ރެއިންބޯ އެންޓަޕްރައިޒަސް

ރެއިންބޯ އިޔާ އެންޑް ސޭލްގެ ނަސީބުވެރިން ހޮވައިފި

ރެއިންބޯ އެންޓަޕްރައިސަސް އިން ކޮންމެ އަހަރަކު ބާއްވާ "ރެއިންބޯ އިޔާ އެންޑް ސޭލް" ގެ މި އަހަރުގެ ނަސީބުވެރިން ހޮވައިފި އެވެ. ނަސީބުވެރިން ހޮވާފައިވަނީ މިރޭ ރެއިންބޯ ބިލްޑްވެއާގައި ގުރުއަތުލައި ގެންނެވެ.

ރެއިންބޯ އެންޓްޕްރައިޒް އިން ކޮންމެ އަހަރަކު ވެސް ބާއްވާ އަހަރީ ސޭލްގައި މިރޭ ގުރުއަތުން ހޮވުނު ތިން ފަރާތަކަށް އައިފޯން އެކްއެސް މެކްސް ދޭނެ އެވެ. ރެއިންބޯއިން ބުނީ ގުރުއަތުން ހޮވުނު ފަރާތްތަކުގެ މައުލޫމާތު އަންނަށް ހަފުތާތެރޭ އެ ކުންފުނީގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖުގައި ޝާއިއު ކުރާނެ ކަމަށެވެ.

ރެއިންބޯ އިޔާ އެެންޑް ސޭލް މިއަހަރު ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހުގަ އެވެ.