ވިޔަފާރި

ދުސި ތާނީއިން އެއް އަހަރު ތެރޭ 10 ރިސޯޓު ހުޅުވަނީ

Jun 6, 2018
1

ރާއްޖޭގައި ރިސޯޓު ހިންގާ ތައިލެންޑުގެ ދުސި ތާރީން އިންޓަނޭޝަނަލް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި 10 ރިސޯޓެއް ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި އެވެ.

ތައިލެންޑުގެ އެންމެ މަޝްހޫރު އެއް ޓޫރިޒަމް ބްރޭންޑުން ހޮސްޕިޓާލިޓީ ނެޓްގައި ބުނެފައިވަނީ ކުރި އަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި އެ ކުންފުނިން ރިސޯޓު ހުޅުވަން ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ބަހްރެއިން އާއި ބަންގްލަދޭޝް އަދި ބޫޓާން އާއި ޗައިނާ އަދި ފިލިޕީސްގެ އިތުރުން ގަތަރު ސިންގަޕޫރު އަދި ވިއެޓްނާމް ހިމެނެ އެވެ.

އެ ކުންފުނިން މިހާރު ވެސް ދުނިޔޭގެ ނުވަ ގައުމެއްގައި 27 ހޮޓަލެއް ހިންގަމުންދެ އެވެ. އަދި އެ ކުންފުނިން އިތުރު ރިސޯޓުތައް ހުޅުވުމުގެ ބޭނުމަކީ ވިޔަފާރި އިތުރަށް ފުޅާ ކުރުން ކަމަށް ބުނެފައިވެ އެވެ.

ދުސި ތާނީ އިން ދަނީ ބ. މޫއްދޫގައި ވެސް ދުސިތާނީ މޯލްޑިވްސްގެ ނަމުގައި ރިސޯޓެއް ހިންގަމުންނެވެ.