ރެއިންބޯ އެންޓަޕްރައިޒަސް

ރެއިންބޯ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

ކޮންމެ އަހަރަކުވެސް ރޯދަމަހު ރެއިންބޯއިން ކުރިއަށް ގެންދާ ރެއިންބޯ ރޯދަ ސޭލްގެ ނަސީބުވެރިން މިރޭ ހޮވައިފި އެވެ.

އަގު ބޮޑު ގިނަ އިނާމު ތަކާއެކު ރެއިންބޯ އިން ފެށި ރޯދަ ސޭލް ގައި 500ރ. އިން މަތިން އެ ފިހާރައިން ވިޔަފާރިކުރި ހުރިހާ ފަރާތްތަކެއް ވަނީ ހިމަނާފަ އެވެ.

އޭގެ ތެރޭގައި ރެއިންބޯ ލިވިން މޯލްއާއި ރެއިންބޯ ބިލްޑް ވެއާ އަދި ރެއިންބޯ ޝޮޕްގެ އިތުރުން ރެއިންބޯ ތިނަދޫ ފިހާރަ އަދި ރެއިންބޯ އޮފީސް ސިސްޓަމްއިން ވިޔަފާރިކުރި ކަސްޓަމަރުން ވެސް ހިމެނެ އެވެ.

ރޯދަ ސޭލް ނިންމައި އެންމެ ބޮޑު އިނާމު ލިބޭ ތިން ފަރާތެއް މިރޭ ގުރުއަތުން ހޮވާފައި ވާއިރު، ގުރުއަތުން ހޮވުނު ނަސީބުވެރި ތިން ފަރާތަށް ވެސް އިތުރު މީހަކާއެކު ދެވޭނެ އުމްރާ ދަތުރެއް ދޭނެ އެވެ.

ރެއިންބޯ އެންޓަޕްރައިސަސްގެ ޖެނެރަލް މެނޭޖަރު، އަބްދުﷲ އަސްލަމް ވިދާޅުވީ މި އަހަރު ލިބުނު ކާމިޔާބަށްފަހު އަންނަ އަހަރުވެސް ތަފާތު އިނާމު ތަކާއެކު ރޯދަ ޕްރޮމޯޝަން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި މިއަހަރުވެސް އިތުރު ދެ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ރެއިންބޯގެ އަހަރީ ޕްރޮމޯޝަން ސެޕްޓެމްބަރު މަހު އަދި އިޔާ އެންޑް ޕްރޮމޯޝަން ޑިސެމްބަރުގައި ބާއްވާނެ އެވެ.

ރެއިންބޯއަކީ 1990 ވަނަ އަހަރު އުފައްދާ ވަރަށް ފުޅާކޮށްފައިވާ ބިޔަ ކުންފުންޏެވެ. އެ ކުންފުނީގެ ވިޔަފާރީގައި ފަރުނީޗަރުގެ އިތުރުން އިމާރާތް ކުރުމާއި ގެދޮރަށް ބޭނުންވާ ފުލް ރޭންޖް ވެސް ފޯރުކޮށް ދެ އެވެ.