ވާހަކަ

ބުނެދޭށޭރުހެމޭ

(7 ޖޫން 2018 އާ ގުޅޭ) -- "ތީ ހަޤީޤަތެއްނޫން... ބައްޕަގެ ކުރިމައްޗަށް އަރާ ތި ހުރިހާ ކަމަކާ ސުވާލުކުރުމުން ލިބޭ ޖަވާބު ތަފާތުވެދާނެ. ފެންނަ ހުރިހާ ކަމަކާއި އިވޭ ހުރިހާ އަޑަކީ ހަޤީޤަތެއްނޫނޭ ބުނެއެއްނު. ޔޫ ޝުޑް އާސްކް ހިމް... ޑައިރެކްޓްލީ... ފޭސް ޓު ފޭސް... އަހަންނަށް އަހަރެންގެ މަންމައާއި ބައްޕަގެ ހަޤީޤަތް އޮޅުންފިލުވާނޭ ފުރުޞަތެއް ނުލިބުނު... ޔޫ މަސްޓް އާސްކް ހިމް ބިފޯ އިޓްސް ޓޫ ލޭޓް. ބައްޕަ ކަމެއް ސިއްރު ކުރާނަމަވެސް އޭރުން އެނގޭނެ. މާނައެއްނެތް ނަފުރަތުކަމެއް ހިތުގައި އަނދަން ފުރުޞަތު ނުދީ ހަޤީޤަތް ހޯދަން މަސައްކަތް ކުރޭ. މިހާރު ތީ އޭރު ގޮތް ހުސްފައި ހުރި ކުޑަކުއްޖާއެއްނޫން. މަންމަގެ މަރުގެ ފަހަތުގައިވި ހަޤީޤަތް ކިޔައިދިނުމަށް ބައްޕަ ގާތު ބުނޭ. އެހާ އަވަހަށް ކައިވެންޏެއްކޮށް މަންމަގެ ހަނދާންތަކާ ދުރުވަން ބައްޕަ މަސައްކަތް ކުރީ ކީއްވެތޯ ސުވާލުކުރޭ. އަރްސަލް!... ހަޤީޤަތް ވެދާނެ ހީނުކުރާވަރުގެ ކަމަކަށް ވެސް. ބައްޕަގެ ކުށެއްނެތްކަން އެނގިއްޖެނަމަ އެ ބައްޕައަށް މަޢާފުކުރާނަންތަ؟ ބައްޕައަށް ތި ދިރިއުޅުމުން ފުރުޞަތު ދޭނަންތަ؟ ހީ އިޒް ޔޯ ފާދާ" ނިމްރާ ވާހަކަދައްކަމުން ދިޔައިރު އަރްސަލްގެ މޭގައި ފިރުމަމުން ދިޔައެވެ. އެ އަތުގައި އަރްސަލް ހިފާލަމުން ގެނެސް ބޮސްދިނެވެ.

"ތި ހީކުރާހާ ފަސޭހަކަމެއްނޫން އެއީ" ވަރަށް މަޑުމަޑުން އަރްސަލް ބުނެލިއެވެ. އިސްޖަހާލައިގެން އިނދެ އަތުގެ ތެރޭގައި އޮތް ނިމްރާގެ އަތްތިލައިގެ އިނގިލިތަކާއި އަރްސަލް ކުޅެލަކުޅެލާ އިނެވެ. އަމިއްލަ އިޙްސާސްތައް ފާޅުކަން ބޮޑުގޮތަކަށް ހާމަކުރުމަކީ އަރްސަލްއަށް ފަސޭހަކަމެއްނޫނެވެ. ހިތް އެދޭ ގޮތް ޔަގީންވާއިރު ވެސް ދުލުން ކަންކަން ބަޔާންކުރަން އޭނާއަށް ފަސޭހަނޫނީއެވެ. މީހުންގެ ކުރިމަތީގައި އޭނާއަކީ ބަލިކަށި މީހަކަށް ވެދާނޭ ހީވަނީއެވެ. މޫނުމަތިން އަސަރެއް ފާޅުނުކުރުމަކީ އަނެކާގެ ކުރިމަތީ ތިމާގެ ކިބައިގައި ހުރި ބަލިކަށިކަމާއި ޢައިބުތައް ފޮރުވައިދޭ ފަރުދާއެއްކަމުގައި އަރްސަލް ޤަބޫލުކުރެއެވެ. ބާރާއި ނުފޫޒުގެ އިތުރުން ހަރުކަށިކަމުގެ ސިފަ އަރްސަލްއަށް ކުރި ހޯދައިދޭނޭކަމުގައި ވެސް ހީކުރެވުނީއެވެ. އެކަމަކު އެ ހުރިހާ ކަމެއް އިޚްތިޔާރުކުރުމުން އޭނާއަށް ލިބުނު އުފަލެއްނެތެވެ. އެއަށްވުރެ ގާތުގައި އިން ނިމްރާގެ ވާހަކަތަކުން އަރްސަލްއަށް ހިތްހަމަޖެހުން ލިބިއްޖެއެވެ. މީގެ ކުރީން އެފަދައިން އޭނާއާ ވާހަކަދައްކާނޭ މީހަކު ދިމާނުވީ ކީއްވެތޯ އަރްސަލް ސުވާލު އުފެދުނެވެ. ބައްޕަދެކެ ރުޅިނައުމަށް އޭނާއަށް ވިސްނައިދޭން އެތައް ބަޔަކު މަސައްކަތްކޮށްފިއެވެ. އެ މީހުންގެ ވާހަކަތަކުން ނުކުރި އަސަރެއް ނިމްރާގެ ވާހަކަތަކުން ކުރެވެންވީ ސަބަބަކާމެދު ވެސް އަރްސަލްއަށް ވިސްނާލެވުނެވެ.

"ޔޫ ޑޯންޓް ހޭޓް ހާ އެނީމޯ އެންޑް ޝީ އިޒް ނޮޓް ޖަސްޓް އެނީ ގާލް" ޚިޔާލުތަކުގެ ތެރެއިން އަރްސަލްގެ ޟަމީރުގެ އަޑު ހިތާއި ސިކުނޑިއަށް ވެރިވެގެންދިޔައެވެ. އެހިނދު ތުންފަތުން ލުއި ހިނިތުންވުމެއްގެ އަސަރުފާޅުވާން އުޅުނެވެ. ނަމަވެސް މިފަހަރު ވެސް އެ ހިނިތުންވުން އަރްސަލް ސިއްރުކޮށްލީއެވެ.

"ޑޭމްޑް!... ވަޓްސް ހެޕެނިންގް ޓު މީ... ޝީ އިޒް ނޮޓް އީވަން މައި ކައިންޑާ ގާލް އޯ ދި މޮސްޓް އެޓްރެކްޓިވް... ވެއިޓް!... ނޯ!... ޝީ އިޒް... ޝީ އިޒް ބިއުޓިފުލް. ޝީ އިޒް އެނީތިންގް ބަޓް ޓިޕިކަލް... އަ ސްވީޓް ސަޕްރައިޒް... ނޯ މެޓާ ވަޓް، ޝީ އިޒް ލުކިންގް އެޓް ދި ބްރައިޓް ސައިޑް... އައި ވޯޒް ސާޗިންގް ފޯ މައި ކައިންޑް އޮފް ޕާފެކްޓް... ފައިނަލީ!... ޔެސް!... ޝީ އިޒް ޕާފެކްޓް... އިޒް ޝީ ދި ވަން؟ އިޒް އިޓް ޓުޑޭ؟... އިޒް ދިސް ލަވް؟" ކުއްލިއަކަށް ނިމްރާގެ އިނގިލިތަށް އަރްސަލްގެ އިނގިލިތަކުގެ ތެރެއަށް މަހާލާ އަނެއްއަތްތިލަ ގެނެސް ދެއަތުން ނިމްރާގެ އަތްތިލަ އަރްސަލް ހިފަހައްޓާލިއެވެ. އަދި ނިމްރާއާ ހަތަރުކަޅި ހަމަކޮށްލީ ނިމްރާގެ ލޮލުން ކަމެއް ދެނެގަންނަން އަރްސަލް ބޭނުންވެފައި އިންހެނެވެ.

"އެޓްލީސްޓް ޓްރައި ކުރާނަންތަ؟ އެއްވެސް ކަމެއް ހަމަ ހުރެފައެއް ނޭނގޭނެ... އޮޅުން ފިލުވަން މަސައްކަތް ކުރީމަ ހަޤީޤަތް އެނގޭނީ. ފަހަރެއްގައި ކުރިން ނުކުރާ ކަމެއް ވެސް ކުރަން ޖެހިދާނެ ހަޤީޤަތާ ހަމައަށް ވާސިލުވުމަށް. ހީނުކުރާވަރުގެ ހިތްވަރެއް ލާން ޖެހިދާނެ... އިޓްސް އަޕްޓު ޔޫ... އަހަރެންނަމަ ކޮންމެ ހާލެއްގައި ވިޔަސް ހަޤީޤަތާ ހަމައަށް ވާސިލުވުމަށް މަސައްކަތްކުރާނަން" އަރްސަލް ބަލަން އިންނަން ފެށުމުން ނިމްރާ ބުނެލިއެވެ.

"އައި ވިލް... އައި ވިލް ޓްރައި" ނިމްރާގެ ކޯތާފަތުގައި އެއްއަތުން ފިރުމާލަމުން އަރްސަލް އެއްބަސްވިއެވެ. ނިމްރާގެ ހިތުގެ އަޑިން ހިނިތުންވުމެއް އަރްސަލްއާ ބަދަލުކޮށްލެވުނެވެ. އޭނާ އެދުމުން އަރްސަލް އެކަމެއް ޤަބޫލުކޮށް އެއްބަސްވެދާނޭ ނިމްރާ ކުރިއަކުން ހިތަށް ވެސް ނާރައެވެ. އެހެންވިޔަސް އަރްސަލް ޤަބޫލުކުރީތީ ނިމްރާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.

"ބޭރަށް ނުކުމެލާނަންތަ؟" އިރުކޮޅަކު އިނދެފައި އަރްސަލް ބުނެލިއެވެ.

ކިހިނެއްވީ؟ ޑެވިލް މިހާރު ބިރުގަންނަނީތަ އަހަންނާއެކު އެކަނި ގޭގައި ހުންނަން ވެސް" ނިމްރާ ސޯފާއިން ތެދުވަމުން ދިމާކޮށްލިއެވެ. އަރްސަލް ހިނދުކޮޅަކަށް ނިމްރާ ބުނެލި އެއްޗަކުން ހުއްޓުން އެރިއެވެ. ނަމަވެސް އެ އަސަރު ފިލުވާލާ އޭނާގެ ލާނެތްފަރާތް ފާޅުކޮށްލިއެވެ.

"ސްކާލެޓް ބިރުގަންނަންޖެހޭނެ އަހަންނާއެކު މިހާރު އެކަނި ހުންނަން. އަހަންނަށް ހެޔޮ ބޭރަށް ނުދިޔަސް ހިނގާ އޭރުން ވަކިން ފަސޭހަވާނެ އަހަންނަށް... އަހަރެން ބޭނުން ކޮންމެ ކަމެއް ކުރިޔަސް މިތަނަށް އިތުރު މީހަކު އުނދަގޫކުރާކަށް ނާންނާނެ. ސްކާލެޓަށް މިހާރު އެނގޭނެ އަހަރެންގެ ކިބައިން ސަލާމަތެއްނުވެވޭނެކަން... ލެޓްސް ގޯ ޓު މައި ރޫމް" އަރްސަލްގެ ވާހަކަތައް އަހާފައި ނިމްރާއަށް އަނގަހުޅުވާލެވުނު ކަމުގެ މޮޔަ އޭނާއަށް ހީވިއެވެ.

"މި އަންނަނީ ރެޑީވެގެން... އަހަރެން ބޭނުމެއްނޫން ޑެވިލްއާ އެއްކޮށް އެއްކޮޓަރިއެއްގައި ހުންނާކަށް" ނިމްރާ ހަލުވިކޮށް އޭނާގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. އަރްސަލް އޭނާ ހުއްޓުވަން އުޅޭ ފަދަ ގޮތަކަށް ސޯފާ އިން ހަލުވިކޮށް ތެދުވިއެވެ. އަތުގައި ނުޖެހެން ނިމްރާ ދިޔަ ގޮތް ފެނުމުން އަރްސަލްއަށް ހެވުނެވެ.

"ކޮންތާކަށް މި ދަނީ" ލިފްޓުގައި ހުރެފައި ނިމްރާ އަހާލިއެވެ.

"ހިނގާލަން... ސްކާލެޓް ދާން ބޭނުންވާ ތަނެއް އޮތިއްޔާ އެތަނަކަށް ހިނގައިދާނަން" އަރްސަލްއާ ގާތަށް ނިމްރާ ދަމާލަމުން ބުނެލިއެވެ. އެއާއެކު ނިމްރާ ދެ ފަރާތަށް ބޯހޫރުވާލިއެވެ. ލިފްޓު ހުޅުވުމާއެކު ދެ ޒުވާނުން އެކުގައި މަގުމައްޗަށް ނުކުތެވެ. ދާނޭ މިސްރާބު ކަނޑައެޅީ އަރްސަލްއެވެ.

* * * *

ޕާކުކޮށްލާފައި ކާރުން ރާދިން ފޭބިއެވެ. ގަރާޖު ކައިރިން ނުކުމެވެން އޮތް ހިމަމަގުން ގޭގެ ޕޯޓިކޯއާ ރާދިން އަރާ ހަމަވިއެވެ. ޢާއިލީ ހަފްލާއަކަށްވާތީ ރާދިން އައީ ކުރިއަށް ވަގުތު އޮއްވައެވެ. މެހެމާނުން އައުމުގެ ކުރިން ގޭގައި ހުންނަން ބޭނުންވެގެންނެވެ. މައި ދޮރު ދެފަރާތަށް ހުޅުވާލާފައި ހުރިއިރު ޕޯޓިކޯގެ ހަރުފަތްތައް ގިރާކޮށް މައްޗަށް އަރަންވިއިރު ބޮޑުކޮޓަރި ތެރެ ފެނިއްޖެއެވެ. އެތެރެއަށް ރާދިން ވަންއިރު ހަރަކާތްތެރިވަމުންދިޔަ ޚާދިމުން ފިޔަވައި އިތުރު ބަޔަކު ނުފެނުނެވެ. މަޑުކުރުމެއްނެތި މައްޗަށް އަރަން ހުރި ސިޑީގެ ހަރުފަތްތައް ހުރަސްކޮށް ފުރަތަމަ ފަންގިފިލާއަށް ރާދިން އައެވެ. އޭރު ޖީބުގައި އޮތް ފޯނު ނަގައި ހަލަފްއަށް ގުޅައިފިއެވެ.

"ކޮބާ އަދިވެސް ތައްޔާރުވަނީތަ؟" ހަލަފް ކޯލަށް ޖަވާބު ދިނުމާއެކު ރާދިން ބުނެލިއެވެ.

"ރާދުބެ އައީތަ؟ މި ހުރީ ރޫމުގައި... އާދޭ ރޫމަށް" ހަލަފް ނިކަން އަވަހަށް ބުނެލާފައި ފޯނުކޯލު ކަނޑައިލައިފިއެވެ. ނަމަވެސް ރާދިން އެންމެ ފުރަތަމަ ގަސްދުކުރީ ބިލާލުގެ ކޮޓަރި ކައިރިއަށް އައުމަށެވެ. އޭނާ އެ ކޮޓަރީގެ ދޮރުމަތީ މަޑުކޮށްލާ ޓަކި ޖަހާލިއެވެ. ގިނަ އިރެއްނުވެ ދޮރު ހުޅުވާލީ ޝަރުމީނެވެ. ރާދިން ފެނުމާއެކު އެ މޫނުން އުފާވެރިކަމުގެ ހިނިތުންވުމެއް ފާޅުވެގެންދިޔައެވެ.

"ދަރިފުޅުތަ؟.... ވަދޭ... ބައްޕަ ތައްޔާރުވަނީ... ބިލާލު!... ރާދިން އަތުވެއްޖެ" ޝަރުމީނު އައިސް އެ ބޮޑު މާސްޓާ ބެޑްރޫމުގައި ހުރި "ވޯކް އިން ވޯޑްރޮބް"ގެ ތެރޭގައި ހުރި ބިލާލަށް ގޮވާލަމުން ބުނެލިއެވެ. އޭރު އޭނާގެ ފަހަތުން އެތަނަށް ރާދިން އައިސް ވަންނަނީއެވެ.

"ތި އައީ ދޯ... ޝަރޫ... މި ޓައީ ރަނގަޅުކޮށްލަ ދީބަލަ" އިސްކޮޅުވަރުގެ ފުޅާ ބޮޑު ލޯގަނޑު ކުރިމަތީ ހުރެފައި ބިލާލު އެނބުރިލިއެވެ.

"އަޅުގަނޑު ހެލްޕް ވެދެންތަ؟" ރާދިން ކުރިއަށް ޖެހިލާ ބުނެލިއެވެ. ބިލާލުއާއި ޝަރުމީނު އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލިއެވެ. އަދި ބިލާލު ރާދިންއަށް ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

"މިހާރު މީހުން އަންނަން އުޅޭނެ... ދަރިފުޅު ބައްޕަ ގޮވައިގެން އާދޭ އިނގޭ" ރާދިންގެ ކޮނޑުގައި ފިރުމާލަމުން ޝަރުމީނު ބުންޏެވެ.

ރާދިންގެ އަތުގައި އަޅުވާލަފައި އޮތް ބްލޭޒާ އެއްފަރާތުގައި ތިރިކޮށް ހުރި ސޯފާ ގޮނޑީގެ މަތީ ބާއްވާލުމަށްފަހު ބިލާލުގެ ކަރުގައި އަޅާފައި ހުރި ޓައީ ރަނގަޅުކޮށްލަ ދިނުމަށް އުޅުނެވެ.

"ބައްޕާ! އަޅުގަނޑަށް ފެންނަނީ ޓައީ ނާޅަން... ލެޓް މީ ޑްރެސް ޔޫ. ޔޫ އާ ސްޓިލް އަ ވެރީ ހެންޑްސަމް މޭން" ބިލާލުގެ ކަރުގައި އޮތް ޓަގަމުން ރާދިން ބުނެލިއެވެ. އަދި ބިލާލުގެ ހެދުންތައް ބަލަން ފެށިއެވެ. ރާދިންގެ ވާހަކަތަކުން ބިލާލުގެ ގާތަށް ނިކަން ހިނިއައެވެ.

"ދަރިފުޅު ވެސް ހަލަފްއަށް ވީތަ؟" ހިނިއައިސްފައި ބިލާލު ބުނެލިއެވެ.

"ދޮގެއްނޫނޭ އަޅުގަނޑު މި ބުނީ. ބައްޕަ އަދިވެސް ވަރަށް ޔަންގުހެން ހީވަނީ. އަޅުގަނޑުމެންނަކަށް ވަކި ދުލެއްނުކުރޭ" ސަމާސާ ގޮތަކަށް ރާދިން ބުނެލިއެވެ. ބިލާލުގެ ހުނުމުގެ އަޑުވީ ހައްތަހާ ގަދައެވެ. ބިލާލު ލައިގެން ހުރި އެއްޗެހި ބަދަލުކުރުވާ ރާދިން ޚިޔާރުކުރި ހެދުން އޭނާ އެޅިއެވެ. އެކަމުގައި އެ މީހުން އުޅެނިކޮށް އެތަނަށް ހަލަފް އަތުވެއްޖެއެވެ.

"ޑޭޑް ކޮބާ؟ ހޫ އިޒް ދިސް ހެންޑްސަމް ގައި" ރާދިންއާއި ބިލާލަށް ބަލާލަމުން ހަލަފް ބުނެލިއެވެ. ރާދިން ހީނގަތެވެ. ބިލާލު ކުރިއަށް ޖެހިލާ ހަލަފްގެ ފުއްކިބައިގައި ޖަހާލިއެވެ.

"ކަމޯން ޑޭޑް... އަޅުގަނޑު ހެއާ ސްޕްރޭ ޖަހާ ހާދަވަރަކުންނޭ ސްޓައިލްކޮށްގެން މި އައީ" އޮމާންކޮށްލާފައި ހުރި އިސްތަށިގަނޑުގައި މަޑުމަޑުން އަތްލަމުން ހަލަފް ބުނެލިއެވެ.

"ތި ހީވަނީ ހަރު ހިލަގަނޑެއްހެންނު" ހަލަފްގެ އިސްތަށިގަނޑުގައި އަތްލެވުނު އަތް ޓިޝޫއަކުން ސާފުކޮށްލަމުން ބިލާލު ބުނެލިއެވެ.

"އަންހެން ކުދީން އެކަންޏެއްނޫނޭ ރީތިވާން ވަގުތު ނަގަނީ. މިގޭ ހަލަފްއަށް ވެސް ބޭނުންވާނެ ހެއާ ސްޓައިލިސްޓަކާއި މޭކަޕްކޮށްދޭނޭ މީހަކު" ރާދިން ދިމާކޮށްލިއެވެ. ބިލާލު ވެސް އެއްބައިވެލިއެވެ. ތިން މީހުންގެ ސަމާލުކަން އަތުލީ ކޮޓަރިތެރެއިން ޝަރުމީނުގެ އަޑު އިވިގެންނެވެ. މެހެމާނުން އަންނަން ފަށައިފިކަމުގައި ޝަރުމީނު ބުނެލަން އުޅެ އޭނާ ބަސްހުއްޓުނީ ބިލާލު ފެނިފައެވެ. ބިލާލު ވެސް ލައިގެން ހުރި ގަދަ ނޫކުލައިގެ ބްލޭޒާގެ ކުރިމަތިން ދެފަރާތުގައި ހިފާ ރަނގަޅުކޮށްލި ގޮތުން ހީވީ ޝަރުމީނަށް ފަރިދައްކާލިހެނެވެ.

"ޑޭޑް!... ޝީ އިޒް ސްޕީޗްލެސް" ހަލަފް ބުނެލިއެވެ.

"ބައްޕަގެ ޗާމްސްއަކީ ކޮންމެ މީހަކު ވެސް ސްޕީޗްލެސް ކޮއްލާފަދަ ބާރަކޭ" ރާދިން އިތުރުކޮށްލިއެވެ. ދަރީންގެ ވާހަކަ އިވި ބިލާލު ހީނލިއިރު ޝަރުމީނު ލަދުގަނެއްޖެއެވެ.

"ބައްޕައާއި މަންމަ ފުރިހަމައެއްނުވާނެ ހުރިހާ ދަރީންނާނުލާ" ޝަރުމީނު ހިނިތުންވެ ހުރެ ބުނެލި ނަމަވެސް އެ ބުނި އެއްޗެއްގެ މާނަ އެތަނުގައި ދެން ތިބި އެންމެނަށް ވެސް ފަހުމްވިއެވެ. ބިލާލު އައިސް ޝަރުމީނުގެ އަތުގައި ހިފާލިއެވެ.

"މި ދުވަސް ވެސް ހިނގައިދާނެ... ކެތްތެރިވާންވީ. އިރާދަކުރެއްވިއްޔާ އެފަދަ ދުވަހެއް ދައްކަވާފާނެ" ޝަރުމީނު ގާތްކޮށްލަމުން ބިލާލު ބުނެލިއެވެ. އޭނާގެ ބަހަށް އެއްބަސްވަމުން ޝަރުމީނު ބޯޖަހާލިއެވެ. އަދި މެހެމާނުންނާ ކުރިމަތިލުމަށް ކޮޓަރިން ނުކުތެވެ. އެ ދެމަފިރިންނަށް ބަލަން ހިނިތުންވެލައިގެން ތިބި ރާދިންއާއި ހަލަފްގެ ހިތުގައިވީ އެއްވާހަކައެކެވެ. އެ މަންމައާއި ބައްޕަގެ ހިތުގެ މުރާދު ލަހެއްނުވެ ފުރިހަމަވެދާނޭކަމުގެ އުންމީދެވެ.

ސިޑީގެ ހަރުފަތްތަކުން ބިލާލާއި ޝަރުމީނު އަތްގުޅާލައިގެން ތިބެ ފައިބައިގެން އައިއިރު އެ ދެ މީހުންގެ ދެފަރާތުން ރާދިންއާއި ހަލަފް އައެވެ. އެންމެންނަށް ވެސް އެ ދެމަފިރިންގެ ދެމެދުގައި އޮތް ލޯބި ސިއްރެއްނުވާނޭކަން ގައިމެވެ. އެ ދެމެދުގައި ދުވަހަކުވެސް ކުންޏެއް ނުޖެހެއެވެ. އެކަކު އަނެކަކަށް ހިތާއި މުޅި ޖާނުން ވެސް ވަފާތެރިވެއެވެ. ދަރީންނަށް ވެސް ބިލާލުއާއި ޝަރުމީނަކީ އޯގާތެރި ބައްޕައަކާއި މަންމައެކެވެ. ރަޙުމަތްތެރިން އިޚްތިރާމްކުރާ އަނބުރުވެރި ބައެކެވެ. ބޮޑާކަމާއި ދެއްކުންތެރިކަމުގެ އިތުރުން ނުރުހުންތެރިކަން ފަދަ ނުބައި ސިފަތަކެއް އެ ދެމަފިރިންގެ ފަރާތުން ދުވަހަކުވެސް މީހަކު ނުދެކެއެވެ. މީހުންގަނޑުގެ ތެރެއިން އެންމެ ފުރަތަމަ ވެސް ބިލާލާއި ޝަރުމީނަށް މުބާރިކުބާދީ ފާޅުކުރީ މުއްޠަލިބުގެ ދެމަފިރިންނެވެ. އެއާއެކު އެމީހުންގެ ދަރީންނެވެ. މެހެމާންދާރީ އަދާކުރުމުގައި ބިލާލާއި ޝަރުމީނު މަސްޢޫލުވިއެވެ.

"ރެޑް ގޮވައިގެން ނައީ ކީއްވެ؟" ރާދިންއާއެކު އެކަނިވުމުން ހަލަފް އަހާލިއެވެ.

"ހަލަފް!... މި ދުވަސްކޮޅު ނިމް ކަންކަމުގެ ތެރެއަށް ނުވެއްދިއްޔާ އެންމެ ރަނގަޅުވާނީ. އެ ދުވަހު ހަލަފް ކުރިކަމެއް އަދިވެސް ނުބަނަމެއްނު. އަރްސަލް ރުޅިގަދަވެގެން ގޮސް އޭނާގެ އަތް ވެސް ބެންޑޭޖުކޮށްފައި އޮއްވާ އަހަންނަށް ފެނުނީ. އޭނާ ވެސް ވީގޮތެއް ނުބުނި. އެނގޭ އަރްސަލް ނުބުނާނެކަން... ހަލަފް ކީއްވެ ނުބުނަންވީ؟ ނިމް! ޝީ ބިލޯންގް ޓު ހިމް" ރާދިން ބުނެލިއެވެ.

"އައި ނޯ ދެޓް. ދޮންބެ ދެން މާ ނޫންވެގެން އުޅޭތީ އަހަރެން ސްޓަންޓެއް ޖައްސާލީ. ރާދުބެ! ޑޭޑް ކޮން ފޮޓޯތަކެއްތަ އެ ގެންގުޅެނީ" ހަލަފް ފަހު ޖުމްލަ ބުނެލީ ރާދިންއާ ނިކަން ގާތްވެލަމުން ސިއްރުންނެވެ.

"ފޮޓޯތަކެކޭ؟ ނޭނގެ... ކޮންއިރަކު؟" ރާދިންއަށް ލިބުނީ ހައިރާންކަމެވެ.

"ހީ ވޯޒް ކްރައިން... ސްޓަޑީގައި ހުރި ސޭފް ހުޅުވާފައި ހުރީ. ޑޭޑް އިނީ ފޮޓޯތަކެއް ބަލަން. އަހަންނަށް ސްޓަޑީއަށް ވަދެވުނީ އޮޅުމަކުން. ބަޓް ޑޭޑް ރޯތަން ފެނުމުން އަހަރެން ވަރަށް ކަންބޮޑުވި. ސުވާލުކުރީމަ އެއްވެސް އެއްޗެއް ނުބުނި. ފަހުން ބުނީ މަންމައާއި ބައްޕަ އެހާ ގިނަދުވަހު އެއްކޮށް އުޅެވުނީމަ އެ އުފާވެރިކަމުގައި ރޮވުނީއޭ. ދޭ އާ ހެޕީ ޓީއާޒް ކަމަށް. ވަރަށް އަވަސް އަރުވާލާފައި އެ ފޮޓޯތައް ސޭފްއަށް ލައިފި. އީވަން އައި ޑޯންޓް ނޯ އެ ސޭފްގެ ކޯޑު... ރާދުބެއަށް އެނގޭތަ؟" ހަލަފްގެ ވާހަކައިން އެ ފޮޓޯތަކެއް ބަލަން އޭނާ ޝައުގުވެރިވެފައި ހުރިވަރު ރާދިންއަށް ނަގައިގަނެވުނެވެ.

"އަހަރެން ދުވަހަކުވެސް ނުދެކެން. އެވާނީ ބައްޕަގެ ޕާސަނަލް ކަމަކަށް... ހަލަފް ސުވާލުކުރިންތަ އެ ފޮޓޯތަކާ ބެހޭ ގޮތުން" ރާދިންގެ ޝައުގުވެރިކަން ވެސް ހަލަފް އަތުލައިފިއެވެ.

"ޔާ!... އަހަރެން ބަލާލަން އުޅުނިން. ޑޭޑް ފޮރުވީ... މި ބުނީ އަވަހަށް ސޭފަށް ލިއްޔޭ އެ އެއްޗެހި. އާން!... ހަނދާންވެއްޖެ... ޑޭޑް ބުނީ އެއީ ހަލަފް ބަލަން ޖެހޭ އެއްޗެއްނޫނޭ" މޫނަށް ވައްތަރުތަކެއް ޖައްސާލަމުން ހަލަފް ބުނެލިއެވެ. އެވަގުތު އެ މީހުންގެ ގާތަށް ޝީހާނާ އަތުވެއްޖެއެވެ. (ނުނިމޭ)