ވިޔަފާރި

ރެއިންބޯ އިން ޖަރުމަނުގެ ނޮބީލިއާ ބަދިގެ ސެޓުތައް ރާއްޖެއަށް

Jun 11, 2018

ޖަރުމަނުގެ މަޝްހޫރު "ނޮބީލިއާ" ބަދިގެ ސެޓުތައް ރެއިންބޯއިން ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.

ރެއިންބޯއިން ބުނީ ޖަރުމަނުގެ އެންމެ މަގުބޫލު ބަދިގެ ސެޓު ބްރޭންޑް ކަމަށްވާ "ނޮބީލިއާ" ރެއިންބޯ ލިވިން މޯލްއިންއިން ލިބޭނެ ކަމަށެވެ. އަދި މި ސެޓުތައް ކަސްޓަމަރުން ބޭނުންވާ ގޮތަށް ބޭނުންވާ ސައިޒަކަށް، ބޭނުން ކުލައެއްގައި ލިބެން ހުންނާނެ ކަމަށެވެ.

ބަދިގެ ސެޓް ޑިޒައިން ކުރާއިރު ވެސް ކަސްޓަމަރުން ބޭނުންވާ ސެޓެއް ނެގޭނެ. މި ތައާރަފު ކުރުމުގެ މަގުސަދަކީ ކަސްޓަމަރުން އެދޭ އަދި އެންމެ ބޭނުންވާ ބަދިގެ ސެޓް ރަނގަޅު ފެންވަރުގައި ރަނގަޅު އަގެއްގައި ފޯރުކޮށްދިނުން،" ރެއިންބޯއިން ބުނެފައިވެ އެވެ.

ދުނިޔޭގެ 90 ގައުމެއްގައި ވިއްކާ މި އުފެއްދުމަކީ ޖަރުމަނުގެ ކޮލިޓީ ކޮންޓްރޯލް އެސޯސިއޭޝަން އިން ފާސްކޮށްފައިވާ އުފެއްދުމެކެވެ.މިއީ ޖަރުމަނުގެ ބަދިގެ ފަރުނީޗަރު އުފައްދާ އެންމެބޮޑު ކުންފުންޏެވެ.

ފަރުނީޗަރު ވިޔަފާރިއަށް އިންގިލާބީ ބަދަލެއް ގެނެސްދިން ރެއިންބޯއިން ދާދިފަހުން ވަނީ ރެއިންބޯ ލިވިން މޯލުގައި "ލިވިން ޑިޒައިން" ސްޓޫޑިއޯ އެއް ހުޅުވާފަ އެވެ. އަދި މިތަނުގައި ދުނިޔޭގެ މަޝްހޫރު އެތަށް އުފެއްދުމެއް ލިބެން ހުރެ އެވެ.