ވިޔަފާރި

ޕެސިފިކް އޭޝިޔާ ޓެރެވަލް އެސޯސިއޭޝަން މަޓާޓޯ އަބްދުﷲ

Jun 7, 2018

ޕެސިފިކް އޭޝިޔާ ޓެރެވަލް އެސޯސިއޭޝަން (ޕާޓާ) ބޯޑުގެ، ނޮން- ވޯޓިން މެންބަރަކަށް ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ހޮވައިފި އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އަބްދުﷲ، ޕާޓާގެ ބޯޑަށް ހޮވާފައިވަނީ އެ ޖަމިއްޔާއިން ކޮރެއާގެ ގަންނުންގްގައި ދާދިފަހުން ބޭއްވި އެނުއަލް ސަމިޓުގަ އެވެ.

ޕާޓާގެ ބޯޑަށް އަބްދުﷲ ހޮވުނުއިރު، އެ ޖަމިއްޔާއިން އޭނާއަށް މި އަހަރު ވަނީ ފޭސް އޮފް ފިއުޗާ" ގެ ލަގަބު ވެސް ދީފަ އެވެ. "ފޭސް އޮފް ދި ފިއުޗާ" އަކީ އެ ޖަމިއްޔާއިން ދޭ އެންމެ ބޮޑު އެއް ޝަރަފެވެ. މި ޝަރަފު ދެނީ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އަދި ޓްރެވަލް އެޖެންޓުންނާ ގުޅުންހުރި ހިދުމަތްދޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޒުވާން ލީޑަރުންނަށެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް އެ ޖަމިއްޔާގެ ރައީސްގެ މަގާމަށް ހަވާލުވެވަޑައިގަތުމާއެކު، ރާއްޖެ އިޝްތިހާރު ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި އަހަރު އެކަނި 15 ފެއާއެއްގައި އެ ޖަމިއްޔާއިން ބައިވެރިވާނެ ކަމަށް ބުނެފައިވެ އެވެ.