ދުނިޔެ

ފަރުބަދަ ގޮވި ހާދިސާގައި އަވަށެއް ގެއްލި 200 މީހުން ގެއްލިއްޖެ

ގުއާޓެމާލާގެ ފޫގޯ ނަމަކަށް ކިޔާ އަލިފާން ފަރުބަދަ މިދިޔަ އާދީއްތަ ދުވަހު ގޮވި އިރު އެފަރުބަދައިން ފޭބި އަޅިން އަވަށެއް މުޅިން ފުހެވި، 200 ވަރަކަށް މީހުން ގެއްލިފައިވާ ކަަމަށް އެގައުމުން ބުނެފި އެވެ.

އަލިފާން ފަރުބަދަ އިއްޔެގައި ދެވަނަ ފަހަރަށް ގޮވި އިރު ފުރަތަމަ ގޮވުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 75 އަށް އަރާފައެވެ. ފުރަތަމަ ގޮވުމުގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކޮށް،، މަރުވި މީހުންގެ ހަށިތައް ހޯދަން ކުރަމުން ދިޔަ މަސައްކަތަށް އިއްޔެގައި ގޮވި ދެވަނަ ގޮވުމުގެ ސަބަބުން ވަނީ ހުރަސްއެޅިފައެވެ. ގުއާޓެމާލާގެ އިދާރާތަކުން ލަފާކުރަނީ ފޫގޯ ފަރުބަދަ އަނެއްކާވެސް ގޮވައިފާނެ ކަމަށެވެ.

ގުއާޓެމާލާގެ ޑިޒާސްޓާ ރިލީފް އެޖެންސީގެ ވެރިޔާ ސާޖިއޯ ކެނަބާސް ބީބީސީއަށް ވިދާޅުވެފައިވާ ގޮތުގައި މަރުވި ކަން ކަށަވަރުވި 75 މީހުންގެ އިތުރުން 200 މީހަކަށް ވީނުވީއެއް ނޭނގޭ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ފޫގޯ އަލިފާން ފަރުބަދައިގެ ކައިރީގައި ދިރިއުޅޭ މީހުންނަކީ ކުއްލި ހާލަތްތަކަށް ތަމްރީނުވެފައިވާ ބަޔަކަށް ވިޔަސް ފުރަތަމަ ގޮވުން ގޮވިލެއް އަވަސްކަމުން އެގޮވުމާ ބެހޭ އެއްވެސް އިންޒާރެއް މީހުންނަށް އޮތީ ނުދެވިއެވެ.