މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރުގެ ކޮރަޕްޝަނުގެ ބޮޑު އާ މައްސަލައެއް ފެންމަތިވެެއްޖެ އެވެ.
މެލޭޝިއާގެ ފިނޭންސް މިނިސްޓްރީއާ ހަވާލާދީ ސްޓްރެއިޓްސް ޓައިމްސް ނޫހުން ބުނީ ތެޔޮހޮޅި އެޅުމުގެ މަޝްރޫއުތަކަކަށް ސުވާލު އުފެދޭ ގޮތަކަށް ކުރީގެ ސަރުކާރުން ފައިސާ ހަރަދު ކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ. އެގޮތުން އެ ފައިސާ ހަރަދު ކުރި މަޝްރޫއުތަކުގެ ފުރިހަމަ އަގުގެ 90 ޕަސެންޓް ފައިސާ ކަމަށްވާ 3.2 ބިލިޔަން ޑޮލަރުު މަސައްކަތާ ހަވާލުވި ކުންފުންޏަށް ދިން އިރު، ކޮށްފައި ވަނީ 13 ޕަސެންޓް މަސައްކަތް ކަމަށް ވެސް މެލޭޝިއާ ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ތެލުގެ ގިނަ ބާވަތްތައް ފޮނުވޭ ގޮތަށް މެލަކާ، ނިގެރީ އަދި ސެމްބިލަން އިން ކެޑާއަށް އަޅާ ޕެޓްރޯލިއަމް ޕައިޕްލައިނަކާއި ކަމިނިސް އިން ސަންޑަކަން އަދި ޓަވާއޫއަށް ހަމަ އެފަދަ ޕައިޕްލައިނެއް އަޅަން ހަވާލުކޮށްފައި ވަނީ ސޫރިއާ ސްޓްރެޓީޖިކް އެނާޖީ ރިސޯސަސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެއީ މެލޭޝިއާ ފިނޭންސް މިނިސްްޓްރީގެ ސަބްސިޑަޔަރީ ކުންންފުޏެކެވެ.
އެ ދެ މަޝްރޫއަކީ ވެސް 2016 ވަނަ އަހަރު ބަރީސާން ނެޝަނަލްް އިއްތިހާދުގެ ސަރުކާރުގެ ކެބިނެޓުން ނިންމައިގެން ހަވާލުކުރި ދެ މަޝްރޫއެވެ.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް އައީވެސް އޭނާއަށް ކުރެވޭ ހިޔާނާތުގެ ތުހުމަަތާ ހެދިއެވެ. އޭނާއަށް އެންމެ ބޮޑު ތުހުމަތެއް ކުރަނީ ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު (ވަން އެމްޑީބީ) މައްސަލައިގައެވެ.