ހަބަރު

ވޯޓާސް ލިސްޓް އާއްމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓް އާއްމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރާމް މިރޭ " އަވަސް" އަށް ވިދާޅުވީ މިރޭ އާއްމުކުރި ލިސްޓުގައި ހިމަނާފައި ވަނީ 263183 މީހުންގެ ނަން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭން ބޭރުގައި މަރުވާ ބައެއް މީހުންގެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ނެޝަަނަލް ރެޖިސްޓްރޭޝަނަށް ލިބޭލެއް ލަސްކަމުން މަރުވެފައިވާ ބައެއް މީހުންގެ ނަންތައް ލިސްޓުގައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

" ޑީއެންއާރުން އަޅުގަނޑުމެންނަށް މައުލޫމާތު ދީފައި ވަނީ މިގޮތަށް. އަޅުގަނޑުމެން އެދެނީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓް ރަނގަޅު ކުރި ގޮތަށް ރައްޔިތުންގެ އެއްބާރުލުމާ އެކު ލިސްޓް އިސްލާހު ކުރަން،" އަކުރަމް ވިދާޅުވިއެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އިންތިހާބު ބާއްވާއިރު، އިންތިހާބަށް ކުރިމަތިލާން އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް މިރޭ އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އިންތިހާބު ބާއްވާއިރު، އިންތިހާބަށް ކުރިމަތިލާން އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް މިރޭ އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.