ހަބަރު

ލަންކާ އެމްބަސީގެ އިސް މަގާމަކަށް ނިމާލް

Jun 7, 2018
3

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމަކަށް މީގެކުރިން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ނިމާލް މިއަދު ހަމަޖައްސައިފި އެވެ.

ނިމާލް ހަމަޖައްސާފައިވަނީ އެމްބަސީގެ މިނިސްޓާ ކައުންސެލާ ކަމެވެ. ނަމަވެސް އެއީ ކޮން ފެންވަރެއްގެ މަގާމެއް ކަމެއް ސާފެއް ނުވެ އެވެ.

ނިމާލު ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ކަމުން ވަކިކޮށް، ޓޫރިޒަމް މިނިސްޓްރީގެ ނައިބަކަށް އައްޔަންކުރި އެވެ. މަގާމުގެ އެ ބަދަލު ގެނައީ އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ފެނަކައިގެ ތެރެއިން ފެންމަތިވި ދުވަސްވަރެއްގަ އެވެ.

އޭގެ ފަހުން އެމްއާރްޑީސީގެ އެމްޑީކަން ވެސް ނިމާލް ކުރެއްވި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިނަށް ވަގުތު ހުސްކުރަން ކަމަށް ވިދާޅުވެ އެ މަގާމުން އޭނާ އިސްތިއުނާ ދެއްވި އެވެ.