ކުޅިވަރު

ރެއާލް މެޑްރިޑްގެ އިޝާރާތް އެލެގްރީއަށް

ރެއާލް މެޑްރިޑްގެ ކޯޗު ކަމަށް ގެނައުމަށް އެ ޓީމުން އެކުލަވާލި ލިސްޓްގެ އެންމެ ކުރީގައި ހިމެނެނީ ޓޮޓެންހަމް ހޮސްޕާގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ އެވެ. ނަމަވެސް އޭނާ ކޯޗު ކަމަށް ގެނައުމުގެ ފުރުސަތު މިހާރު ވަނީ ހަނި ވެފަ އެވެ.

އޭނާގެ ބަދަލުގައި ރެއާލްގެ ޓޮޕް ލިސްޓްގައި މިހާރު ހިމެނެނީ، ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ އެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ރެއާލްގެ ޑިރެކްޓަރުން ގެ ބޯޑުން މިދިޔަ ހުކުރު ދުވަހު އެލެގްރީއަށް ގުޅި ކަމަށެވެ.

ޔުވެންޓަސް އާއެކު އެލެގްރީ ހަދާފައިވާ ކޮންޓްރެކްޓް ހަމަ ވާނީ 2020 ވަނަ އަހަރުގެ ޖޫން މަހު އެވެ. ޔުވެންޓަސްގައި އެލެގްރީ ހޭދަ ކުރި ހަތަރު ސީޒަންގައިވެސް އޭނާ ވަނީ ޔުވެންޓަސްއަށް ލީގް ހޯދައިދީފަ އެވެ.

މިދިޔަ އަށް އަހަރު ޔޫރަޕުގެ ޓޮޕް ލީގްތަކުގައި ގާޑިއޯލާ ދަމަހައްޓަމުން އައި ރެކޯޑާ އެންމެ ގާތް ކުރާ އަދަކަށް ރެކޮޑްތައް އޮތީވެސް އެލެގްރި އަތުގަ އެވެ.

ސުވާލަކީ ރެއާލްގެ ކޮންޓްރެކްޓަށް އެލެގްރީ އާބަސް ބުނެފާނެ ބާވައެވެ. މިދިޔަ ސީޒަން ލީގް ޗެމްޕިއަންކަން ޔުވެންޓަސް އަށް ހޯދައިދިނުމަށް ފަހު އެލެގްރީ ބުނެފައި ވަނީ ޔުވެންޓަސްގެ ކޯޗު ކަމުން ވަކި ކުރަންދެން ޔުވެންޓަސްގެ ކޯޗު ކަމުގައި އޭނާ ދެމި ހުންނާނެ ކަމަށެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ، ގާޑިއޯލާ އެހެން ބުނި ނަމަވެސް، އާސެނަލް އާއެކުވެސް އޭނާ ވާހަކަތައް ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިޔަ ކަމަށެވެ.