށްލި އިރު އެނދުގައި އަރްސަލް އޮތްތަން ފެނުނެވެ.
"އަހަރެން ވަންނަންތަ؟" ނިތްކުރީގައި އެއްއަތް ބާއްވާލައިގެން އޮތް އަރްސަލްއަށް ނިމްރާގެ އަޑުއިވުމުން އެނދުން ތެދުވެވުނެވެ. އެނދުގެ އަރިމަތީގައި އިށީނދެލައިގެން ނިމްރާއަށް ބަލަން އިނދެ އަރްސަލް ބޯޖަހާލިއެވެ. އެއާއެކު ނިމްރާ އެތެރެއަށް ވަދެ ދޮރުލައްޕާލިއެވެ. (ނުނިމޭ)