ބޮލީވުޑް

ދީޕިކާ ދިިރިއުޅޭ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

ބަތަލާ ދީޕިކާ ޕަދުކޯނީގެ އެޕާޓްމަންޓެއް ހުންނަ މުމްބާއީގެ ބިއުމޮންޑީ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގިނަ ގެއްލުންތަކެއް ވެއްޖެ އެވެ.

މިއަދު މެންދުރު ހިނގި މި ހާދިސާގައި ދީޕިކާއަށް އެއްވެސް ހާނިކައެއް ވެފައި ނުވާކަމަށް ބޮލީވުޑްގެ ރިޕޯޓުތައް ކަށަވަރުކޮށްދެ އެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތުގައި ދީޕިކާ ހުރީ ބްރޭންޑެއް އިޝްތިހާރެއް ކުޅުމަށް ޝޫޓިންއަށް ގޮސް ކަމަށް މައުލޫމާތު ލިބެ އެވެ.

ދީޕިކާ ދިރިއުޅޭ އެޕާޓަމަންޓާއި އެ ބިލްޑިންގައި ހުންނަ އޭނާގެ އޮފީހަށް މި ހާދިސާގައި ގެއްލުންވިކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އަލިފާން ރޯވީ އެ ޓަވަރުގެ 32 ވަނަ ފަންގިފިލާގަ އެވެ. އަލިފާނުގެ ހާދިސާ ހިނގުމާއެކު އޭނާގެ އެޕާޓްމަންޓާއި އޮފީހުގައި ތިބި މުވައްޒަފުން ވަނީ ވަގުތުން އިމާރާތުން ނެރެފަ އެވެ. އެއިން އެއްވެސް މީހަކަށް ގެއްލުމެއްވެފައެއް ނުވެ އެވެ.

ދީޕިކާއާއި އޭނާގެ ބައްޕަ ޕްރަކާޝް އެ ޓަވަރުން އެޕާޓަންމަޓެއް ގަތީ 2010 ވަނަ އަހަރު އެވެ.