ވިޔަފާރި

އުރީދޫ މަސްރޭހުގެ ފައިނަލް ދެ ޖާގަ ޓީމް މިލައިދޫ އާއި ތާޖް އެގްޒޯޓިކާއަށް

Jun 5, 2018

އުރީދޫ މަސްރޭހުގެ ފައިނަލް ދެ ޖާގަ ޓީމް މިލައިދޫ އާއި ތާޖް އެގްޒޯޓިކާ ހޮވިއްޖެ އެވެ.

‎ބްރިޖް ވިއުއިން ޕްލެޓްފޯމް ގައި ރޭ ވަރަށް ފޯރިގަދަ ކަމާއެކު ކުރިއައް ދިޔަ މަސް ރޭހުގެ ވަނަ ހޮވުމުގެ އިވެންޓުގައި ހަތަރު ޓީމެއް ވާދަ ކޮށްފަ އެވެ. އޭގެ ތެރޭގައި ޓީމް މިލައިދޫ އާއި ޓީމް ތާޖް އެގްޒޯޓިކާ އާއި ޓީމް ނަލަހިޔާ އަދި ޓީމް އެމްޕީއެލް އެވެ.

އުރީދޫ މަސް ރޭހުގެ ފައިނަލްގައި ޓީމް މިލައިދޫ އަދި ޓީމް ތާޖް އެގްޒޯޓިކާ ވާދަކުރާނީ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބުކުރި ޓީމް މަލަހިނި އަދި ޓީމް ސްޓެލްކޯގެ އިތުރުން، ކުރިއަށް އޮތް ތިންވަނަ ސެމީފައިނަލް އިން އެންމެ ކުރި ހޯދާ ދެ ޓީމާ އެވެ.

މި މުބާރާތުގެ ސެމީފައިނަލްގެ ތިންވަނަ އިވެންޓް ވަނީ ޖޫން ހަ ކަމަށްވާ ބުދަ ދުވަހަށް ތާވަލް ކޮށްފަ އެވެ. މިއިވެންޓް ވެސް ވަރަށް ފޯރި ގަދަކަމާއެކު ބްރިޖް ވިއުއިންގ ޕްލެޓްފޯމްގައި ބޭވުމައް ވަނީ ހަމަޖެހިފަ އެވެ. މި އިވެންޓް ގައި ފައިނަލްގެ ފަސް ވަަނަ ޓީމް އަދި ހަވަނަ ޓީމް ކަށަވަރު ވެގެން ދާނެއެވެ.‎ ސެމީފައިނަލްގެ ފަހު އިވެންޓުގައި ވާދަކުރުމައް ހަމަޖެހިފައިވަނީ ޓީމް ކޯސްޓްލައިން, ޓީމް އެޗްޑީސީ، ޓީމް އަމާރީ އަދި ޓީމް އެންސިސް، އަދި ޓީމް ކޮންރެޑް އެވެ.

އުރީދޫ މަސް ރޭސް މި އަހަރު ބާއްވަނީ ފީލް އިންވެސްޓްމެންޓް އާއި އުރީދޫ ގުޅިގެންނެވެ. މި އަހަރުގެ މަސް ރޭހުގައި ފުރަތަމަ އިވެންޓް އޮތީ މިނިސްޓްރީތަކާއި ޕަބްލިކް ކޮމްޕެނީތަކަށް ހުޅުވާލައިގެންނެވެ. ދެވަނަ އިވެންޓް އޮތީ އަންނަ މަހު ފަހެއްގައި ކަމަށާއި އެއީ މާލޭގެ ދެކުނުގެ ރިސޯޓްތަކަށް ހުޅުވާލައިގެންނެވެ. އަދި އެ އިވެންޓް އޮތީ ކ. ގުޅީގަ އެވެ.

ދެވަނަ އިވެންޓް އޮތީ އަންނަ މަހު ފަހެއްގައި ކަމަށާއި އެއީ މާލޭގެ ދެކުނުގެ ރިސޯޓްތަކަށް ހުޅުވާލައިގެންނެވެ. އަދި އެ އިވެންޓް އޮތީ ކ. ގުޅީގަ އެވެ.

އުރީދޫ މަސްރޭސް މި އަހަރު ބާއްވަނީ އެހެން އަހަރުތަކާ ހިލާފަށް ތަފާތު ގޮތަކަށެވެ. މިގޮތުން މި އަހަރު މަސް ރޭހުގެ ޕާޓްނަރުންގެ ގޮތުގައި މަޓާޓޯއާ ފިޝަރީޒް މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީ އަދި ޕީއެސްއެމް އަދި ފީލް އިންވެސްޓްމަންޓް ވެސް ބައިވެރިވެ އެވެ.