(10 ޖޫން 2018 އާ ގުޅޭ)
"ޔާ!... އަހަރެން ބަލާލަން އުޅުނިން. ޑޭޑް ފޮރުވީ... މި ބުނީ އަވަހަށް ސޭފަށް ލިއްޔޭ އެ އެއްޗެހި. އާން!... ހަނދާންވެއްޖެ... ޑޭޑް ބުނީ އެއީ ހަލަފް ބަލަން ޖެހޭ އެއްޗެއްނޫނޭ" މޫނަށް ވައްތަރުތަކެއް ޖައްސާލަމުން ހަލަފް ބުނެލިއެވެ. އެވަގުތު އެ މީހުންގެ ގާތަށް ޝީހާނާ އަތުވެއްޖެއެވެ.
"ޔޯ ޑޭޑް ލުކިން ހޮޓް" ސިއްރުސިއްރުން ޝިހާނާ ބުނެލިއެވެ. ހަލަފްއާއި ރާދިން ހޭންފެށިއެވެ.
"އާ ޔޫ ހެވިން އަ ތިންގް ފޯ އޯލްޑާ ޕީޕަލް" ހަލަފް ބުނެލީ ދިމާކޮއްލާ ފަދަ ގޮތަކަށެވެ.
"ޔާ!... އިޓްސް މައި ނިއު ޑްރަގް... ދޭ ވިލް ބީ މޯ އެކްސްޕީރިއަންސްޑް" ޝިހާނާ ސީރިއަސްކަން ދައްކާލަމުން ހަލަފްއަށް ބުނެލިއެވެ.
"އިޔު!... އައި ޑޯންޓް ވޯންޓް ޓު ނޯ" މޫނަށް ވައްތަރެއް ޖައްސާލުމާއެކު ހަލަފް ބުނެލިއެވެ.
"ހަލަފްއަށް ހީވޭތަ އާނާގެ އަނގައިން އަރައިގަންނާނޭ" ހެމުންހެމުން ރާދިން ބުނެލިއެވެ.
"އޭ! އަރްސަލް ހަމަ އަންނަ ޚިޔާލެއްނުކުރިތަ؟ އޭނާ ނާންނަންޏާ ނިމްއަކަށް ވެސް ނާދެވޭނެ ދޯ" ޝިހާނާ ވެސް އެރޭގެ ޚަފްލާއިން ދުށުމަށް އެދޭ ކަމަކަށް އަރްސަލްއާއި ނިމްރާ ވިއެވެ. އެހެންވިޔަސް އެ މީހުންނަށް އަރްސަލްގެ މައްޗަށް ގޮތެއް ނިންމުމަކީ އުނދަގޫކަމެކެވެ.
"ޝިފޫ ހޯދި ހަލަފް... ދޭބަލަ އޭނާ ކިޔާ އެއްޗެއް އަޑު އަހާލަން. ކުރު ފިލްމެއް ހަދަން އުޅޭ ވާހަކައެއް ދެއްކި. ރީތި ކުއްޖަކު ބޭނުންވެގެން އުޅެނީ" ޝިހާނާ ބުނެލިއެވެ. މުއްޠަލިބުގެ ހަތަރުބެއިންގެ ތެރެއިން ޝިހާނާއަކީ ދޮށްޓަށް ދެވަނައަށް ހުންނަ ކުއްޖާއެވެ. އެންމެ ދޮށީ ޝީފާޒުއެވެ. ޝިހާނާއާއި ޖެހިގެން ހަގަށް ހުންނަނީ ޝިފްނާއެވެ. އެ ޢާއިލާގައި އެންމެ ކުޑައީ ސިޔާދެވެ. އޭނާ ހުންނަނީ ރާއްޖެއިން ބޭރުގައި ކިޔަވާށެވެ. ހުރިހާ ކުދީންނަކީ ވެސް އެކި ދާއިރާއިން ކިޔަވައިގެން ތިބި ކުދީންނެވެ.
"އައި ވިލް ބީ ބެކް" ހަލަފް ހިނގައިގަތީ ޝިފްނާ ވީ ހިސާބެއް ބެލުމަށެވެ.
"ނައިސް ޑްރެސް... ވަރަށް ރީތި" ޝިހާނާއާއި ރާދިން އެކަނިވުމާއެކު ރާދިން ބުނެލިއެވެ.
"ހެދުންތަ ރީތީ... ހެދުން ލައިގެން ހުރި މީހާ ރީއްޗެއްނޫންތަ؟" ޝިހާނާ އަމިއްލަ ހަށިގަނޑަށް ބަލާލާފައި ރާދިންއާ ނަޒަރު ސީދާކޮށްލަމުން އަހާލިއެވެ.
"އަހަރެން މި ބުނީ އާނާ ރީތިވާހަކައެކޭ. ހެދުން ރީތިވީ އާނާ ލައިގެން ހުރީމަ... މިހާރު ބުނެވުނު ގޮތް އޯކޭތަ" ރާދިން ކުޑަކޮށް ހިނިއައިސްފައި ހުރެ ބުނެލިއެވެ. ޝިހާނާ ހިނިތުންވަމުން އަވަސްއަވަހަށް ބޯޖަހާލިއެވެ.
"އަހަރެން ހިޔެއްނުކުރަން ބޭބެގެ މިހާ ގިނަ ރައްޓެހިން އޮންނާނޭކަމަކަށް" މާޙައުލަށް ނަޒަރު ހިންގާލަމުން ޝިހާނާ ބުނެލިއެވެ.
"ބައްޕަ މިހާރު އެ ހުރި ހިސާބަށް އާދެވުނީ ވަރަށް ބުރަ މަސައްކަތުންކަން އަހަންނަށް އެނގޭ. އުމުރުން ފަންސާސްވާއިރު ކިހާ ބަޔަކާ ދިމާވެފައި ހުންނާނީ. ރަނގަޅު ރަޙުމަތްތެރިން ތިބުމަކީ ވެސް ލިބޭ ހިތްހަމަޖެހުމެއްނު... ހީ އިޒް އަ ޝްރޫޑް މޭން ހޫ ނޯ ހައު ޓު ރީޑް ޕީޕަލް، ދޯސް ސްކިލްސް ހެޑް މޭޑް ހިމް އަ ވެރީ ވެލްތީ މޭން" ރާދިން ވާހަކަދެއްކިއިރު އެ ދެލޮލުގައިވާ ވިދުން ޝިހާނާއަށް ފާހަގަކުރެވުނެވެ. އެ ބައްޕައާމެދު ރާދިންގެ ނަފްސު ފަޚުރުވެރިވާކަން ޝިހާނާއަށް ޔަގީންވިއެވެ.
* * * * *
ނިމްރާގެ އަތުގައި ހިފާ ދަމާލަމުން އަރްސަލްއާ ގާތަށް ގެނައެވެ. ޕާކުގެ ގޮނޑިއެއްގައި ދެ ޒުވާނުން ތިބިއިރު ކޮންމެ މީހެއްގެ އަތުގައި އައިސްކްރީމް ކުޑަ ތަށްޓެއް އޮތެވެ. ގޮނޑީގެ ދެފަރާތަށް ފައި ތިރިކޮށްލައިގެން އަރްސަލް އިނީ ނިމްރާގެ މޫނު ރީތިކޮށް ފެންނާނޭތީއެވެ. ދުރުދުރުގައި ހުރި ހިލައިގެ ގޮނޑިތަކުގައި ޖޯޑު ޖޯޑަށާއި ގުރޫޕު ގުރޫޕަށް ޒުވާނުން ތިބި ނަމަވެސް އަރްސަލްގެ ސަމާލުކަން ހުއްޓިފައި ހުރީ ގާތުގައި އިން ނިމްރާއަށެވެ.
"ލެޓް މީ ޓޭސްޓް އިޓް" އަރްސަލް ބުނެލިއެވެ.
"ނުލިބޭނެ... އިޓްސް މައިން. އަމިއްލަ އަތުގައި ތި އޮތް ތަށި ނުފުދޭތަ" ނިމްރާގެ އަތުގައި އޮތް އައިސްކްރީމް ތަށި އަރްސަލްއާ ދުރަށް ގެންދަމުން ބުނެލިއެވެ. އޭނާގެ ހަރަކާތުން އަރްސަލްއަށް ހެވުނެވެ.
"ތުންފަތުގައި ހޭކިފައި ހުރި އެތިކޮޅުން ރަހަ ބަލާލަފާނަމޭ. އެގޮތް އަހަންނަށް މާ ރަނގަޅު" ހިނިތުންވެލައިގެން އިން އަރްސަލް ބުނެލިއެވެ. ނިމްރާ ވަށައިގެން ކަޅި ހިންގާލުމާއެކު ތުންއޫކޮށްލިއެވެ.
"ގޯޑް!... ޔޫ!... ޑެވިލް... އަން! ދެން ރަހަބާލަބަލަ... ޔޫ ޕާވާޓް ފުރޭތަ" ތުންކޮޅު ހަދައިލައިގެން އިނދެ އަތުގައި އޮތް އައިސްކްރީމްތަށި ނިމްރާ ދިއްކޮށްލިއެވެ.
"ތި ގޮތަކަށްނޫން... އަހަންނަށް ލަވައިދޭންވީ" ކުރިއަށް ޖެހިލަމުން އަރްސަލް ބުނެލިއެވެ. ނިމްރާ ދެ ފަރާތަށް ބޯހޫރާލަފައި އަރްސަލް އެދުނުހެން އޭނާއަށް އައިސްކްރީމްކޮޅެއް ލަވައިދިނެވެ.
"އެހާވަރުކަމެކޭ... ނުދޭންވެގެން އުޅުނީ" އަރްސަލް ބުނެލިއެވެ.
"ދިނީމަ އަހަރެންގެ ތަށިން މަދުވާނެ" ނިމްރާ ނިކަން އަވަހަށް ބުނެލިއެވެ. އެއާއެކު އަރްސަލް ހީނގަތީ އޭނާއަށް ނުހިފެއްޓިގެން ހީނގަތް ފަދަ ގޮތަކަށެވެ.
"އައި ކޭން ބައި ޔޫ އަ ޑަޒަން އޮފް ދެޓް... ސްޓިލް... ޔޫ ނެވާ ސީޒަސް ޓު އެމޭޒް މީ ސްކާލެޓް، ދެއާ އިޒް ސަމްތިންގް ނިއު އަބައުޓް ޔޫ އެވްރިޑޭ" އަރްސަލް މަޑުމަޑުން ބުނެލިއެވެ. އޭނާގެ ބަސްތަކުން ނިމްރާ އިސްޖަހާލިއެވެ. ބުނާނޭ އެއްޗެއް ނޭނގިގެން ކަހަލައެވެ.
"އަނގަހުޅުވާ" އަރްސަލް ބުނެލިއަޑަށް ނިމްރާ އިސްއުފުލާ ބަލާލިއެވެ. އޭރު އަރްސަލްގެ އައިސްކްރީމް ތަށިން ސަމްސާ ދިއްކޮށްލައިގެން އިނެވެ.
"އިޓްސް އޯކޭ... އައި ޑޯންޓް ވޯންޓް" ނިމްރާ ބުނެލިއެވެ.
"ބޭނުންތޯއެއް ނާހަމެއްނު... ޖަސްޓް އޯޕަން ޔޯ މައުތް" އަރްސަލް އަމުރުވެރި ރާގެއްގައި ބުނެލިއެވެ.
"ޑެވިލް އެންޑް ހިޒް ވޭސް" ސިއްރުން ނިމްރާ ކުދިކިޔާލިއެވެ.
"ވަޓް؟" އަރްސަލްއަށް ނިމްރާ ބުނި އެއްޗެއް ސާފެއްނުވިއެވެ.
"ނަތިންގް" ނިމްރާ އަވަހަށް އަނގަހުޅުވާލިއެވެ. އެއާއެކު އައިސްކްރީމް ސަމްސާ އަރްސަލް ލަވައިދިނުމާއެކު ހިނިތުންވެލިއެވެ.
މަޑުމަޑުން ތިބެ އައިސްކްރީމްތަށި ހުސްވުމުން އަރްސަލް ދެ މީހުންގެ ތަށި އެއްކޮށްލައި ގޮނޑީގެ އެއްފަރާތުގައި ބަހެއްޓިއެވެ. އަދި ނިމްރާގެ އުނަގަނޑުގައި ދެއަތް އަޅުވާލާ އަތުގެ އިނގިލިތައް މަހާލިއެވެ. ނިމްރާ ދުރަށް ދިއުމަށް ފުރުޞަތުދޭން އަރްސަލް ބޭނުންނުވީއެވެ. ނިމްރާގެ ކޮނޑުގައި ނިތްކުރި ޖައްސާލައިގެން އިރުކޮޅަކު އިނުމަށްފަހު އަރްސަލް ބޯ ހިއްލާލިއެވެ. އަދި ނިމްރާގެ މޫނަށް ބަލާލިއެވެ.
"ކިތައް ބޯއީފްރެންޑް ސްކާލެޓް ނެގިން" އަރްސަލް ކުރި ސުވާލުން ނިމްރާއަށް ބަދަލުތަކެއް އައިކަން އޭނާއަށް ފާހަގަކުރެވުނެވެ. ނަމަވެސް ނިމްރާގެ ހަޔާތަށް މީގެ ކުރީން އައި ޒުވާނުންނާ ގުޅޭ ގޮތުން އެނގެން އަރްސަލް އިނީ ބޭނުންވެފައެވެ. ހަޤީޤަތުގައި އެތަނުން ޒުވާނަކަށް ނިމްރާގެ ހިތް ދެވިފައިވޭތޯ އެނގެން އަރްސަލް ބޭނުންވަނީއެވެ. ނިމްރާގެ ހިތުގައި ޚާއްޞަކަމެއް ދެވިފައިވާ ޒުވާނަކު ހުރިތޯ އެނގުން އަރްސަލްއަށް މުހިންމުވީއެވެ.
"ބައިވަރެއްނޫން... އައި އޭމް ނޮޓް ދެޓް ލަކީ.... އެންމެ މީހަކާ ރައްޓެހިވީ" ނިމްރާ އިސްޖަހާލަމުން ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ ޖަވާބުން އަރްސަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ވައި ޑިޑް ޔޫ ބްރޭކްއަޕް... ޑޫ ޔޫ ސްޓިލް ލަވް ހިމް" އަރްސަލް އަހާލިއެވެ.
"އެވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބާ؟ އަހަރެން ވެސް އަރްސަލްގެ ހަޔާތާ ގުޅިގެން ސުވާލެއްނުކުރަމެއްނު" ނިމްރާގެ ރާގު ބަދަލުވެ އެ ދެމެދަށް ދުރުކަން ވެރިވިގެންދިޔަކަން އަރްސަލްއަށް އިޙްސާސް ކުރެވުނެވެ.
"ސްކާލެޓް ސުވާލުނުކުރަންޏާ އަހަންނަށް ޖަވާބެއް ނުދެވޭނެ ދޯ... ކޮންކަމެއް އެނގެން ބޭނުންވަނީ؟ އަހަރެންގެ ގާލްފްރެންޑެއް ހުރިތޯތަ؟" އަރްސަލް ބުނެލީ ހަމަޖެހިފައި އިނދެއެވެ. މަޑުމަޑުން ނިމްރާގެ ބޮލުގައި ބޮލުން ޖަހާ ވެސް ލިއެވެ.
"ލޫންއަށްވުރެ ބޮޑަށް އެހެން އަންހެންކުއްޖެއްދެކެ ލޯބިވެވިދާނެތަ؟" އިރުކޮޅަކު އިނުމަށްފަހު ނިމްރާ ބުނެލިއެވެ. އަރްސަލް ޖަވާބެއް ނުދިނުމުން ނިމްރާ އިސްއުފުލާލައި އަރްސަލްއަށް ބަލާލިއެވެ. އޭނާ އިނީ ނިމްރާއަށް ނަޒަރު ހުއްޓާލި ގޮތަށެވެ.
"މޭބީ ސްކާލެޓް!... ޔެސް، މޭބީ އައި ކޭން ލަވް ސަމްވަން މޯ ދެން އެނީތިންގް އިން ދިސް ވޯލްޑް... ލޫން!... ޝީ އިޒް އަ ވެރީ ނައިސް ޕާސަން. ވަޓް ވީ ހެޑް ވޯޒް ޑިފަރެންޓް. އައި ނޯ އައި ވޯންޓް ފޮގެޓް ހާ. އަހަރެންގެ ފުރަތަމަ އަނބިމީހާ އެއީ... އެކަން އަހަންނަށް ބަދަލެއް ވެސް ނުކުރެވޭނެ. އައި މިސް ހާ، ބަޓް އައި ކާންޓް ސޭ ވީ ހެޑް އަ ޑީޕް ކަނެކްޝަން. އައި ރިއަލީ ޑޯންޓް ނޯ ހައު ޓު އެކްސްޕްލެއިން އިޓް" އަރްސަލް ވާހަކަދެއްކީ ލަސްލަހުން ވިސްނުމެއްގައި އިނދެއެވެ.
"ލޯބިނުވަންޏާ ކީއްވެ މެރީ ކުރީ؟" ނިމްރާ އެހިއެވެ.
"އަހަރެން ނުބުނަމެއްނު ލޯބިނުވެޔެކޭ... އެކިފަހަރު ލޯބިވެވޭގޮތް ތަފާތުވޭ... ސްކާލެޓް! އަހަންނާއި ލޫން ދިމާވީ އަހަރެންގެ ހަޔާތަށް އައި އެހެން އަންހެންކުދީންނެކޭ އެއްފަދައިން. އޭނާގެ ރީތިކަން ފުރަތަމަ ވެސް އަހަރެން ޝައުގުވެރިކުރުވީ. އައި ގޮޓް ކިއުރިއަސް ވިތް ހާ. ޝީ ރިޖެކްޓް މީ. ވަރަށް ދުވަހުން ލޫން އެއްބަސްވީ. ވަން އިޔާ ވަންދެން އަހަރެމެން ދެ މީހުން ރައްޓެހިވެގެން އުޅުނިން ސިއްރުން. ލޫންއަށް އަހަރެންގެ ގޮތް އެނގޭ. އޭނާ ބުނި އަހަންނަށް އެއް އަންހެނަކާއެކު އެހާ ދުވަހު ނޫޅެވޭނެއޭ. ސްޓިލް އައި ވޯންޓް ޓު ޕްރޫވް ހާ ރޯންގް. ފަހުން އަހަރެން ވެސް ލޫންއަށް އާދަވެއްޖެ. ވަން ޓައިމް ވީ އޯލްމޮސްޓް މޭކް ލަވް... ބަޓް ވެން ޝީ ޓޯލްޑް މީ ޝީ އިޒް އަ ވާޖިން އެންޑް ޝީ ރިއަލީ ލަވް މީ... އައި ކުޑުންޓް ސްލީޕް ވިތް ހާ. ރާދު އަބަދުވެސް އަހަރެންދެކެ ރުޅި އަންނަ ކަމަކީ އެއީ... އަންހެންކުދީންނާއެކު އަހަރެން ސްލީޕް ކުރާތީ. ހީ ހޭޓް މީ... ބަޓް އައި ޑިޑިންޓް ކެއާ... ނޮޓް އަންޓިލް އައި މެޓް ލޫން. ޝީ ވޯންޓްސް މީ... ޝީ ވޯޒް ސޯ ޕިއޯ. އައި ލަވް ހާ ފޯ ދެޓް ރީޒަން. އެހެންވެ މިބުނީ އެހެން އަންހެންކުދީންނާ ލޫން ތަފާތޭ. އަހަރެން ސެޓްލްވާން ބޭނުންވެގެން ލޫންއާ މެރީ ކުރީ. ދެޓް ޓައިމް، ޔެސް، އައި ލަވް ހާ. ލޫން ބޭނުން ކޮންމެ ކަމެއް އަހަރެން ކޮށްދިނީ އުފަލުން. އެ ލޯބި އިތުރުވި ލޫން ބަލިވެ އިންކަން އެނގުމުން. އެހެންވީމަ އަހަރެން ނުބުނާނަން އަހަރެން ލޫންދެކެ ލޯބިނުވެޔޭ... އަހަރެން ލޯބިވިން. ވަރަށް ކެއާ ވެސް ކުރިން. ވަރަސް މިސް ވެސް ވޭ. ލޫންއަށްވުރެ ޚާއްޞަ މީހަކު އަހަރެންގެ ލައިފްގައި ނެތް. އެކަމަކު އެކަން އަބަދު އެގޮތަށް އޮތުމަކަށް ތަޤުދީރު ތަނެއް ނުދިން. އެހެންވީމަ ލޫންއަށްވުރެ ބޮޑަށް އަހަންނަށް އެހެންމީހަކުދެކެ ލޯބިނުވެވެންވީ ސަބަބެއް ވެސް ނެތެއްނު" އަރްސަލް ބުނެލިއެވެ. ނިމްރާ އެއްޗެކޭ ނުބުނެ އިންނަން ފެށުމުން އޭނާގެ ދަތްދޮޅީގައި ހިފާ އަރްސަލްއާ ދިމާއަށް އުފުލާލިއެވެ. ނަމަވެސް ނިމްރާ މޫނު އަނބުރާލިއެވެ.
"ވައި އާ ޔޫ ކްރައިން ސްކާލެޓް" ނިމްރާ ލޯ ފުހެލިކަން އެނގި އަރްސަލް ސުވާލުކުރިއެވެ.
"އައި އޭމް ސޮރީ... ލޫން ކަހަލަ އަންހެންކުއްޖަކު ލިބޭނީ ނަސީބުވެރިންނަށް. ސޮރީ ދެޓް އައި ޓުކް ހާ ފްރޮމް ޔޫ އެންޑް ތެންކިއު ފޯ ޓެލިން މީ" ނިމްރާ މަޑުމަޑުން ބުނެލިއެވެ. އަރްސަލް ވަކި އެއްޗެއް ނުބުންޏެވެ. މަޑުމަޑުން ނިމްރާގެ ކޯތާފަތުގައި ހިފާލައިފައި ގެނެސް ނިތްކުރީގައި ބޮސްދިނީއެވެ. އަދި އިހު އިން ހެން ނިމްރާގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓާލަމުން ގާތްކޮށްލިއެވެ. ނިމްރާއަށް ވެސް ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް މަޑުމަޑުން އަރްސަލްގެ ކަރުދޮށުގައި މޫނު ފޮރުވާލެވުނެވެ. އެ ސިކުނޑީގައި އޭރުވަނީ މިޢުވާނުގެ ޚިޔާލުތަކެވެ.
"ހީ ޑިޑިންޓް ރެސްޕެކްޓް މީ... އައި ގޭވް ހިމް އެވްރިތިންގް. އެކަމަކު އަރްސަލް... އޭނާ ކިހާ ތަފާތު. ލޫންގެ ގައިގާ އޭނާ އަތްނުލައި އޭނާއަށް ކައިވެނީގެ އުފާވެރިކަން ގެނެސްދިން" ނިމްރާއަށް ދެ ލޯ މަރާ ބާރުކޮށްލެވުނެވެ. އޭނާ ވެސް މިޢުވާނުގެ ކިބައިން އުންމީދު ކުރީ ކައިވެންޏަކަށެވެ. ނަމަވެސް އެ އުންމީދު ފުރިހަމަނުވިތަނުގައި އޭނާގެ ފަރާތުން ލިބުނު ހަޤީޤީ ހިތްހަމަޖެހުމެއް ވެސް ނެތެވެ. އުފާވެރި ހަނދާންތަކެއްނެތެވެ.
"ސްކާލެޓް!... ޔޫ އޯކޭ" ނިމްރާގެ އަތުގައި ފިރުމާލަމުން އަރްސަލް އަހާލިއެވެ. އެއާއެކު ނިމްރާ ބޯޖަހާލިއެވެ.
"ވިލް ޔޫ ޓެލް މީ އަބައުޓް ޔޯ ލަވް ލައިފް. އޭނާދެކެ ލޯބިވޭތަ؟" އިރުކޮޅަކު އިނދެފައި އަރްސަލް ވާހަކަދެއްކިއެވެ. ނިމްރާ ދެފަރާތަށް ބޯހޫރާލިކަން އަރްސަލްއަށް ވެސް އެނގެއެވެ. އޭނާ އަރްސަލްގެ ގަމީހުގައި އެއްއަތުން ހިފަހައްޓާލި ގޮތުން ދުރަށްދާން ބޭނުންނުވަނީކަން އަރްސަލްއަށް ވެސް ނަގައިގަނެވުނެވެ.
"ޓެލް މީ ސްކާލެޓް" އަރްސަލް ވައި އަޑުން ބުނެލިއެވެ.
"އަހަރެން ލޯބިވިން... އަހަރެން ހީކުރީ އޭނާ ވެސް ލޯބިވޭކަމަށް. ދެ މީހުން ގުޅުނީ އޭނާ ބޭނުންވެގެން. އެކަމަކު އޭނާ ޔަގީންކޮށްދިން އޭނާ އަހަރެންދެކެ ލޯބިނުވާކަން. ހީ އޮންލީ ޔޫސްޑް މީ. އެންޑް އައި ކާންޓް ބްލޭމް ހީމް. އައި ލެޓް ހިމް ޔޫސްޑް މީ... އައި ވޯޒް ސްޑުޕިޑް. އަ ފޫލް... ސޯ ޑެސްޕަރޭޓް ފޯ ލަވް... އިޓްސް ދި ވޯސްޓް މިސްޓޭކް އައި ޑިޑް އިން މައި ލައިފް. ދެއްކުންތެރިކަމާއި މަކަރުވެރިކަމާއި ދޮގުވެރިން އުޅޭކަން ސާބިތުކޮށްދިނީ އޭނާ. ހީ ބްރޭކް މީ... އައި ޑޯންޓް ވޯންޓް ޓު ޓޯކް އަބައުޓް ހިމް" ނިމްރާގެ އަޑުން ވެސް އެ ހިތުގައިވި ރިހުން އަރްސަލްއަށް ދެނެގަނެވުނެވެ. ކީއްވެކަމެއްނޭނގެއެވެ. ނިމްރާގެ ވާހަކަތަކުން އަރްސަލްގެ ހިތުގައި ރިއްސާލިއެވެ. އެ ރިހުމާއެކު ހިތުގައި ރުޅިވެރިކަމުގެ އަސަރު އުފެދުނެވެ. ނަމަވެސް އެ ރުޅިވެރިކަން ރައްދުވީ ނިމްރާއަކަށް ނޫނެވެ.
"އިޓްސް އޯކޭ... އައި ކޭން އަންޑަސްޓޭންޑް. އެ ވާހަކަދައްކަން ބޭނުންނުވަންޏާ ނުދެއްކިޔަސް އޯކޭ" ނިމްރާގެ ކޮނޑުގައި ފިރުމަމުން އަރްސަލް ބުނެލިއެވެ.
"އަރްސަލް..." އިރުކޮޅަކު އިނދެފައި ނިމްރާ ގޮވާލިއެވެ. އެއާއެކު އަރްސަލް ހޫން ލައްވާލިއެވެ.
"ވިލް މެން ވޯންޓް... އަ ގާލް... އިފް ޝީ އިޒް... ނޮޓް... ޝީ އިޒް ނޮޓް ޕިއޯ... ލައިކް ލޫން" ނިމްރާއަށް ޖުމްލަ އަތުރާލެވުނީ އުނދަގުލުންނެވެ.
"ޔޫ މީން އިފް ޝީ އިޒް ނޮޓް އަ ވާޖިން" އަރްސަލް މިހެން ބުނުމުން ނިމްރާ ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.
"އެހެން މީހުންގެ ގޮތެއްބުނާކަށް އަހަންނަކަށް ނޭނގޭނެ. އެކަމަކު އަހަރެން... އަހަންނަށް އެއީ މައްސަލައެއްނޫން. އައި ވޯންޓް ޖަޖް އަ ގާލް ފޯ ދެޓް. އަހަރެން ދެކޭ ގޮތް ދުވަހަކުވެސް ބަދަލެއް ނުވާނެ. ޓްރަސްޓް މީ ސްކާލެޓް. އައި ނޯ އައި ޑިޑް މެނީ ތިންގްސް ވިތް ގާލްސް. ބަޓް އައި އޭމް ނޮޓް ލައިކް ދެޓް އެނީ މޯ. ޖަސްޓް ބްލީވް އިން މީ. އައި ހޭވް ނޯ އިންޓެންޝަން އޮފް ޔޫސިންގް އެނީވަން... އެންޑް ސްކާލެޓް!... ޔޫ އާ ނޮޓް ސްޓުޕިޑް. ޔޫ ޑިޒާވް މެނީތިންގްސް... ޔޫ ޑިޒާވް މޯ. ދެއާ އިޒް ސޯ މަޗް ގުޑް އިން ޔޫ... މިސްޓޭކް ނުހެދޭ މީހަކު ނުހުންނާނެ" އަރްސަލްގެ ވާހަކަތަކުން ނިމްރާގެ ހިތުގެ އިޙްސާސްތައް އިތުރަށް ފުންވިއެވެ. އަރްސަލްއަށް އެދެވޭ އެދެވުން އިތުރުވިއެވެ.
އިރުކޮޅަކު ހިމޭންކަމުގައި ދެ ޒުވާނުން ތިބުމަށްފަހު އަރްސަލް ގެއަށް ދާން ޚިޔާލުފާޅުކުރިއެވެ. ހިލަ ގޮނޑިން ދެ ޒުވާނުން އެކުގައި ތެދުވިއެވެ. ހުސްވެފައި ހުރި އައިސްކްރީމްތަށި ގޮނޑިމަތިން އަރްސަލް ނަގައި ޕާކުގެ އެއްފަރާތެއްގައި ބަހައްޓާފައި ހުރި ކުނިވަށިގަނޑަށް ލިއެވެ. އަދި ނިމްރާގެ އަތުގައި ހިފާލައިގެން ހުރެ ޕާކުން ނުކުމެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
ނިމްރާގެ ފޯނަށް މެސެޖުތަކެއް އައި އަޑު އިވިގެން އޭނާ ފޯނު ނަގައި ބަލާލުމާއެކު ނިކަން ބޮޑަށް ހިނިތުންވެލިއެވެ. އަރްސަލް ވަގުތުން ނިމްރާގެ އަތުން ފޯނު އަތުލިއެވެ. ފޯނުގެ އިސްކުރީނުން ފެންނަން ހުރީ ވައިބާ މެދުވެރިކޮށް ހަލަފް ފޮނުވި ފޮޓޯތަކެވެ. އެއާއެކު އޭނާ ރީތި ތޯ ސުވާލުކޮށްފައި އޮތެވެ.
"އޭނަ ކީއްކުރަން މިގަޑީގައި ފޮޓޯ ފޮނުވަނީ" އަރްސަލް ސުވާލުކުރިއެވެ.
"ހީ އިޒް ޔޯ އިޑިއަޓް ބްރަދާ... ދެޓްސް ވައި" ނިމްރާ ހެވިފައި ހުރެ ބުނެލިއެވެ. އަރްސަލްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޝިހާނާގެ ވައިބާ މެސެޖެއް އަތުވެއްޖެއެވެ. އަރްސަލް އެ މެސެޖު ހުޅުވާލިއިރު އޭގައި ވެސް ވަނީ ފޮޓޯއެކެވެ. ރާދިންއާއި ހަލަފްއާއެކު ޝިހާނާ ނަގާފައިވާ ފޮޓޯއެކެވެ. ތިން މީހުންގެ ތެރެއިން އެންމެ ރީތީ ކާކުތޯ ސުވާލުކޮށްފައި އޮތެވެ. އަދި އޭގެ އިތުރުން ލިޔެފައި އޮތީ އަރްސަލްއާއި ނިމްރާ އެކުގައި ފެނުމަށް އެދޭ ވާހަކައެވެ. އެ ދެ މީހުން ނެތުމުން ހަފްލާ ފަޅުކަމެވެ. ހައިރާންކަމާއެކު އަރްސަލްއަށް ބަލާލެވުނީ ނިމްރާއަށެވެ. ގިނައިރެއްނުވެ ރާދިންގެ މެސެޖެއް އަތުވެއްޖެއެވެ. ކީއްކުރަނީތޯއާއި އަރްސަލް ކޮބާތޯ އަހާފައެވެ. އެއާއެކު އޭނާ ކާން އިން ތަށީގެ ފޮޓޯއެއް ފޮނުވާފައި އޮތެވެ.
"ރާދު ވެސް... ނައު ދެޓް ހާޓްސް... އަހަރެން ވެސް ފޯނެއް ގެންގުޅެން. ދޭ ނެވާ ޓެކްސްޓް މީ ތަންތަނަށް ގޮސް ތިބެ. ފޮޓޯއެއްހާ ހިސާބު ވެސް ނުފޮނުވާނެ" އަރްސަލް ހިތްދަތިވި ގޮތް ދައްކާލަމުން ބުނެލިއެވެ. ނިމްރާ ހީނގަތުމާއެކު އަރްސަލްގެ އަތުން ފޯނު އަތުލަން އުޅުނެވެ.
"ގިވް މީ ދެޓް... ދޭ ލަވް މީ މޯ ދެން ޔޫ" ހެމުން ހެމުން ނިމްރާ ބުނެލިއެވެ. ފޯނު ލިބުމުން އެންމެނަށް ރައްދު ދިނުމަށް ނިމްރާ ފެށިއެވެ. އޭނާގެ ހަރަކާތްތަކަށް ބަލަމުން އައި އަރްސަލްގެ ތުންފަތުގައިވީ މާނަފުން ހިނިތުންވުމެކެވެ.
"ސްކާލެޓްއަށް ނޭނގެނީ ތީ ކިހާ ޚާއްޞަ ކުއްޖެއްކަން... ކޮންމެ މީހަކު ވެސް ބޭނުންވާނެ ތިކަހަލަ އަންހެންކުއްޖެއް. ދޭ ކާންޓް ހެލްޕް އިޓް. ބަޓް ޔޫ އާ މައިން. އެހެން މީހަކަށް ލިބުނަކަށްނުދޭނަން" އަރްސަލްގެ ހިތާއި ނަފްސަށް ވަޢުދުވިއެވެ.
* * * * *
އަހަރު ނިމި މުޅިން އައު އަހަރެއް ފެށުމުގެ އުފަލުގައި މާލެއާއި ހުޅުމާލޭގައި ހަވާ އަރުވަމުންދިޔައެވެ. ގޭގެ ޓެރެސްގައި އަރްސަލްގެ ގާތުގައި ނިމްރާ ހުއްޓެވެ. އެތަނުގައި ހަލަފްއާއި ޝިހާނާގެ އިތުރުން ރާދިން ހުއްޓެވެ. ކޮންމެ މީހެއްގެ އަތުގައި ކޯކުތަށްޓެއް އޮތެވެ. އެއްފަރާތުގައި މޭޒެއްގެ މަތީ ކާއެއްޗެހި އަތުރާފައި ހުއްޓެވެ.
"މެއި މަހު ހޮޓެލް ހުޅުވަން ހަމަޖެހިފައި އޮތީ" ހަވާ އަރުވާ ނިމުމުން ނިމްރާ ގާތުގައި އަރްސަލް ބުނެލިއެވެ.
"ދެޓްސް ގްރޭޓް" ނިމްރާ ހިނިތުންވެލިއެވެ.
"އިންޓީރިއާ މަސައްކަތް ފެށުނީމަ އަހަރެން ސްކާލެޓް ގެންދާނަމޭ ބުނިން ދޯ... އެކަމަކު އެ ޚިޔާލު ބަދަލުވީ އެއްކޮށް ނިންމާފައި ގެންދަން ގަސްދުކުރީމަ. އައި ހޯޕް ޔޫ ޑޯންޓް މައިންޑް" އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން އަރްސަލް ބުނެލިއެވެ.
"އިޓްސް އޯކޭ... އައި ޑޯންޓް މައިންޑް" ނިމްރާ ބުނެލިއެވެ.
"ހުޅުވާ ރޭ އަހަންނާއެކު ދާނަންތަ؟" އަރްސަލް އަހާލީ ނިމްރާ ދޭނޭ ޖަވާބަކާމެދު ޖެހިލުންވެފައި ހުރެއެވެ.
"އިފް ޔޫ ވޯންޓް މީ ދެއާ... ޔެސް!... އައި ވުޑް ލަވް ޓު ގޯ" ނިމްރާ ބުނި އެއްޗެއް އިތުރަށް ޔަގީންކޮށްދެމުން އޭނާ ހިނިތުންވެ ހުރެ ބޯޖަހާލިއެވެ. އަރްސަލްގެ ތުންފަތަށް ވެރިވި ހިނިތުންވުން އެތަނުގައި ތިބި އެންމެނަށް ވެސް ފެނުނެވެ.
"ހެޕީ ނިއު އިއާ ރެޑް" ކުއްލިއަކަށް ހަލަފް އައިސް ނިމްރާގެ ގައިގާ ބައްދާލަން އުޅުނެވެ.
"ޑޯންޓް ޓަޗް ހާ... ސްކާލެޓްއާ ދުރުގައި ހުރޭ" އަރްސަލް ނުރުހިފައި ބުނެލުމާއެކު ހަލަފްއާ ދުރަށް ނިމްރާގެ އަތުގައި ހިފާ ދަމާލިއެވެ. އެމަންޒަރު ބަލަން ތިބި ރާދިންއާއި ޝިހާނާ ހީނގަތެވެ. ޚާއްޞަކޮށް ޝިހާނާގެ ހުނުމުގެ އަޑު އެންމެނަށްވުރެ ގަދައެވެ. ނިމްރާގެ އަތުގައި ހިފައިގެން އަރްސަލް ޓްރެސްގެ އެހެން ދިމާއަކަށް ޖެހުނެވެ.
"އައި ލަވް ޔޫ ރެޑް... ޑޯންޓް ލެޓް ދި ޑެވިލް ފޫލް ޔޫ. އޯ ރެޑް... މައި ޖޫލިއެޓް... ޔޯ ރޯމިއޯ އިޒް ހިއާ" ހަލަފް ފިލްމީ ގޮތަކަށް ދެއަތް ފުޅާކޮށްލަމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އޭނާގެ ފުއްކިބައިގައި ރާދިން ޖަހާލިއެވެ. ޝިހާނާއަށް ހުނުން ކޮންޓްރޯލެއްނުވެ ޕަކަޕަކަލާފައި ހެމުން ބަނޑުގައި ހިފަހައްޓައިގެން ގުދަށް އޮތެވެ.
"އިޑިއަޓް" ހިނިއައިސްފައި ހަލަފްއަށް ބަލަން ހުރެ ނިމްރާ ބުނެލިއެވެ. އޭނާގެ ދަތްދޮޅީގައި ހިފާ އަރްސަލްއާ ދިމާއަށް ނިމްރާގެ ނަޒަރު ހުއްޓުވީ އަރްސަލްއެވެ.
"ހެޕީ ނިއު އިއާ ސްކާލެޓް" އަރްސަލް ބުނެލިއެވެ.
"ޔޫ ޓޫ... ސޯ!... ބައްޕައާ ވާހަކަދައްކައިފިންތަ؟ އާ އަހަރެއް މި ފެށުނީ... އާ ފުރުޞަތެއް މީ" ނިމްރާ ބުންޏެވެ.
"ނޮޓް ޔެޓް... ހޮޓެލްގެ ކަންތައް ނިންމާފައި. މިވަގުތު އަހަރެންގެ ހުރިހާ ސަމާލުކަމެއް ދޭން ބޭނުންވަނީ ހޮޓެލްއަށް. ހުޅުވުމަށްފަހު، އޭގެ ފަހުގައި... އައި ޕްރޮމިސް. އައި ވިލް ފައިންޑް އައުޓް" އަރްސަލް ހިނިތުންވެލިއެވެ. (ނުނިމޭ)