މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ވިޔަފާރި ބަނދަރުގައި ނުގެންގޮސްހުރި މުދާތަކެއް ނީލަމަށް

މާލެ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ހުރި ގިނަ އަދަދެއްގެ މުދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނީލަމަށް ލައިފި އެވެ.

އެމްޕީއެލުން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ރާއްޖެ އަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަ ދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަން ކިޔަން އެ ކުންފުނިން ވަނީ ނިންމާފަ އެވެ. މި މުދާތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނާއި އަންނައުނާއި ސްޓޭޝަނަރީސްގެ އިތުރުން ކާރު ފަދަ ތަކެތި ވެސް ހިމެނެ އެވެ.

މި މުދާތައް ބެލުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ 16:30 ގަ އެވެ. އަދި މުދާ ބަލަން ނަން ނޯޓް ކުރަން ދާއިރު، ފަސް ގަޑިއިރު ކުރިން ނީލަން މުދާބެލުމަށް އެދޭ ފޯމު ފުރިހަމަ ކުރަންވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ނީލަމުގައި ބައިވެރިވެވޭނީ މި މަހުގެ 20 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތް ތަކަށެވެ. އެޑްވާންސް ދައްކަން ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކް ތަކަށެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި ނީލަން ކިޔުން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެ ދުވަހު 14:00 ން ފެށިގެން
އެ ކުންފުނީގެ ހެޑް އޮފީސް ގެ ބަނދަރު މާލަމުގަ އެވެ.

މާލެ ވިޔަފާރި ބަނދަރުގައި ހުރި މުދާތައް ގެންދަން މީގެ ކުރިން ވެސް އެމްޕީއެލް އިން ވަނީ އެދިފަ އެވެ.