ހަބަރު

ދަރުބާރުގެ ނުދިނުމުން، އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި!

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކޮންގްރަސް އއ. އުޅަހުގައި ބާއްވަން އެ ޕާޓީ އިން ނިންމައިފި އެވެ.

އެމްޑީޕީ އިން މި މަހު 29 އަދި 30 ގައި ކޮންގްރަސް ބޭއްވުމަށް ފުރަތަމަ ނިންމީ މާލޭގެ ދަރުބާރުގޭގަ އެވެ. އެގޮތުން ދަރުބާރުގެ ދޫކުރުމަށް އެދި ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ. ނަމަވެސް ހައުސިން އިން އެމްޑީޕީއަށް ދަރުބާރުގެއެއް ދުލެއް ނުކުރެ އެވެ. އެކަމާ ގުޅެ ގޮތުން އެމްޑީޕީ ކޮންގްރަސް ކޮމިޓީގެ ބައްދަލުވުމެއް މިރޭ ވަނީ ބާއްވައިފަ އެވެ. އަދި އއ. އުކުޅަހުގައި ކޮންގްރަސް ބާއްވަން އެ ކޮމިޓީ އިން މިރޭ ވަނީ ނިންމައިފަ އެވެ.

އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ކޮންގްރަސްގައި 1200 މެންބަރުންނަށް ބައިވެރިވުމުގެ ހައްގު ލިބިގެންވެ އެވެ.