ހަބަރު

ކައިވެނި ހަރާމް މީހަކާއެކު ޖިންސީ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ބަޔަކަށް އުފުލައިފި

ކުރިމިނަލް ކޯޓު -- އަހުމަދު ޝުރާއު | އަވަސް
0%
0%
0%

މަހްރަމަކާއެކު ޖިންސީ އަމަލެއް ހިންގިކަން އުޅުނު ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބައެއްގެ މައްޗަށް ދައުވާކޮށް ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ. މިފަދަ މައްސަލަތައް ފެންމަތިވަނީ ވަރަށް މަދުންނެވެ. އަދި މި ދައުވާ އުފުލަނީ ވެސް މަދުންނެވެ.

ކުރިމިނަލް ކޯޓަށް މި މައްސަލަ ފޮނުވާފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އެވެ. މާދަމާއަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ ތާވަލުވެސްކޮށްފަ އެވެ. މިފަދަ ޖިންސީ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ކުރިމިނަލް ކޯޓުގެ ސައިޓްގައިވާ ގޮތުން ދައުވާކޮށްފައިވަނީ އަންހެނަކާއި ފިރިހެނެއްގެ މައްޗަށެވެ. އެއީ، ގ. އަރޫޝާމަންޒިލް މަރްޔަމް އަރޫޝާ އަދި ހަސަން ރަޝީދުގެ މައްޗަށެވެ. މި ދެ މީހުންނަކީ ކޮން ގުޅެއް އޮންނަ ދެ މީހުން ކަމެއް ސާފެއް ނުވެ އެވެ.

މަހްރަމުންނަކީ ތިމާ އެމީހަކާ ކާވެނިކުރުން އިސްލާމީ ޝަރީއަތުގައި ހަރާމްވެގެންވާ ގުޅުމެއް ނުވަތަ ހާލަތެއް ދެމިއޮތް ކޮންމެ މީހަކެވެ.

މަހްރަމުންނާއެކު ޖިންސީ ގުޅުން ހިންގުން އިސްލާމީ ޝަރީއަތުގައި ހަރާމް ކޮށްފައިވާއިރު ޖިންސީ ކުށުގެ ގާނޫނުން ވެސް އެއީ ކުށެއް ކަމަށް ކަނޑައަޅާފައިވެ އެވެ. އެގޮތުން އެ ގާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުން މީހަކު، ޖިންސީ އަމަލެއް އޭނާގެ މަހްރަމަކާއެކު ހިންގީ، އެ ދެމީހުންގެ ރުހުމުގައި ކަމުގައިވާނަމަ، އެ ދެމީހުންމެ އެ ކުރީ ކުށެކެވެ. އަދި މީހަކު، ޖިންސީ އަމަލެއް އޭނާގެ މަހްރަމަކާއެކު ހިންގީ، އެ މަހްރަމާގެ ނުރުހުމުގައި ކަމުގައިވާނަމަ، އޭނާ އެ ކުރީ ކުށެކެވެ.

ފުރަތަމަ ހާލަތުގެ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ދެވަނަ ހާލަތުގެ ކުށުގެ އަދަބަކީ، އެ ކުށް ކުރި މީހާ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދެރަ

ޖޯކެއްގައި ކިޔާއަޑު އަހަން އިބިލީސްވެސް ދިވެހިރާއްޖޭގައި ހުންނަނީ ކުރާނެ މަސައްކަތެއް ނެތިފައޭ.

އަދުގެ ހާލަތު

ޒިނޭކުރުން، އެއްޖިންސުން ގުޅުންހިންގުން، މިއީދެން މިހާރު ރާއްޖޭގައި އާންމުކަމެކެވެ. ފިރިން އެމީހުންގެ އަނބިންނަށް އެހެން އަންހެނުން ހޯދާދިނުމާއި، އަނބިން އެމީހުންގެ ފިރިންނަށް އެހެން އަންހެނުން ހޯދާދިނުމަކީވެސް މިހާރު ވަރަށް ކޫލް ކަންކަމެވެ. އެއްޖިންސުން ގުޅުން ނުހިންގާ އަންހެނަކު މިހާރު އަންހެނަކަށްވެސް ނުވެއެވެ. ޅަޒުވާން ކުދިން މެދުއުމުރުގެ ދެމަފިރިންނާ ގުޅުން ހިންގުމަކީވެސް ގަޓްކަމެކޯލައެވެ. ގާތްތިމާގެ މީހުނާ، އަދި ހާއްސަކޮށް "ކަޒިން" ކިޔާ ކުދިންނާ ގުޅުން ހިންގުމަކީވެސް އަރަމުން އަންނަ ހުނަރެކެވެ.

ދަންތުރަ

މިކަންވެސް ބޮޑުވިޔަފާރިއަކަށް ވަމުން މިދަނީ. މިފަދަ ކަންކަމަށް ދެމަފިރިން ކައިރިއަށް ގޮސްދޭކުދިން އެބައުޅޭ. ކުދިން ހޯދާދޭ އެޖެންޓުން އެބައުޅޭ. މިކަންކަމުގަ އެންމެކުރީގަ މިއުޅެނީވެސް އަންހެނުން. ނުވިތާކަށް އަނބިން "އެކްސްޗޭންގް" ކުރުމުގެ ކަންތައްވެސް އެބައޮވޭ. ހުޅުމާލޭ ގެސްޓްހައުސްތަކަކީ މިކަންކަމުގެ ހާލިތަކެއް. އަދި ސަފާރީތައްވެސް. ރާއްޖެ ބެންކޮކަށް ވާކަށް މާގިނަދުވަހެއް ނެތް.

މާޒީ

ތިޔަބުނާ ބަސް މިހާރު ބޭނުން ނުކުރާނެ. އެކަން ނުކުރާ ކުއްޖަކީ މިހާރު ބިކުރެއް.

ސަމްކުޅިބޭ

ދިވެހި ބަހުގާ ދެއަންހެހުން ޖިންސީގުޅުން ހިންގުމަށް ކިޔަނީ ..

ބިސްބެ

އޯކޭ ވެގެންތޯ ނޫންތޯ ބަލާލާ.. ހެހެހެ

ޅަބޭ

މިހާރުދެން ދިވެހިން ހުރިހާ ފާފައެއް ކޮއް ނިމުނީ ދޯ. ހަމަ ސައްތައިން ސައްތައީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345