ވިޔަފާރި

ބީއެމްއެލް ލުއި ލޯނު ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި

Jun 5, 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދިޔަ، ލުއި ލޯނު ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މައި އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި ގުރުއަތު ނެގީ ހީޓް ހެލްތް އެންޑް ފިޓްނަސް (ހީޓް) ހިންގުމާ ހަވާލުވެ ހުންނެވި އައިޝަތު އަފްރާ (އަނާ) އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައިޝަތު ޒީނާ، މެޑޯޒް، ށ. މިލަންދޫ އެވެ. އޭނާ އަށް 50،000 (ފަންސާސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދިޔަ ލުއި ލޯނު ޕްރޮމޯޝަންގެ މުއްދަތުގައި 2300 އަށް ވުރެ ގިނަ އަމިއްލަ ފަރުދުންނަށް ބީއެމްއެލް އިން ވަނީ ލުއި ލޯނު ދޫކޮށްފަ އެވެ.

ވިހި ހާސް ރުފިޔާ އިން އިން ފެށިގެން 100،000 ރުފިޔާ އާ ހަމަޔަށް ބީއެމްއެލް އިން ދޫކުރާ ލުއި ލޯނުތަކަށް ރަހުނު ގޮތުގައި އެއްވެސް ހަރުމުދަލެއް ބަހައްޓަން ނުޖެހޭއިރު ގެރެންޓާއެއްވެސް އަދި ކޮޓޭޝަނެއް ވެސް އެ ލޯނު ހޯދުމަށް ހުށަހަޅަން ނުޖެހެ އެވެ.