ފަރުނީޗަރުގެ ވިޔަފާރިއަށް މަޝްހޫރު ރެއިންބޯ އިން މި ރޯދަމަހާ ދިމާކޮށް ފެށި ރެއިންބޯ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި އެވެ.
އަގު ބޮޑު ގިނަ އިނާމު ތަކާއެކު ރެއިންބޯ އިން ފެށި ރޯދަ ސޭލް ގައި 500ރ. އިން މަތިން އެ ފިހާރައިން ވިޔަފާރިކުރި ހުރިހާ ފަރާތްތަކެއް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ރެއިންބޯ ލިވިން މޯލްއާއި ރެއިންބޯ ބިލްޑް ވެއާ އަދި ރެއިންބޯ ޝޮޕްގެ އިތުރުން ރެއިންބޯ ތިނަދޫ ފިހާރަ އަދި ރެއިންބޯ އޮފީސް ސިސްޓަމްއިން ވިޔަފާރިކުރި ކަސްޓަމަރުން ހިމެނެ އެވެ.
އެހެން އަހަރުތަކާ ވަރަށް ތަފާތުކޮށް ރެއިންބޯއިން މިފަހަރުގެ ސޭލް ކުރިއަށްގެންގޮސްފައިވަނީ ކޮންމެ ހަފްތާއަކުވެސް ނަސީބުވެރިއަކު ހޮވާ ގޮތަށެވެ. އެގޮތުން ކުންފުނިން ކުރިން ވެސް ހަމަޖެއްސި ގޮތަށް ޕްރޮމޯޝަންގެ ތެރޭގައި ހޮވުނު ހުރިހާ ހަފްތާއެއްގެ ނަސީބުވެރިންނަށް ވަނީ ޝެލްބީންސް އިން ހާއްސަ ރޯދަ ވީއްލުން ދީފަ އެވެ. ކޮންމެ ހަފުތާއަކު ހޮވޭ މީހަކަށް 10 މީހުން ގޮވައިގެން "ޝެލްބީންސް" އަށް ރޯދަ ވީއްލަން ދާން ފުރުސަތު ލިބުނެވެ. އެހެން ކަމުން ރެއިންބޯއިން މި ވަނީ މި ޕްރޮމޯޝަންގައި 90 މީހުންނަށް ރޯދަވީއްލުން ހަދިޔާކޮށްފަ އެވެ.
ރޯދަ ސޭލް ނިންމައި އެންމެ ބޮޑު އިނާމް ލިބޭ ތިން ފަރާތެއް މިރޭ ގުރުއަތުން ހޮވާފައިވާއިރު، އެހެން އަހަރުތަކާ ތަފާތުކޮށް މިއަހަރުގެ ޕްރޮމޯޝަންގެ އެއްވަނަ ދެވަނަ އަދި ތިންވަނައަށް ދީފައިވަނީ 50،000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެކެވެ.
ގުރުއަތުން ހޮވުން ފަރާތްތަ
- އާއިޝަތު ނާލާ - A445016
- ހަދީޖާ ނާސިހާ - A051358
- އަހުމަދު ސާޖިދު - A037467
ރެއިންބޯއަކީ 1990 ވަނަ އަހަރު އުފެއްދި ކުންފުންޏެވެ. އެ ކުންފުނީގެ ވިޔަފާރީގައި މިހާރު އިމާރާތް ކުރުމާއި ގެދޮރަށް ބޭނުންވާ ފުލް ރޭންޖް ފޯރުކޮށް ދެއެވެ. އެ ކުންފުނިން 25 އަހަރުގެ ތަޖުރިބާއާއެކު ބަދަލުވަނީ އެހެން ހަރުފަތަކަށެވެ.