ހަބަރު

ރެއިންބޯ ރޯދަ ސޭލް: ނަސީބުވެރިންނަށް ބިލްގެ ޖުމްލަ އަނބުރާ ލިބޭނެ

ނަސީބުވެރި ތިން ފަރާތަކަށް ބިލްގެ ޖުމްލަ އަދަދު އަނބުރާ ލިބޭ ގޮތަށް ރެއިންބޯއިން ރޯދަ ސޭލެއް ފަށައިފި އެވެ.

ރެއިންބޯ އިން ބުނީ ރެއިންބޯ ރޯދަ ސޭލް ރެއިންބޯ އެންޓަޕްރައިސަސްގެ ހުރިހާ ފިހާރައެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

އެއީ ރެއިންބޯ ލިވިން މޯލް އާއި ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ ޝޮޕް އާއި ރެއިންބޯ ތިނަދޫ އާއި ރެއިންބޯ އޮފީސް ސިސްޓަމް އާއި ރެއިންބޯ އައްޑޫ އަދި ރެއިންބޯ އޮންލައިން ސްޓޯރުގަ އެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ މޭ މަހުގެ ނުވަ ވަނަ ދުވަހާ ހަމަަށް މި ސޭލް އޮންނާނެ އެވެ. ރެއިންބޯ ސޭލްގައި 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އޭގެ ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތެއްގެ ބިލްގެ ޖުމްލަ އަދަދު އަނބުރާ ދޭނެ އެވެ.

ގުރުއަތު ނެގުން އޮންނާނީ ޖޫން 13 ވަނަ ދުވަހު ރޭގަނޑު ރެއިންބޯ ލިވިން މޯލްގަ އެވެ. ގުރުއަތު ނެގުން ރެއިންބޯގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ އެވެ.