މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލުން އިމްޕޯޓަރުންނާ ބައްދަލުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރާއްޖޭގެ ބޮޑެތި އިމްޕޯޓަރުންނާއި ބައްދަލު ކޮށްފި އެވެ.

އެމްޕީއެލުން އިމްޕޯޓަރުންނާއި ބައްދަލު ކޮށްފައި ވަނީ އަންނަ ރޯދަ މަހު އެ ކުންފުނީގެ އޮޕަރޭޝަންތައް ކުރިޔަށް ގެންދާނެ ގޮތާމެދު މަޝްވަރާ ކުރާށެވެ. ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ބޮޑެތި އިމްޕޯޓަރުންނާއެކު އޮންނަ ގުޅުން ވަރުގަދަކޮށް މައްސަލަތައް ހިއްސާ ކުރުން ކަމަށެވެ.

އެމްޕީއެލްގެ ސްޕޯކްސް ޕާސަން ދާނިޝް ނިޒާމް ވިދާޅުވީ މިއަހަރުގެ ކުރީކޮޅު އެ ކުންފުނިން ޝިޕިންގް އެޖެންޓުންނާއި ވެސް ބައްދަލުކުރި ކަމަށާއި އެފަދަ ބައްދަލުވުންތަކުގައި ހިދުމަތް ހޯދާ ފަރާތްތަކުން ފާހަގަކުރާ ކަންކަން ބަލައިގަނެ ހައްލުކުރުމަށް އިސްކަންދޭ ކަމަށެވެ.

މީގެ ކުރިން އެމްޕީއެލުން ވަނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނީގެ އޮޕަރޭޝަންތައް ހިއްސާ ކޮށްފަ އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދް އަލީ ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ މަސައްކަތް މީގެ ދެ މަސް ކުރިން ފަށާފައިވާ ކަމަށާއި ރޯދައާ ދިމާކޮށް އޮޕަރޭޝަންތަކަށް ވަރަށް ގިނަ ބަދަލުތައް ވެސަ ގެނެސްފައިވާ ކަމަށެވެ. ރޯދަ މަހު އެމްޕީއެލުގެ މަސައްކަތުގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ރޭގަނޑު 9:00 އިން ރޭގަނޑު 10:30 އަށެވެ.