ވިޔަފާރި

ލަކްސް އިން އަންޑަ ވޯޓާ ފެސްޓިވަލްއެއް ބާއްވަނީ

Jun 11, 2018

ލަކްސް އަރި އެޓޯލްސް އިން މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ވޯޓާ ފެސްޓިވަލް އެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ މޯލްޑިވްސް އިންސައިޑާއިން ބުނީ ޔޫރޯ ޑައިވާސް އާއި ގުޅިގެން ދުނިޔޭގެ މަޝްހޫރު މެރިން ބަޔޮލޮޖިސްޓުންނާއެކު ބާއްވާ މި ހާއްސަ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ޓޫރިސްޓުންނަށް ލިބޭނެ އެވެ.

މި ފެސްޓިވަލް އޮތީ ސެޕްޓެމްބަރު މަހުގެ 16 އިން 22 އަށެވެ.

ދުނިޔޭގައި އެންމެ ނަން ހިނގާ މެރިން ބަޔޮލޮޖިސްޓުންނާއެކު ބާއްވާ މި ހާއްސަ އިވެންޓުގައި ބައިވެރިވާން އެ ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ހާއްސަ ޑިސްކައުންޓެއް ދޭންވެސް ވަނީ ނިންމާފަ އެވެ. މިގޮތުން ބީޗް އެކޮމޮޑޭޝަން ކޮޓަރިތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މީގެ އިތުރުން އޯވަ ވޯޓާ ކޮޓަރިތަކުން 20 ޕަސެންޓުގެ ޑިސްކައުންޓް އަދި ސްޕާއިން 20 ޕަސެންޓުގެ ޑިސްކައުންޓެއް ދޭއިރު، ފުޑް އެންޑް ބެވަރޭޖަސް އައިޓަމްސްތަކުން ވެސް 20 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ. އައި ބިގިނާސް ލެވަލްގެ ޑައިވް ކޯސްތަކުން ވެސް 20 ޕަސެންޓުގެ ޑިސްކައުންޓެއް މި މުއްދަތުގައި ދޭނެ އެވެ.

ދުނިޔެއަށް މަޝްހޫރު ލަކްސް ކުންފުނިން ހިންގާ "ލަކްސް އަރިއެޓޯލް" ރިސޯޓަކީ 187 ވިލާގެ ރިސޯޓެވެ. އަދި މިއީ ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ އެއް ރިސޯޓެވެ.