ވިޔަފާރި

ރާއްޖެ ނަކަލްކުރަން މުޅި ދުނިޔެ ފޫގަޅާލާފައި!

"ދިވެހިރާއްޖެ" ހަދަން މުޅި ދުނިޔެ މަރުދެނީ އެވެ. ކުޑަ މޫދު ކޮޓަރިއަކާއި ބީޗު ކޮޓަރިއެއް ރީތިކޮށް ހެދިއްޖެނަމަ އިޝްތިހާރު ކުރާނީ "ދިވެހިރާއްޖޭ" ގެ ނަމުގަ އެވެ. މުޅި ދުނިޔޭގައި ރީތިތަނެއް ފެނިއްޖެނަމަ، އެތަނެއް ވާނީ ދިވެހިރާއްޖެ އަށެވެ. މުޅި ދުނިޔޭގައި މިހާރު ކުރާ މަސައްކަތަކީ އެ ގައުމުތަކުގައި ދިވެހިރާއްޖެއެއް ހެދުމެވެ. ސަބަބަކީ ރާއްޖެއަކީ ދުނިޔޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ބްރޭންޑަށްވުމުން މިކަމުގެ ފައިދާ ނެގުމެވެ. ރާއްޖޭގެ ޓޫރިޒަމަށް 44 އަހަރު ވެގެންދާއިރު، ރާއްޖެ މަޝްހޫރުވެފައި އޮތީ "ވަން އައިލެންޑް ވަން" ރިސޯޓުގެ ގޮތުގަ އެވެ. އެހެންވެ މި ފަރުމާތައް ކޮޕީ ކުރެވޭތޯ ގިނަ ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތީޖާއަކަށްވަނީ ރީތިކޮށް ޓޫރިޒަމަށް ތަނެއް ހަދައިފިނަމަ އެ ތަނަކީ "ދިވެހިރާއްޖެ" ސްޓައިލްގެ ތަނަކަށް ވުމެވެ.

ތިރީގައި އެވަނީ ރާއްޖެ "ކޮޕީކޮށް" ގެން ދުނިޔޭގައި ހަދަމުންދާ މިފަދަ ބައެއް ތަންތަނެވެ.

ޒަޔާ ނޫރާއީ އައިލެންޑް

ޒަޔާނޫރާއީ އައިލެންޑުގެ ވީޑިއޯއެއް-

"ދިވެހިރާއްޖެ" އުފެއްދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަހަރަށް ދުނިޔޭގެ ސަމާލު ކަމަށް ގެނައި ބަޔަކީ، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީގަ އެވެ. އެ ގައުމުގެ "ޒަޔާ ނޫރާއީ އައިލެންޑް" ގައި ވަނީ ދިވެހިރާއްޖެ ގޮތަށް ރިސޯޓެއް ހަދާއި ހުޅުވާފަ އެވެ. އެ ގައުމުން ދެކޭ ގޮތުގައި މިއީ އަބޫދާބީގެ ދިވެހިރާއްޖެ އެވެ.

ޒަޔާ ނޫރާއީ އައިލެންޑުގެ މާކެޓިން ޑިރެކްޓަރު އިލުދީ ޕަޓޭލް ވިދާޅުވެފައިވާ ގޮތުގައި މި ރަށް ހަދާފައިވާނީ ރާއްޖޭގެ ރަށްރަށުން ކުރެވޭ ތަޖުރިބާ ކުރެވޭ ގޮތަށް ކަމަށެވެ. ނޫރާނީ އައިލެންޑް ތަރައްގީ ކޮށްފައިވަނީ ރާއްޖެ ގޮތަށް 32 ލަގްޒަރީ ބުޓީކް ބީޗް ވިލާއާ އެކުގަ އެވެ. ގިނަ އަދަދެއްގެ މޫދު ކުޅިވަރުތަކާއި އެހެނިހެން ކުޅިވަރުތައް އަދި ގިނަ ރެސްޓޯރެންޓްތައް ހުންނަ މިތަން ތަރައްގީ ކޮށްފައިވަނީ ރާއްޖެއާ އެއް ގޮތަށެވެ.

ޝަންސާ- ސައުތު ޗައިނާ ސީ

ސަރަހައްދާ މެދު މައްސަލަ ޖެހިފައިވާ ޗައިނާ ދެކުނު ކަނޑުގެ ސަރަހައްދުގައި އެ ގައުމުން ތަރައްގީ ކުރާ ޝަންސާ ސިޓީވެސް ހަދަނީ ރާއްޖެއާ އެއް ގޮތަށެވެ. މިއ ވެސް "ދިވެހިރާއްޖެ" އެކެވެ. މިތަން ތަރައްގީ ކުރަނީ ހަނީމޫން އަށް އަންނަ ޓޫރިސްޓުންނަށް ތިބެވޭ ގޮތަށެވެ. މިގޮތުން މިތަނުގައި ރާއްޖޭގެ ރަށްތަކާ އެއްގޮތަށް ގިނަ ރަށްތަކެއް ހަދާނެ އެވެ.
ގާޑިއަން ނޫހަށް ޝަންސާ ސަރަހައްދީ މޭޔަރު ޒިއާއޯ ޖިއޯ ވިދާޅުވެފައިވާ ގޮތުގައި މިތަން ތަރައްގީ ކުރާނީ ރާއްޖެއާ އެއް ގޮތަށް ކަމަށެވެ.

ލުބުނާން ދަ- އައިލެންޑް

ލުބުނާންގެ ދަ އައިލެންޑުގެ ވީޑިއޯއެއް

އަރަބި ކަނޑުގައި ލުބުނާން ކައިރީގައި މި ރިސޯޓު ތަރައްގީ ކުރަނީ 39،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. މި ތަނުގައި އެއް ފަހަރާ 2000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީ ކުރާ "ދިވެހިރާއްޖޭ" ގެ މަޝްރޫ އަށް އެތަށް ބިލިއަން ޑޮލަރެއް ހޭދަކުރާނެ އެވެ. މިތަން ވެސް ފަރުމާކުރަނީ ދިވެހި ރާއްޖެއިން ލިބޭނެ ގިނަ ހިދުމަތް ތަކެއް ފޯރުކޮށްދޭށެވެ. މިތަން ހަދާ ދުބާއީގެ ކުންފުނިން މި ރަށްތައް ފަރުމާކޮށްފައިވަނީ ރާއްޖެ އަސްލަކަށް ބަލައިގެންނެވެ.

މީގެ އިތުރުން ވިއެޓްނާމްއަކީ ތައިލެންޑުގައިވެސް ރާއްޖެ ގޮތަށް ގިނަ ޕްރޮޖެކްޓްތަކެއް ހިންގަ އެވެ. އަދި އެ ތަންތަން ވިއްކަނީ ވެސް މިދީ ދިވެހިރާއްޖެއެއްގެ ގޮތުގައި ބަލައިގެންނެވެ. އެ ވިސްނުމުގަ އެވެ. ކޮންމެއަކަސް ރާއްޖޭގެ ޓޫރިޒަމް ކޮޕީކޮށް، ދުނިޔޭގެއެކި ގައުމުތަންދަނީ އެ ގައުމުތަކުގައި ރާއްޖެ ހަދަމުންނެވެ،