ކުޅިވަރު

ރޮނާލްޑޯގެ ސެކިއުރީޓީއަށް ވަރުގަދަ ބުލް ފައިޓަރުން

ވޯލްޑްކަޕުގައި ވާދަ ކުރާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބާރުގަދަ ހަތް މީހުން ހަމަޖައްސައިފި އެވެ. އޭނާއަށް ހާއްސަ ސެކިއުރިޓީންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ވަރުގަދަ ބުލް ފައިޓަރުންނެވެ.

ރޮނާލްޑޯގެ ހާއްސަ ބޮޑީގާޑުންގެ ގޮތުގައި ހަމަޖެއްސި ހަތް މީހުންގެ ތެރޭގައި އެންމެ އިސް ބޮޑީގާޑަކަށް ހަމަޖައްސާފައި ވަނީ ވަރުގަދަ ބުލްފައިޓަރެއް ކަމަށްވާ ނޫނޯ މާރޭކޮސް އެވެ. ވޯލްޑްކަޕުގައި ވާދަ ކުރާ ޕޯޗްގަލް ޓީމު ތިބޭ ހޮޓަލުގެ ސަރހައްދާއި ރޮނާލްޑޯގެ ކޮޓަރީގެ ބޭރުންވެސް ސެކިއުރިޓީ ބަލަހައްޓާނެ އެވެ. އަދި ޕޯޗްގަލް ޓީމު ދަތުރު ކުރަން ހަމަޖެހިފައިވާ މަގުތަކުގެ ސެކިއުރިޓީ އާއި މެޗު ކުޅޭ ދަނޑުވެސް ރޮނާލްޑޯގެ ހަށިފާރަވެރިން ބަލަހައްޓާނެވެ.

ރޮނާލްޑޯގެ ބޮޑީގާޑުންނާއެކު ކޮންޓްރެކްޓް ހަދާފައި ވަނީ، ވޯލްޑްކަޕު ނިމި، ރޮނާލްޑޯ ރަޝިއާއިން ފުރަން ދެންނެވެ. ރޮނާލްޑޯގެ ސެކިއުރިޓީ ވަރުގަދަ ކުރިީ ޓްރަރިސްޓް ޖަމާއަތް ދާއިޝްއިން ރޮނާލްޑޯއާ ދެކޮޅަށް އިންޒާރު ދިނުމުންނެވެ.

މިދިޔަ މަހު ދާއިޝްގެ ނަމުގައި އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ، ރޮނާލްޑޯގެ އިތުރުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކަރު ބުރި ކޮށްލަން މަސައްކަތް ކުރާ މަންޒަރެވެ.