ހަބަރު

ކުޑަހުވަދޫގައި ދެ ބިދޭސީއަކު މާރާމާރީ ހިންގައި ބޯ ފަޅާލައިފި

ދ. ކުޑަހުވަދޫގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އޭގެ ތެރެއިން އެކަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ރޭ ދަންވަރު ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިންގީ އެ މީހުން ދިރިއުޅޭ ކޮޓަރީގެ ތެރޭގައި ކުރި ޒުވާބެއް ހޫނުވެގެން ގޮސް ކަމަށެވެ. އަދި މި މާރާމާރީގައި ޒަހަމްވި ބިދޭސީމީހާގެ ބޮލުގައި ދަނގަޑު ބުރިއެއް ކަހަލަ އެއްޗަކުން ޖަހާފައި ހުރި ކަމަށް ބެލެވޭ ކަމަށާއި ގައިގެ އެތަން މިތަނަށް ވެސް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް އެކަން އެނގިހުރި މީހަކު ބުންޏެވެ.

ކުޑަހުވަދޫ ހޮސްޕިޓަލުން ބުނީ، ޒަހަމްވި މީހާ އިތުރު ފަރުވާއަށް ރޭ ދަންވަރު މާލެ ފޮނުވާލާފައިވާ ކަމަށެވެ. އަދި އެ މީހާގެ އެކި ތަންތަނަށް ސީރިއަސް ޒަހަމްތައް ލިބި، ބޮލަށް ވެސް ގެއްލުންވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.