ބޮލީވުޑް

އަމިއްލަ ޑައިރެކްޝަންގައި ބޭނުމީ ސްވަރާ: ސޯނަމް

އަމިއްލަ ފިލްމެއް ޑައިރެކްޓުކުރާނަމަ، ފުރަތަމަ ޑައިރެކްޝަންގައި ލީޑުން ފެނިގެންދާނީ ސްވަރާ ބާސްކަރް ކަމަށް ސޯނަމް ކަޕޫރް އަހޫޖާ ބުނެފި އެވެ.

އަމިއްލަ ފިލްމެއް ޑައިރެކްޓުކުރަން ބޭނުންވާ ކަމަށް ސޯނަމް ވަނީ ގިނަ އިންޓަވިއުތަކެއްގައި ބުނެފަ އެވެ. ނަމަވެސް އެކްޓުކުރުގައި ގިނަ ވަގުތު ހޭދަކުރަންޖެހިފައި ވާތީ ފިލްމެއް ޑައިރެކްޓުކުރަން އަދި އޭނާއަށް ވަނީ ވަގުތެއް ނުވެފަ އެވެ. އަނެއްކާވެސް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސޯނަމް މި ވަނީ އަމިއްލަ ފިލްމެއް ޑައިރެކްޓުކުރުމުގެ ވާހަކަދައްކާފަ އެވެ.

ސޯނަމް އާއި ސްވަރާއަކީ ގާތް ދެ ރަހުމަތްތެރިންނެވެ. އެ ދެމީހުން އެކުގައި މިހާރު ތިން ފިލްމެއްގައިވެސް މަސައްކަތްކޮށްފި އެވެ. އެއީ ފިލްމު "ރާންޖަހާނާ"، "ޕްރޭމް ރަތަން ދަން ޕާޔޯ" އަދި މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ފިލްމު "ވީރޭ ދި ވެޑިން" އެވެ.

"އަހަރެން މިހާރު ލިޔެފައި ހުންނާނެ ދެ ތިން ވާހަކައެއް ސްވަރާއަށް. އަހަރެން ޑައިރެކްޓުރާ ފިލްމެއްގައި ސްވަރާ ފެނިގެން ގޮސްފިނަމަ ހީވޭ ވަރަށް ރީތިވާނެހެން. ސްވަރާ ގޮތަށް އަހަރެން ހައިރާން ކޮށްލާވަރުގެ ކުޅަދާނަ ބައިވަރު އެކްޓަރުން އެބަ ތިިބި." ސޯނަމް ބުންޏެވެ. އަމިއްލަ ޑައިރެކްޝަނެއްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ސޯނަމް ވަނީ އެބަސްވެފަ އެވެ.

ސޯނަމް ޑައިރެކްޓުކުރާ ފިލްމެއްގައި މަސައްކަތްކުރަން ފުރުސަތު ލިބިއްޖެނަމަ ވާނީ ކިހެންތޯ އެހުމުން ސްވަރާ ބުނީ، "މޮޅު ޑައިރެކްޓަރަކަށް ސޯނަމް ވާނެ. އޭނާގެ އެބަހުރި ތަފާތު މޮޅު ހިޔާލާއި ޝައުގުވެރިކަން. އަހަރެން އެންމެ ލޯބިވާ މީހުންގެ ތެރެއިން އެކަކު އެއީ. ވަރަށް ބޭނުން އޭނާ އަމިއްލައަށް ފިލްމެއް ޑައިރެކްޓުކުރާ ދުވަސް ބަލާލަން."