ކުޅިވަރު

ވިކްޓަރީ އަތުން މާޒިޔާ ސަލާމަތްވީ ކިރިޔާ

މެޗުގެ އެންމެ ފަހު ކޮޅުގައި ކާމިޔާބު ކުރި ލަނޑުން، ވިކްޓަރީ ސްޕޯޓްސް ކުލަބު އަތްދަށު ނުވެ މާޒިޔާ ހަނި ގޮތަކަށް ސަލާމަތް ވެއްޖެ އެވެ. އެ ޓީމުން މެޗު ކަމިޔާބު ކުރީ 1-0

މާޒިޔާއަށް މެޗުން މޮޅުވުމުން އެ ޓީމު ވަނީ، ނިއު އާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު އަލުން 10 ޕޮއިންޓަށް ބަދަލު ކޮށްފަ އެވެ. ކުޅުނު 13 މެޗުން މާޒިޔާ ވަނީ 24 ޕޮއިންޓް ހޯދާފަ އެވެ. ޗެމްޕިއަން ނިއު ރޭޑިއަންޓް 34 ޕޮއިންޓެވެ.

އެންމެ ގޯލަކުން ފުއްދާލަން ޖެހުނު ނަމަވެސް، މާޒިޔާއިން ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސް ކޮށްފަ އެވެ. ކޯނޭލިއަސް ލަނޑު ޖެހުމުގެ ކުރިން ވެސް އޭނާ އަށް ވަނީ އިތުރު ފުރުސަތުތައް ލިބިގެން ގޮސްފަ އެވެ. އަދި ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ނާއިޒް ހަސަން (ދާދު) ވެސް ފުރުސަތުތައް ލިބިގެން ދިޔަ އެވެ.

މިއަހަރު ވިކްޓަރީއަށް ބަދަލުވެ، މިހާރު ރަނގަޅު ފޯމެއްގައި ހުރި ވިންގާ އަހްމަދު ނާޝިދު (ނާއްޓޭ) ވެސް ވަނީ ވިކްޓަރީއަށް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްދީފަ އެވެ.

ރޭގެ މެޗަކީ، މާޒިޔާގެ ފުރަތަމަ 11 ގައި ހިމެނިގެން ޒުވާން ކީޕަރު ހުސައިން ޝަރީފް ކުޅުނު ތިން ވަނަ މެޗެވެ. އަދި އޭނާގެ ގޯލަށް ލަނޑެއް ވަނަ ނުދީ ފުރިހަމަ ކުރި ދެ ވަނަ މެޗެވެ.

ލީގްގައި މިރޭ ވަދަ ކުރާނީ، ކުލަބު އީގަލްސް އާއި ޔުނައިޓަޑް ވިކްޓަރީ އެވެ. މިރޭގެ މެޗުން ޔުނައިޓަޑް ވިކްޓަރީއަށް މޮޅު ނުވެވިއްޖެ ނަމަ، ދިވެހި ޕްރިމިއާ ލީގަށް ދިއުމުގެ ފުރުސަތު އެ ޓީމަށް އެއްކޮށް ބަންދުވީ އެވެ. އަދި ގްރީން ސްޓްރީޓަށް ޖާގަ މުޅިން ކަށަވަރު ވާނެ އެވެ.