ކުޅިވަރު

އޮސްޓްރޭލިއާ ހެޑްކޯޗުގެ ޖީބުން ސްޓާފުންނަށް މުސާރަ ދެނީ

އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ އެސިސްޓެން ކޯޗުންނާއި ސްޓާފުންނަށް މުސާރަ ދިނުމުގެ އިންތިޒާމު ހެޑްކޯޗް ހޮލެންޑްގެ ބާޓް ވެން މާވިކްގެ އަމިއްލަ ޖީބުން ހަމަޖައްސައިފި އެވެ.

މާވިކްގެ އެހީތެރިންގެ ގޮތުގައި އޭނާ ގެންގުޅެނީ، ދެ އެސިސްޓެންޓް ކޯޗުން ކަމަށް ހޮލެންޑްގެ ކުރީގެ ކުޅުންތެރިޔާ މާކް ވެން ބޮމެލް އާއި ރޮއެލް ކޮއުމަންސް އާއި ގޯލްކީޕަރު ޓްރެއިނަރ ޓޯނީ ފްރެންކެންނެވެ.

އޮސްޓްރޭލިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން، މާވިކްއަށް އަންގާފައި ވަނީ އޭނާގެ ހުރިހާ އެސިސްޓެންޓް ކޯޗުންނަށް ފެޑްރޭޝަނުން މުސާރަ ދެވެން ނެތް ކަމަށެވެ. އެހެންވެ އޭނާ ވަނީ އޭނާގެ އަމިއްލަ ޖީބުން އެނެއް ތިން ކޯޗުންނަށް މުސާރަ ދިނުމަށް ނިންމާފަ އެވެ.

"އަހަންނަކަށް ނެތް އެ މީހުން ދޫކޮށްލެވޭކަށް، އެމީހުންނަށް އެނގޭނެ އަހަރެންނަކީ ކިހިނެއް މަސައްކަތް ކުރާ މީހެއް ކަން، އަދި އެމީހުންނަށް އޭނގޭނެ އަހަރެން މަސައްކަތް ކުރާ އުސޫލުތަކަކީ ކޮބައިކަންވެސް އަދި އަހަރެންގެ މަސައްކަތް ކުރަނީ އެމީހުންގެ ބައިވެރިވުން ހޯދައިގެން." ޗެނަލް ނިއުސް އޭޝިއާއަށް ދިން އިންޓަވިއުގައި 2010 ވަނަ އަހަރު ހޮލެންޑް ވޯލްޑްކަޕަު ފައިނަލަށް ގެންގޮސްދިން ކޯޗު ބުންޏެވެ.

އޮސްޓްރޭލިއާގެ ކޯޗް ކަމާ މިއަހަރު ޖަނަވަރީ މަހު ހަވާލުވި މާވިކްއަށް މުސާރައިގެ ގޮތުގައި 571000 ޕައުންޑް ދޭނެ އެވެ. އޮސްޓްރޭލިއާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ސައުދީ އަރަބިައްޔާ އަށް ކޯޗް ކޯށްދީފަ އެވެ. ސައުދީ ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނީ އޭނާ އެވެ. ކޮލިފައިންއަށް ފަހުވެސް އޭނާ އާ އެކު ކުރިއަށް ދިއުމަށް ސައުދީން ނިންމި ނަމަވެސް ކޮންޓްރެކްޓް އާ ނުކުރީ ދާއިމީކޮށް އޭނާ އަށް ސައުދީގައި ހުރެވެން ނެތުމުންނެވެ.

ވޯލްޑްކަޕުގައި އޮސްޓްރޭލިއާ ހިމެނެނީ، ފްރާންސާއި ޑެންމާކް އަދި ޕެރޫ އާއެކު ގުރޫޕް ސީ ގަ އެވެ.