ހަބަރު

ޝީޝާއަށް 13 މިލިއަން ރުފިޔާ ދައްކަން އެސްބީއައިއަށް ޖެހިއްޖެ

ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައިއިން 13.5 މިލިއަން ރުފިޔާ ޝީޝާއަށް ދެއްކުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލާއަކީ ޝީޝާ ތިން ބެއިންގެ ނަމުގައި އެސްބީއައި ގައި ހުޅުވާފައިވާ އެކައުންޓަކުން އޮޅުވާލައިގެން 18 މިލިއަން ރުފިޔާ ނެގި މައްސަލަ އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ފައިސާ ގެއްލުމުގައި ބޭންކުގެ އިހުމާލު އެބައޮތް ކަމަށާއި އެހެންވެ މަދުވި ފައިސާ އަނބުރާ ދޭން އެސްބީއައިއިން ދޭން ޖެހޭނެ ކަމަށެވެ. އެ އެކައުންޓުން ނެގި ފައިސާގެ ތެރެއިން އެހާތަނަށް ނުލިބި ހުރި 13.5 މިލިއަން ރުފިޔާ ޝީޝާގެ ތިން ބެއިންނަށް ދިނުމަށް ވެސް ސިވިލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ހައިކޯޓުން ވެސް ހުކުމް ކުރީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެ ފައިސާ ގެއްލުމުގައި އެސްބީއައިގެ އިހުމާލު އެބަ އޮތް ކަމަށެވެ.

މައްސަލާގައި ސުޕްރީމް ކޯޓުން ވެސް ދަށު ކޯޓުގެ ހުކުމް ދަމަހައްޓަމުން މިއަދު ހުކުމް ކުރީ ފައިސާ ގެއްލުމުގައި އެސްބީއައިގެ އިހުމާލު އޮތް ކަމަށެވެ. އަދި ދަށުގެ ކޯޓުގެ ހުކުމްގައި ބުނާ ފައިސާއަކީ އެސްބީއައިިއިން ދައްކަން ޖެހޭނެ ފައިސާއެއް ކަމަށް ވެސް ކަމޑައެޅި އެވެ.