ކޮވިޑް-19 އާ ގުޅިގެން ރެއިންބޯގެ ހިދުމަތްތައް ދޭ ގަޑި ތަކަށް ބަދަލު ގެނެސްފި އެވެ.
ރެއިންބޯ އިން ބުނީ މާދަމާ އިން ފެށިގެން އާދިއްތަ ދުވަހުގެ ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް އެ ކުންފުނީގެ އޮފީސް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 2:00 އާ ހަމަ އަށް ކަމަށެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރެއިންބޯ ހެޑް އޮފީސް ބަންދުވާނެ ކަމަށެވެ.
ރެއިންބޯ ލިވިން މޯލާއި ލިވިން ޑިޒައިން ހުޅުވާފައި ހުންނާނީ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށެވެ. މީގެ އިތުރުން ރެއިންބޯގެ އެހެން ފިހާރަތައް ކަމަށްވާ ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ ތިނަދޫ އާއި ރެއިންބޯ ޝޮޕާއި ރެއިންބޯ އޮފީސް ސިސްޓަމާއި ރެއިންބޯ އައްޑޫ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 9:00 ން ހަވީރު 6:00 އަށެވެ. ހުރިހާ ފިހާރައެއް ވެސް މި ވަގުތުތަކުގައި ހުޅުވާނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހާ ހަމައަށެވެ.